އިންޑިއާއިން ރާއްޖެއަށް ބަޖެޓް ސަޕޯޓްގެ އެހީތެރިކަން ދީފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރުކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. މިއީ މިއަހަރުގެ ޓްރެޜަރީ ބިލުގެ ދެވަނަ ބައި ކަމަށްވާއިރު، ފުރަތަމަ ބައި ވަނީ 13 މެއި 2024 ގައި ރޯލްއޯވާކޮށްފައެވެ. މި އަހަރުގެ މެއި މަހުގެ 8 އިން 10 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގައި މިކަމާ ގުޅޭ ގޮތުން […]
ހިދުމަތްތައް ފޯރުކޮއްދިނުމުގައި ޔަގީންކަމާއެކު ދެމިތިބޭނަން: އެސްޓީއޯ

އިޤްތިސާދީ މުހިންމުކަންކަމުގައި އެސްޓީއޯއިން ފޯރުކޮށްދެވޭ އެންމެހާ ހިދުމަތްތައް ފޯރުކޮއްދިނުމުގައި ކުންފުނި ދެމިއޮންނާނޭ ކަމުގެ ޔަގީންކަން އެ ކުންފުނީން ދީފިއެވެ. އެކުންފުނީގެ ފަރާތުން މިޔަގީންކަން ދިނީ މެނޭޖިންޑިރެކްޓަރ ޝިމާދު އިބްރާހީމެވެ. އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެސްޓީއޯއިން ބުނީ ބަންކަރިންގެ ހިދުމަތް ރާއްޖެއިން ފެށީ ބައިނަލްއަގުވާމީ މެރިޓައިމް އިދާރާތަކުން ގަބޫލުކުރާ އައިއެސްޕީއެސް ކޮމްޕްލައިންޓް ޕޯޓް ފެސިލިޓީއަކާ ވެސް އެކުކަމަށެވެ. މީގެ އިތުރަށް ރާއްޖެއަކީ މެރިޓައިމް ދާއިރާގެ […]
ބަންކަރިންގެ ހިދުމަތް ރާއްޖެގައި ފަށައިފި

އިންޓަރނޭޝަނަލް ބަންކަރިންގެ ހިދުމަތް ރާއްޖެގައި މިއަދު ފަށައިފިއެވެ. މިއީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުގައި ހިމެނޭ މުހިންމު ހިދުމަތެކެވެ. މީގެ ދަށުން ރާއްޖެ ހުރަސްކޮށް އުތުރުން ދަތުރުކުރާ ބައިނަލްއަގުވާމީ އާގު ބޯޓްފަހަރުތަކަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. ބަންކަރިންގެ ހިދުމަތް ފައްޓަވައި ދެއްވީ މިއަދު [އެ ސަރަހައްދުގައި] ބޭއްވި ރަސްމިއްޔާތެއްގައި ތިލަދުންމަތީ އުތުރުބުރިޔަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. މި ރަސްމިއްޔާތުގައި އިގްތިސާދީ ވަޒީރު މުހައްމަދު ސައީދާއި ސަރުކާރުގެ އިސް ބައެއް ވެރިން […]
ސަލާމަތީ މަޖީލީހުގެ ބަހުސެއްގައި ބައިވެރިވާ ފުރަތަމަ ވެރިއަކަށް ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ ޢާންމު މަޖިލީހުގެ ހަތްދިހަނުވަވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި އެ އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއީ ރައީސުލްޖުމްހުރިއްޔާ އ.ދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށެވެ. މި ދަތުރުފުޅުގައި އދ. ގެ ޢާންމު މަޖިލީހުގައި ރައީސް ތަޤުރީރު ކުރައްވާނެއެވެ. މީގެ އިތުރުން އދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްސަ އޯޕަން ޑިބޭޓެއްގައި ރައީސް ބައިވެރިވެވަޑައިގެން […]
އިންޑިއާގެ ޖައްވީ އިގްތިސާދު ސައުރަޔާޅީސް ބިލިއަނަށް ތަރައްޤީ ކުރަނީ

