ޑިސެމްބަރ 23, 2024 08:25

އިޒްރޭލު ޢުދުވާނަކީ މަދަނީންނަށް ދިން ޓެރަރިސްޓް ޙަމަލައެއް

ލުބުނާންގައި އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލައަކީ، ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ސިއްސުވާލި ޓެރަރިސްޓް ހަމަލާއެކެވެ. ތިން ހާސް މީހުން ޒަޚަމް ކޮށްލި މި ހާދިސާއަކީ، ޓައިވާންގެ ސެމީކޮންޑަކްޓަރ އުފައްދާ ފަރާތްތަކާއި އިޒްރޭލުން ގުޅިގެން ސައިބާ ޓެރަރިޒަމް ހިންގާ ކަމުގެ ހެއްކެކެވެ. ލުބުނާންގެ އިންޓަރނެޓްގެ ބަލިކަށިކަމުން ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ ދާއިރާގެ އެހެން ފަރާތްތަކުން އަދިވެސް އެމީހުންގެ މަސައްކަތަށް ޕޭޖަރު ބޭނުން ކުރެއެވެ. ލުބުނާންގައި އިޒްރޭލުން ދިން ޓެރަރިސްތް ހަމަލާގައި ބޭނުން ކޮށްފައި ވަނީ ޓައިވާންގެ ނިއު ޓައިޕޭ […]

އެކްސިޑެންޓެއްގައި އަނިޔާވި ދިވެއްސަކަށް ފަރުވާދޭން ފަށައިފި

ހުޅުމާލޭ ފޭސް ދޭއްގައި ޕިކަޕަކާއި ސައިކަލެއްޖެ މީހަކަށް އަނިޔާވެއްޖެއެވެ. މިއަދު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދިވެހި އަންހެނަކަށެވެ. އެއީ ސައިކަލު ދުއްވި މީހާއެވެ. އޭނާއަށް މިހާރުދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ. އެމީހާއާ ބެހޭ އިތުރު މައުލޫމާތެއް ވެސް ލިބިފައެއް ނުވެއެވެ. އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު އެސަރަހައްދަށްގޮސް ކަން ހިނގައިދިޔަގޮތް ދަނީ ބަލަމުންނެވެ. މިދުވަސްވަރަކީ އިންތިހާއަށް އެކްސިޑެންޓު އިތުރުވެފައިވާ […]

އިބިލީސް ބޭނުންކުރާ އިސްތިރާޖީ ދެނެގަނެ އޭނާގެ ކިބައިން މިންޖުވުން

ކުށްކުރުމާއި ކުށް ކުރެވުމަކީ އިންސާނާގެ ޠަބީޢަތެވެ. ކުށް ކުރެވުމުން އެކުށް ގަބޫލުކޮށް އެކުށަށް އިޢުތިރާފްވުމަކީ މުސްލިމުން ކަންކުރަންޖެހޭ ގޮތެވެ. އަދި ކުށަށް ތަޢުބާވެ އަސްތަޣުފާރުކުރުމަކީ ތެދުމަގެވެ. އަޅުގަނޑުމެންގެ ބަފައިކަލުން ފުރަތަމަ އިންސާނާ އާދަމް ޢަލައިހިއްސަލާމް އެންމެ ފުރަތަމަ ކުރެއްވި ދުޢާއަކީ ކުށަށް އިޢުތިރާފްވެވަޑައިގެން ތައުބާލެއްވުމަށް އެދިވަޑައިގެން ކުރެއްވި ދުޢާއެވެ. ﷲ، ވަގުތުން އެކަލޭގެފާނުގެ ތައުބާ ގަބޫލުކުރައްވައި އެކަލޭގެފާނުގެ ކުށް ޢަފޫކުރައްވައި އެކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވިއެވެ. އަޅުގަނޑުމެން ކުށް ގަބޫލުކޮށް ކުށަށް ތައުބާވުމަކީ އިބިލީހަށް ފިސާރި ބޮޑުވާ ކަމެކެވެ. […]

ސަލާމަތީ ސަބަބުތަކަށްޓަކައި ޗައިނާގެ ކެމެރާތައް ނަގައިފި

ދެކުނު ކޮރެއާގެ ސިފައިންގެ މަރުކަޒުތަކެއްގައި ބޭނުން ކުރަމުން ދިޔަ ޗައިނާއިން އުފައްދާފައިވާ 1300 ކެމެރާއެއް ނަގައިފިއެވެ. މި ސީސީޓީވީ ކެމެރާތައް ފަރުމާކޮށްފައި ވަނީ އެއިން ފެންނަ މަންޒަރުތައް ޗައިނާގައި ހުންނަ ސަރވަރަކަށް ފޯރުވައިދޭ ގޮތަށް ކަމަށް ދެކުނު ކޮރެއާއިން ބުނެއެވެ. ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން ޗައިނާގެ ސަވައިލެންސް އިކުއިޕްމަންޓްތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅު އެޅުން ވަނީ އާންމު ކަމަކަށް ވެފައެވެ. ދެކުނު ކޮރެއާގެ ނޫސް އެޖެންސީ ޔޮންހަޕް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެކުނު ކޮރެއާގެ ސިފައިންގެ […]

އަނބިމީހާ ”ހަވަރަށްދިން“ ކާފަބޭ ދޫކޮށްގެން ނުވާނެ

އަނބިމީހާ މަސްތުގެ ހާލަތަށް ގެނެސް ހިލޭ ފިރިހެނުން ލައްވައި ރޭޕްކުރުވި ކާފައަކު ކޯޓުގައި ބުނެފައި ވަނީ އެކަމުގައި ތުހުމަތު ކުރެވޭ އެހެން މީހުންނެކޭ އެއްފަދައިން އޭނާއަކީވެސް ރޭޕިސްޓެއް ކަމަށެވެ. ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދާ ޝަރީއަތުގައި ރޭޕިސްޓް ޑޮމިނިކް ޕެލިކޯ ފުރަތަމަފަހަރަށް ވާހަކަ ދެއްކީ އިއްޔެއެވެ. އޭނާއާއެކު އަންހެނުން ރޭޕްކުރުމުގައި ބައިވެރިވި 50 މީހުންވެސް ކޯޓަށް ހާޒިރުކޮށްފައި ތިއްބެވެ. އުމުރުން 71 އަހަރުގެ ޑޮމިނިކް ޕެލިކޯ ގެ ޖަރީމާ ބޭޒާރުވީ ޝޮޕިން މޯލެއްގެ ފިހާރަތަކުން އަންހެނުންގެ ޖަނގިޔާތަކެއް […]