ތަރައްގީގެ މަގުތައް ކޮށޭނީ އިހްތިރާމް ލިބިފައިވާ ގައުމަކަށް ރާއްޖެވެގެން: ރައީސް
ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މަގުތައް ކޮށޭނީ، މުޅިދުނިޔޭގެ އިހްތިރާމް ލިބިފައިވާ ގައުމަކަށް ރާއްޖެ ވެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް އދ. ގެ މެންބަރުކަން ލިބުނުތާ ފަންސާސް ނުވައަހަރު ފުރޭދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ވީޑިއޯ މެސެޖެއްގައެވެ. މިމެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށްއޮތް އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ދިވެހިރާއްޖެއާމެދު ދެކިވަޑައިގަންނަވާ ތަސައްވަރު ހާމަކުރެއްވުމަށް ކަމުގައެވެ. ”އަޅުގަނޑު އދ. އަށް ޒިޔާރަތްކޮށް، އެންމެ […]
ދަރަނިން ލިބޭ ގެއްލުން ލުއިކޮށްދިނުމަށް ގުޅުން ހަރުދަނާ ކުރަންޖެހޭ: ރައީސް
ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަށް ކުރިމަތިވެފައިވާ ދަރަނީގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ކްލައިމެޓް ފައިނޭންސާއި ދަރަނިން ލިބޭ ގެއްލުން ލުއިކޮށްދިނުމާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ”ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް“ ސައިޑް އިވެންޓްގައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯޗެއަރގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިޑްސްގެ ނާޒުކުކަމާއި، […]
އާންމު މަޖިލީހުގައި ރާއްޖޭގެ ބަސް އިއްވާނަން: ރައީސް
ދިވެހިރާއްޖެއަށް އެންމެ ފައިދާ ވާނީ ބައިނަލްއަގްވާމީ ދުނިޔެއާ ގުޅިލާމެހުނު ވަރަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހާއި އެހެނިހެން ބައްދަލުވުންތަކުގައި ރާއްޖޭ ބަސް އިއްވަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ދިވެހި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ފައިދާކުރަނިވި އެކިއެކި ކަންތައްތައް ކޮށްދެވިދާނެ ފަރާތްތަކާ ގިނަގިނައިން ބައްދަލުކުރައްވައި އެކުގައި […]
ބައުވެފައިވާ ވެހިކަލްތައް މާލޭގެ މަގުތަކުން ނަގަން ފަށައިފި
މާލޭގެ މަގުތަކުގައި ހުރި ބައުވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް މިއަދު ހެނދުނު ފަށައިފިއެވެ. މިއީ މާލޭސިޓީކައުންސިލާއި ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ސިޓީކައުންސިލުން ވިދާޅުވީ މާލޭގެ އެކިސަރަހައްދުތަކުން މިހާރު ނަގަމުންދާ ވެހިކަލްތަކުގެތެރޭގައި އިންޖީންނެތް ވެހިކަލްތަކާއި ނުދުއްވައި ގިނައަހަރުތަކެއް ވެފައިވާ އުޅަނދުފަހަރު ހިމެނޭކަމަށެވެ. އިއްޔެ މި މަސައްކަތް ނިންމާލިއިރު މިފަދަ 224 ވެހިލެއްވަނީ ނަގައިފިއެވެ. މއީ މާލޭސިޓީގެ މަގުތަކަކީ ސާފުތާހިރު ހިތްފަސޭހަތަނަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި މަސައްކަތް ހުއްޓާނުލައި ކުރިއަށް […]