އިންޑިއާގެ ޖައްވީ އިގްތިސާދު މިހާރު 8.4 ބިލިއަން ޑޮލަރަށް ތަރައްޤީވެފައިވާ އިރު އެގައުމުގެ އަމާޒަކީ، 2033 ވަނަ އަހަރުގެ ނިޔަލަށް ޖައްވީ އިޤްތިޞާދު 44 ބިލިއަން ޑޮލަރަށް ތަރައްޤީ ކުރުމެވެ. ދުނިޔޭގެ އެކި އޯބިޓްތަކުގައި އިންޑިއާގެ ސެޓެލައިޓްތައް އިތުރުވުމަކީ އަސްކަރީ ޙަރަކާތްތައް މޮނީޓާކޮށް ދުނިޔޭގެ ބިމުގެ ކަންކަން ބެލެހެއްޓުމުގައި އިންޑިއާ ބާރަކަށް ވެގެންދާނެ ކަމެކެވެ. އަދި ސެޓެލައިޓު އުފެއްދިއަސް ޖައްވަށް އެތަކެތި ފޮނުވުމުގެ ޤާބިލުކަންކުޑަ ޤައުމުތަކަށް އިންޑިއާ ވެފައި ވަނީ، އިތުބާރުކުރެވޭ ބައިވެރިއެއްގެ ގޮތުގައި ކަމަށް އިންޑިއާގެ […]
ސެމީކޮންޑަކްޓަރ ޕްރޮގްރާމެއް ގެންގުޅޭ އަށްވަނަ ޤައުމަކަށް އިންޑިއާ

އިންޑިއާއަކީ މިހާރު ކޮމްޕިއުޓަރ ޗިޕްއިން ފެށިގެން، ނިމިފައވާ އިލެކްޓްރޯނިކް ސާމާނު އުފެއްދުމުގެ ކުޅަދާނަކަން ލިބިފައިވާ ޤައުމެކެވެ. ހައިޓޮންގ އިންޓަރނޭޝަނަލް ރިސާޗްއިން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ އިންޑިއާގެ ސެމީކޮންޑަކްޓާ އިންޑަސްޓްރީއަށް މިހާތަނަށް 18 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ހޯދާފައިވާ ކަމަށެވެ. އިންޑިއާގެ ބޮޑު ވަޒީރު އެކުލަވާލާފައިވާ އިލެކްޓްރޯނިކް މާރެހުގައި ވަނީ މިހާރު އިންޑިއާއިން އުފައްދާ 150 ބިލިއަން ޑޮލަރުގެ އިލެކްޓްރޯނިކް މުދާ ކުރިމަގުގައި 500 ބިލިއަން ޑޮލަރަށް އިތުރު ކުރާށެވެ. އަދި 5 އަހަރު ތެރޭގައި އެދާއިރާއިން 6 […]
ފުރާވަރަށް އަރާ ދަރިފުޅު ޒިންމާދާރު ޒުވާނަކަށް ބައްޓަން ކުރާނީ ކިހިނެއް؟

ދަރިފުޅު ފުރާވަރަށް އަރަމުން އަންނައިރު އޭނާގެ ކިބައިގައި އަމިއްލައަށް ކަންކަން ނިންމުމުގެ ޤާބިލްކަން ހުންނަ ގޮތަށް އޭނާގެ ޝަޚުޞިއްޔަތު ބައްޓަން ކުރުމަށް އެހީތެރިވެ ދެމުތޯއެވެ؟ ޝަޚުޞިއްޔަތު ބައްޓަން ކުރުމަކީ، ޒުވާން ޢުމުރަށް މިސްރާބު ޖަހާއިރު މިނިވަންކަމާއި އަދަބު ސަދަބާއި، އަޚްލާޤު ބިނާކުރުމަށް ކުރާ ދަތުރުގެ މުހިންމު ބައެކެވެ. ފުރާވަރަށް އަރާ ދަރިފުޅަށް މަގުދައްކައިދީ، 18 އަހަރުން ދަށުގައި އޭނާ އުޅުމާއި ގުޅުން ބައްޓަން ކުރުމުގައި ޒިންމާދާރުވުމުގެ މާނަ އޭނާގެ ކިބައިގައި އިންދުމަކީ، މައިންބަފައިންގެ ޒިންމާއެކެވެ. ޒިންމާދާރުކަމުގެ އިހުސާސާއި […]
