މެޖިސްޓްރޭޓް ކޯޓުތަކުގެ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރައްވާނޭ ވަކި ނަންބަރުތައް ހަމަޖައްސަވައިފި

ހިރި ނިއުސް
އޮކްޓޯބަރ 16, 2025

މެޖިސްޓްރޭޓް ކޯޓުތަކުގެ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރައްވާނޭ ވަކި ނަންބަރުތަކެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހަމަޖައްސަވައިފިއެވެ.

ދިވެހިރާއްޖޭގެ އެންމެހައި މެޖިސްޓްރޭޓް ކޯޓުތަކަށް ކަނޑައަޅުއްވާފައިވާ ނަންބަރުތައް ބަޔާންކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރައްވާފައިވާ، ނަންބަރު: 2025/17 ދެންނެވުމުގައެވެ.

މިއާއެކު، މެޖިސްޓްރޭޓް ކޯޓުތަކަށް ލިޔުއްވާ ސިޓީގައި އެ ނަންބަރުތައް ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުލަތުގެ އިދާރާތަކަށް ވަނީ އަންގަވާފައެވެ.

-ޚަބަރާއި ފޮޓޯ: ރައީސް އޮފީސް

މި ލިޔުމާ ގުޅޭ