އެމްޑީޕީގެ މެންބަރުން ބޭނުންވީ ޖެހުނު މައްސަލަ ދޫކޮށްލައި ގައުމު ސަލާމަތްކޮށްދޭން: ފައްޔާޒު

މުހައްމަދު އަލީ
ޖޫން 13, 2026

ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވުމުން ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އިންތިޚާބު ކާމިޔާބު ކުރެއްވުމުން އެކަމާ އުފާފާޅު ކުރުމުގެ ގޮތުން އާޓީފިޝަލް ބީޗު ސަރަހައްދުގައި ރޭ ބޭއްވި ޚާއްސަ ހަރަކާތުގައި ފައްޔާޒު ވިދާޅުވީ މި ނަތީޖާއިން ދައްކައިދިނީ ދެހާސް ތޭވީހުގައި އެމްޑީޕީގެ ތެރޭގައި ޖެހުނު މައްސަލަ ދޫކޮށްލަން ޖެހޭކަން ކަމަށެވެ. މި ނަތީޖާއިން ދައްކުވައިދެނީ އެކަން ނިމުނީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭ. އަދި އެންމެބޮޑު ހިތްހަމަޖެހުމެއް ލިބެނީ އަޅުގަނޑުމެންގެ އެތެރޭގައި ޖެހުނު މައްސަލަ (ދެހާސް ތޭވީހުގައި) އެކަން ނިމުނީކަން ވަރަށް ސާފުވެއްޖެ. އެމްޑީޕީ މެންބަރުން ބުނެފި އެބައި ފަހަތަށް ދޫކޮށްލާށޭ. ކުރިއަށް ބާރަށް ވަރުގަދަ ލީޑަރޝިޕަކާއެކު ގޮސް މިގައުމު ސަލާމަތްކޮށްދޭށޭ،“ ފައްޔާޒު ވިދާޅުވިއެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ މެންބަރުން ބޭނުންވީ ހިތަށްވީ ތަދުގެ ބަދަލު ހޯދުމަށްވުރެ ބޮޑަށް ރާއްޖެ ސަލާމަތް ކުރުން ކަމަށެވެ.

މިއިންތިޚާބުގައި ރައީސް ނަޝީދާ ވާދަކުރެއްވީ ގަލޮޅު ދެކުނުދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙުމަދު ނަސީމެވެ. އޭނާއަށް ލިބުނީ 32 ޕަސެންޓް ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 68 ޕަސެންޓު ވޯޓެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *