ޓްރަމްޕް ޖައުލާނީ ރައީސް ހެއްވާލައިފި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 11, 2025

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ސީރިއާގެ ޖައުލާނީ ރައީސް އަހުމަދު އައްޝަރުއު އޭނާގެ އޯވަލް އޮފިސްގެ މޭޒު ކުރިމަތީގައި ބައިންދައިގެން ޚުޝާމަދުކޮށްދީފައި ހިތް ހަމަޖައްސައި ދީފައެވެ.

މިއީ ސީރިއާގެ ލީޑަރަކު ވައިޓްހައުސްއަށް ވަން ފުރަތަމަ ފަހަރެވެ. އަދި އެމެރިކާ ވެރިރަށަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ފަހަރެވެ.

ޓްރަމްޕްގެ ބައްދަލު ވުމަށްފަހު ޖައުލާނީ ވަނީ ވައިޓް ހައުސް ބޭރުގައި ސުރިޔާގެ ދިފދަ ހިފައިގެން ތިބި މީހުންނާ އެކު ފޮޓޯ ނަގައި ހަދާފައެވެ. އެމެރިކާ މީހުން ވަނީ މީސްމީޑިއާގައި ފާޑުކިޔާފައެވެ. ބުނަނީ ކުރިން ޓެރަރިސްޓެކޭ ކިޔާފައި މިހާރު ވިޔަފާރި ޑީލްތަކަށް ދީލާލަނީ ކަމަށެވެ.

ޓްރަމްޕްގެ އަމާޒަކީ އޭނާގެ އާއިލީ ކުންފުނި ޓްރަމްޕް އެސޯސިއޭޓްސްއަށް ދިމިޝްގުން ޓްރަމްޕް ޓަވަރަށް ބިންކޮޅަކާއި ވިޔަފާރި ޑީލްތަކެވެ!

މި ލިޔުމާ ގުޅޭ