ނޫސްވެރީން މުޒާހަރާގައި/ ފޮޓޯ އެސްއެމް

މަޖިލިސް ދޮށުގައި ނޫސްވެރިން މުޒާހަރާ ކުރަނީ

ޟަމްރަތު އަހްމަދު
ސެޕްޓެމްބަރ 16, 2025

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު“ ރައްޔިތުންގެ މަޖިލީހުން ބޭރުކުރަން ގޮވާލައި މަޖިލިސް އިދާރާކައިރީގައި މިިއަދު ހެނދުނުންފެށިގެން ނޫސްވެރިން އިހުތިޖާޖު ކުރަމުން އެބަދެއެވެ.

މި އިހުތިޖާޖުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ނޫސްވެރިން ގޮވަމުންދަނީ އެ ބިލުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރައް އަޅާކަމަށާއި، ނޫސްމަޖައްލާ ތަކާއި ނޫސްވެރިންނަށް ބޮޑެތި އަދަބުތަކާއި ޖޫރިމަނާތައް ކަނޑައަޅާފައިވާކަމަށެވެ.

އަދި އެ ބިލަކީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ހުރަސްއަޅާ ބިލެއް ކަމަށާއި، އެ ބިލް ފާސްވެއްޖެނަމަ ދައުލަތް ޒިންމާދާރު ކުރުވަން ނޫސްވެރިން ކުރަމުން އަންނަ މަސައްކަތް ހުއްޓިގެންދާނެކަަމަށްވެސް ގޮވަމުންދެއެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައި ގަތީވެސް ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.

ބިލް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ބައްދަލުވުންތަކަށްވަދެވެސް ނޫސްވެރިން ވަނީ އިހުތިޖާކޮށްފައެވެ.

ރޭ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލް ފާސްކުރީވެސް ނޫސްވެރިން ކޮމިޓީގައި އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.

މި ލިޔުމާ ގުޅޭ