ބޯޓެއް ފައްތާލައިގެން ދުނިޔޭގެ އެންމެބޮޑު މަސްނޫއީފަރު ބިނާކުރަނީ
ދުނިޔޭގެ އެންމެ ބޮޑު މަސްނޫއީ ފަރު އެމެރިކާގެ ފްލޮރިޑާގައި ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އެކަން ކުރުމަށް ފްލޮރިޑާގެ އޮކަލޫސާ ކައުންޓީން ނިންމާފައި ވަނީ މީހުން އުފުލާ ބައު ބޯޓެއް ފައްތާލައިގެންނެވެ. އެހެންނަމަވެސް ކައުންޓީގެ ކައުންސިލުން މިހާރުވަނީ މި މަސައްކަތް ފަސްކޮށްފައެވެ. ސަބަބެއް ހާމައެއް ނުކުރެއެވެ. ފައްތާލުމަށް ރާވާފައިވާ ބޯޓަކީ، އެމެރިކާގައި މިހާތަނަށް އުފެއްދި އެންމެ ބޮޑު ފަސިންޖަރު ބޯޓެވެ. އެ ބޯޓު، ފުރަތަމަ ދަތުރު ފަށައިފައިވަނީ 1952 ވަނަ އަހަރު އެސްއެސް އެމެރިކާއިންނެވެ. ފުރަތަމަ […]
ކަނޑޫފާތައް: މިއަދާއި މާދަމާއަށްޓަކާ ހިމާޔަތް ކުރުން މުހިންމު
މެންގްރޫވްއަކީ ޗަސް ބިމުގައި ހެދޭ ވަކިބާވަތެއްގެ ގަސްގަހަށް ކިޔާނަމެކެވެ. ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ޗަސްބިންއޮވެއެވެ. އަދި އެތަންތަނުގައި މިބާވަތުގެ ގަސްތައް ގިނައިން ހުރެއެވެ. ޗަސް ބިމުގައި ހެދޭ މިފަދަ ގަސްގަހަށް ދިވެހިބަހުން ކިޔާނަންތަކެއް ހުރެއެވެ. އޭގެ ތެރޭގައި ދިވެހީން އާންމުކޮށް ދަންނަނީ ކަނޑޫ، ރަނޑޫ، ކުށްޅަވަށް، ބޮނޑަވަކި އެވެ. ދުނިޔެއިން މިހާތަނަށް މީގެ 57 ބާވަތެއް ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް ރާއްޖެއިން ފެނިފައިވަނީ 13 ނުވަތަ 14 ވަރަކަށް ބާވަތެވެ. އޭގެތެރެއިން އެންމެގިނަ […]
ޗައިނާއިން ހިޖުރަކުރާ މީހުންގެ އެންމެ މަގުބޫލު މަންޒިލަކީ ޖަޕާން
ޗައިނާ ދޫކޮށް ހިޖުރަކުރާ ގިނަމީހުންގެ މަޤްބޫލު މަންޒިލަކަށް ވެފައި ވަނީ ޖަޕާނެވެ. އެމެރިކާއިން ޗައިނާ މީހުންނާމެދު ޝައްކުގެ ނަޒަރަކުން ބެލުމާއި އަދި އެމެރިކާ އިމިގްރޭޝަނުން އެމީހުންނާ މެދު ހަރުކަށިކޮށް މުޢާމަލާތު ކޮށް، ސުވާލުތައް ގިނަ ކުރާތީ ޗައިނާ މީހުން އެމެރިކާއަށް ހިޖުރަ ކުރާން ބޭނުމެއް ނުވެއެވެ. ޖަޕާނުގެ އާބާދީ މުސްކުޅި ވަމުން ދިއުމާއި، މަސައްކަތް ކުރާނެ އަތްތައް ލިބުން ދަތި ވުމުން، ފާއިތުވި ދިހަ އަހަރު ތެރޭގައި ޖަޕާނަށް ޗައިނާއިން ގިނަބަޔަކު ހިޖުރަކޮށްފައި ވެއެވެ. ޖަޕާނު ސަރުކާރުން […]