އެމްޑީޕީގެ ހަވަރުބެރުގެ އަޑު އެބަ އިވޭތަ؟
އެމްޑީޕީ ޖަހާ ހަވަރުބެރަކީ ”ހަވަރުބެރު“ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަނެކެވެ. ބޭނުމަކީ ސަރުކާރުން ކުރަމުންދާ ނޭއްގާނި ކަންކަން ރައްޔިތުންނަށް އަންގައިދިނުމެވެ. ހަގީގަތުގައި ހަވަރު ބެރަކީ ހަވަރު އެއްކުރާން ޖަހާބެރެކެވެ. ހަވަރު އެއްކުރަނީ ހަވަރު ލައްވައި ބޮޑު ސިންގާ ކަމެއް ކުރުވުމަށެވެ. ހަވަރު އެއްވެގެން ވެރިކަން ފުރޮޅައިލުން ފަދަ ކަންކަން މާޒީގައި ކޮށްފައި އެބަހުއްޓެވެ. މައި އިދިކޮޅު ޕާޓީން މިފަދަ ”ހަވަރުބެރެއް“ ޖެހުމަކީ އެއްގޮތަކުން ބަލާއިރު ސަރުކާރަށް ފައިދާހުރި ކަމެކެވެ. ކަންކަން ކުރެވެމުންދާގޮތް ދުރާލާ އެނގުމެވެ. ޒިންމާދާރުކަމާ އެކު […]
ވާހަކަ: ކަނބުލޮ (އެއްވަނަބައި)
ދުނިޔެއަށް ހޭލައިގަތީ ބައިބޯ މާޙައުލެއްގައެވެ. މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުމާއެކުގައެވެ. އެއްބަނޑު އެއްބަފާ ދައްތައާއި، ބޭބެ އަދި ކޮއްކޮމެންގެ ލޯބިވެސް ލިބިގެންނެވެ. މާލެއަށް އުފަން ޢާއިލާއަކަށް ނިސްބަތް ނުވާތީ މާލޭ ފަސްގަނޑުގައި އަމިއްލަ ގެދޮރުނެތެވެ. އެކަމަކު އުޅެބޮޑުވީ ތަނުގެ އަހުލުވެރިންނަށް ވުރެ އަމިއްލަ ވަންތަކަން ތަންފުކެއްވެސް ކުޑަ ނުވާ ފަދަ އަމިއްލަ ވަންތަ މާޙައުލެއްގައެވެ. ބުނެދޭން ނޭނގޭ ގުޅުމަކުން ގުޅިފައިވާ ޢާއިލާއެއްގެ ތެރޭގައެވެ. ލޭގެ ގުޅުމެއް ނެތެއް ކަމަކު އެފަދަ ގުޅުމަކަށްވުރެ ގުޅުން ކުޑައެއް ނޫނެވެ. އެހެނަސް […]
ފެނަކަ މުވައްޒަފުންގެ ތައުލީމީ ސެޓުފިކެޓުތައް ފޮނުވަން އަންގައިފި
ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ބްރާންޗުތަކެއްގައި މަސައްކަތްކުރާ މުވައްޒަފުން އެމީހުންގެ ތައުލީމާއި ތަމްރީންތަކާބެހޭ ސެޓުފިކެޓު ސެޕްޓެމްބަރު ބާވީސްވަނަ ދުވަހުގެ މެންދުރުފަހު ދެގަޑި ސުންމިނިޓުގެ ކުރިން ފޮނުވުމަށް ފެނަކަ އިންސްޓިޓިއުޓު ފޯރ ޓްރައިނިން އެންޑް ރިސަރޗުން ހުރިހާ ބްރާންޗު ތަކަށް އަންގައިފިއެވެ. އެތަނުގެ އެސިސްޓެންޑް ޑީން ހައްވާ އަލިއްޔާ ސޮއިކުރަވައި ނެރެފައިވާ އިންޓަރނަލް މެމޯއެއްގައި ބުނެފައިވަނީ އެމްކިޔުއޭ ލެވެލްގެ ސެޓްފިކެޓުތައް ފޮނުވަންވާނީ އެޓެސްޓް ސްކޭން ކޮޕީއެއް ކަމަށެވެ. އެއްވެސް މުވައްޒަފަކު ސައްހަނޫން މައުލޫމާތެއް ނުވަތަ ސެޓުފިކެޓެއް ދީފި ކަމަށްވާނަމަ އެ […]