ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް/ފޮޓޯ އެމްޑީޕީ

ވޯލްޑްކަޕް ފައިނަލް މެޗަށް ފުވައްމުލަކުގައި ޚާއްސަ ހަރަކާތެއް

މުހައްމަދު އަލީ
ޖުލައި 2, 2026

މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ފައިނަލް މެޗާ ގުޅުވައިގެން ފުވައްމުލައް ސިޓީގައި ޚާއްސަ ޙަރަކާތެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މިހަރަކާތަށް އެސިޓީގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މިފަދަ އިޖުތިމާޢީ ހަރަކާތްތައް ބޭއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މި މަސައްކަތް އެމަނިކުފާނު ވަނީ މީގެ ސާޅީސްއަހަރު ކުރީން ފަށްޓަވައިފައެވެ.

”މީގެ 40 އަހަރު ކުރިން މެކްސިކޯ 86 ގެ ފޯރިގަދަ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތާ އެކު، ޚާއްސަކޮށް މަރަޑޯނާގެ ފޯރީގައި ފުވައްމުލަކުގައި ބާއްވަން ފެއްޓި ފައިޞަލް ކަޕް އާއި ހިސާބުން ކޮންމެ ފަހަރަކު ބާއްވާ ވޯލްޑް ކަޕް ފޯރި ވަނީ ގަދަވެފައި. މިފަދަ އިޖްތިމާއީ ރޫހު ދިރުވާ އާލާ ކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް،“ އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *