ޑިސެމްބަރ 23, 2024 13:33

އޯގާތެރިކަން: އަމާން މުޖުތަމައެއްގެ ދިރުން

އިންސާނުންގެ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ސިފައަކީ އޯގާތެރިކަމެވެ. އޯގާތެރިކަމަކީ އެހެން މީހުންނަށް ހެޔޮކޮށް ކަންތައް ކޮށްދިނުމާއި، އެހީތެރިވުމާއި، އަޅައިލުމާއި ހަމްދަރުދީވުން ފަދަ އެތައް ކަމެކެވެ. މި ސިފައަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދީފައިވާ ކަމެކެވެ. އަދި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ. އޯގާތެރިކަމުގެ މުހިންމުކަން ދައްކުވައިދޭ އެތައް ސަބަބުތަކެއް ވެއެވެ. އޭގެ ތެރެއިން މުހިންމު ބައެއް ނުކުތާތައް ތިރީގައި މިވަނީއެވެ. ފުރަތަމަ ކަމަކީ، އެކަކު އަނެކަކަށް އޯގާތެރިވުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުމެވެ. […]

ގައުމިއްޔަތުގެ މޫސުމް

”ހިރި ނޫސް“ މައުޖޫދުވެގެން މިއަންނަނީ ގައުމިއްޔަތުގެ މޫސުމެއްގެ ތެރެއަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ގައުމިއްޔަތުގެ ސިޔާސަތާ ގުޅިގެން ގައުމިއްޔަތުގެ އަޑު ގަދަވަމުން އަންނަ ވަގުތެއްގައެވެ. މި މޫސުމުގައި އެކި މާނައިގައި އެކި މަގުސަދުގައި ނަމަވެސް ގައުމިއްޔަތުގެ ވާހަކަ ގިނަގިނައިން އެބަ ދެކެވެއެވެ. ބަހުސްތައް އެބަ ކުރެވެއެވެ. އެންމެ ވައިގައި ހިފައިފައިވާ ވާހަކައަކީ ގައުމިއްޔަތަކީ ކޮބައިކަން ކަނޑައެޅުމެވެ. އެކި މީހުން ގައުމިއްޔަތު ތައާރަފު ކުރަނީ އެކި މާނައިގައެވެ. އެއްބައެއްގެ މާނަ އަނެއް ބަޔަކަށް ކަމުދާކަމަކަށެއް ނުފެނެއެވެ. ނަމަވެސް މިއިން އެއްވެސް މާނައެއް […]

އަންހެނެއްގެ އަތުން ފޭރުނު މީހަކު ހައްޔަރުކޮށްފި

ސެޕްޓެމްބަރު އެގާރަ ވަނަދުވަހު ހެނދުނުގެ ވަގުތެއްގައި މީހެއްގެ އަތުން ފޭރުނު މީހަކު ހައްރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެމީހާ ފޭރިގެންފައިވަނީ ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުންކަމަށެވެ. އެމީހާގެ ވޮލެޓާއި މޯބައިލް ފޯނެއް ފޭރިގެންފައިވެއެވެ. މިއަމަލު ހިންގާފައިވަނީ ރ. އަލިފުށީ، ހަބީބީހެޕް، އިސްމާއީލް ސާއިފެވެ. އުމުރުން ނަވަތިރީސް އަހަރުގެ މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފޭރިގަތް ވަގުތު އޭނާ ދުއްވަމުންދިޔަ ސައިކަލަކީ ވަގަށް ނަގާފައިވާ އެއްޗެއް […]

ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވަނީ ގާބިލުކަމެއްނެތް މީހުން: ރައީސް ޔާމީން

ސަރުކާރުގެ ސިޔާސީ މަގާމުތަކަށާއި އެމްބަސީތަކުގެ ވަޒީފާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވަނީ އެމަގާމްތަކަށް އެކަށީގެންނުވާ މީހުންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ. ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒު، ވައުދުފުޅުވެވަޑައިގެންފައިވަނީ އިލްމީ އަދި ގާބިލް ކެބިނެޓެއް އެކުލަވައިލައި ސިޔާސީ މަގާމުތަކަށް ވެސް އެފަދަ ގާބިލް ބޭފުޅުން އައްޔަން ކުރެއްވުމަށް ކަމަށެވެ. އެހެންނަމަވެސް ފެންނަނީ އޭގެ އިދިކޮޅަށް ކަންކަން ވަމުންދާ މަންޒަރު ކަމަށް ރައީސް ޔާމީމް […]

އަމިއްލަ ފައިސާއިން ވިޔަފާރިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ މުއާމަލާތް ކުރުމަށް ޑޮލަރުގެ ބަދަލުގައި ދެގައުމުގެ ފައިސާ ބޭނުންކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެ އެމްއޯޔޫއަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ކުރުމާއި އިންވެސްޓުކުރުން ފަސޭހަވާނެ ގޮތަށް ފައިސާގެ އޮނިގަނޑު ހަރުދަނާ ކޮށް، ދިވެހި ރުފިޔާ އިން ސީދާ އިންވެސްޓްމެންޓްތައްކޮށް، ކަރަންޓު އެކައުންޓުން ސެޓްލްމެންޓް ހެދުމަށް ބާރުއެޅުމަށްޓަކައި ރާއްޖެ ސަރުކާރުން ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ)އާ އެކު ސޮއިކުރި އެމްއޯޔޫއެއް ކަމަށެވެ. […]

އާޚިރަތަކީ އިންސާނާ ކޮށްފައިވާ މަސައްކަތުގެ ނަތީޖާއާއި މޭވާ ހާސިލްކުރާތަން

ޝައްކެއްވެސް ނެތެވެ. މަރަކީ އިންސާނާ ދުނިޔޭގައި ދިރިއުޅުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމަށް ލިބިފައިވާ ފުރުސަތު ނިމުމަކަށް އަތުވެއްޖެ ކަމުގެ އެންމެ ފަހުގެ އިޢުލާނެވެ. އާޚިރަތަކީ އޭނާ ކޮށްފައިވާ މަސައްކަތުގެ ނަތީޖާއާއި މޭވާ ހާސިލްކުރާ ތަނެވެ. މަރުވުމަށްފަހު އިންސާނާއަށް މަސައްކަތްކުރުމަށް އަލުން ފުރުސަތެއް ނުލިބޭނެއެވެ. އާޚިރަތުގެ ޙަޔާތަކީ ނިމުމެއް ނެތް އަބަދީ ޙަޔާތެކެވެ. އިންސާނާ މަރުވުމުގެ ކުރިން މި ޙަޤީޤަތް ދެނެގަތް ނަމަ ކޮންފަދަ ރަނގަޅު ހެއްޔެވެ. އެހެނީ މަރުވުމަށްފަހު މި ޙަޤީޤަތް ދެނެގަތުމަކީ އެއްވެސް ފައިދާއެއް އޮތް […]

‎ފައިދާހުރި ސާފުުކާނާ ކެއުމުގެ ދިރިއުޅުމެއް އުޅެމާ

ސާފު އަދި ފައިދާހުރިކާނާ ކެއުމުގެ އާދައަކީ ސިއްހަތަށް އެންމެ ރަނގަޅުގޮތް ކަމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ. ރާއްޖެ ފަދަ ހޫނު ގައުމެއްގައި ފައިދާހުރި ކާނާއާއި ދިޔާތަކެތި ބޭނުން ކުރުން މުހިންމެވެ. ގުދުރަތީ ގޮތުން ރާއްޖެއަށް ލިބިފައިވާ ސާފު މާހައުލުން މިފަދަ ބައެއް ކާނާ ލިބެން އެބަހުއްޓެވެ. ރާއްޖެއިން ތަފާތު ބާވައްތަކުގެ ތާޒާ މަސް ލިބެއެވެ. ފެހިކަންގަދަ ބައެއް މޭވާއާއި ތަރުކާރީ ލިބެއެވެ. މާހައުލީ ނިޒާމުން ލިބެންހުރި ފައިދާބޮޑު ކާނާ ބޭނުންކުރުމަކީ ހަކަތަ އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި […]

ރަޝިޔާގެ ރަނުގެ ރިޒާވް އާދަޔާ ޚިލާފަށް އިތުރު ވެއްޖެ

ރަޝިޔާގެ ރަނުގެ ރިޒާވް 188.8 ބިލިއަން ޑޮލަރަށް އަރައިފިއެވެ. މިއީ 25 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ރިޒާވުގައި އެޤައުމުގެ  ރަނުގެ ހިއްސާ މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މި 25 އަހަރު ތެރޭގައި އެގައުމުގެ ރިޒާވަށް 30 ޕަސެންޓްގެ އިތުރު ވުމެއް އައިސްފައި ވެއެވެ. ބޭންކް އޮފް ރަޝިޔާއިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ބައިނަލްއަޤްވާމީ ރިޒާވުގައި ހުރި އެގައުމުގެ ރަނުގެ ރިޒާވްގެ އަގު އޮގަސްޓް މަހުގެ ކުރީކޮޅުން ފެށިގެން ނުވަ ބިލިއަން […]