ޑރ މުހައްމަދު އުމަރު ނަމަކަށް ކިޔާ މީހަކު ވަނީ ފަރީދުއާބާދުން ހައްޔަރުކޮށްފައެވެ. އެނާއާއެކު އޭނާގެ މަންމައާއި ކޮއްކޮވެސް ވަނީ ތަހުގީގަށް ހައްޔަރުކޮށްފައެވެ.
އުމަރަކީ ލާލް ކިއްލާ ކައިރީގައި ކާރު ގޮވި ހާދިސާއާ ގުޅުން ހުރި މީހެއް ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި 20 މީހުން މަރުވެ 24 މީހަކު ވަނީ ޒަޚަމްވެފައެވެ. ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އުމަރާއި އޭނާގެ ދެ ބައިވެރިން ވަނީ އެ މޮޑިއުލާ ގުޅުން ހުރި މީހުން ކުރިން ހައްޔަރުކުރުމުގެ ރައްދުގައި މި ހަމަލާ ރާވާފަ އެވެ.
މި ހަމަލާގެ ކުރިން އަހުމަދުއާބާދާއި ފަރީދްއާބާދުގައި ގިނަ އަދަދަކަށް ގޮވާ މާއްދާއެއް ގެންގުޅުމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އަދި އެހާދިސާގެ ހޯދުންތަކުގެ ތެރޭގައި ބަޑި ގެންގުޅުނު އަންހެނަކުވެސް ހައްޔަރުކޮށްފައި ވެއެވެ.
ތަގުގީގު ކުރާ ފަރާތްތަކުން މި ހާދިސާތައް ގުޅިފައިވާ ކަމަށް ބަލައެވެ.‘
ތަހުގީގު މަސްދަރުތަކުން ބުނާ ގޮތުގައި އުމަރަކީ މިދިޔަ ހަފްތާގައި ހައްޔަރުކުރި ގަވަރމަންޓް މެޑިކަލް ކޮލެޖް، އަނަންތަނާގުގެ ކުރީގެ ސީނިއާ ރެޒިޑެންޓެއް ކަމަށްވާ އަދީލް އަހުމަދު ރާތަރުއާ ގާތް ގުޅުމެއް އޮންނަ މީހެކެވެ. ރާތަރާ އެކު ކުރި ތަހުގީގުގެ މައްޗަށް ބިނާކޮށް، ފަރީދާބާދުގައި ރޭޑެއް ހިންގާފައި ވުމުން އުމަރު އަތުލައި ގަނެވުނީ ކަމަށް ބުނެއެވެ.
ފޮރެންސިކް ޓީމުތަކުން ދަނީ ބޮން ގޮއްވާލި ވަގުތު ޑްރައިވަރަށް ހުރި މީހާގެ ވަނަވަރު ޔަގީން ކުރުމަށް ޑީއެންއޭ ޓެސްޓު ހަދައި އިތުރު މައުލޫމާތު ހޯދުމަށް މސައްކަތް ކުރަމުންނެވެ.
މި ހާދިސާއަށް ފަހު އިންޑިއާގެ ސްޓޭޓްތަކާއި ސިޓީތަކުގައި ސަލާމަތީ ފިޔަވަޅު ވަރުގަދަ ކޮށްފައި ވެއެވެ.






