އެންމެ ނުފޫޒުގަދަ ތިން ގައުމުގެ ތެރޭގައި އިންޑިއާ
ޑިޕްލޮމެސީގެ ރޮނގުން ދުނިޔޭގެ އެންމެ ނުފޫޒުގަދަ ތިން ޤައުމުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. އިންޑިއާ މިމަޤާމަށް އައިސްފައި ވަނީ، ރަޝިޔާއާއި ޖަޕާން ފަހަތަށް ޖައްސާލުމަށްފަހުއެވެ. އިންޑިއާއަކީ މާޒީގައި ވަކި ފަރާތަކަށް ނުޖެހޭ ހަރަކާތުގެ ލީޑަރެވެ. އަދި ފިނި ހަނގުރާމައިގެ ދުވަސްވަރު މުހިންމު ދައުރެއް އަދާ ކުރުމަށްފަހު އިންޑިއާއިން އިޤްތިސާދަށް ދޮރު ހުޅުވާލައި މާކެޓް އިކޮނޮމީއަށް މިސްރާބު ޖެހިފަހުން އިޤްތިޞާދީ ދުވެލި ރަނގަޅުވެ ޑިޕްލޮމެސީގެ ދާއިރާގައި އިންޑިއާ ފަހަތަށް ޖެހުނެވެ. ނަމަވެސް މިދިޔަ 12 އަހަރުގެ ތެރޭގައި ބޮޑު […]
ޒެލެންސްކީގެ ވިސްނުން ކޮށިކަމަށް މޮސްކޯއިން ބުނެފި
ޔުކްރެއިން އިން ބޭނުންވާ ޝަރުތުތަކާއެކު މޮސްކޯއަށް ސުލްހައަށް މަޖުބޫރު ކުރެވިދާނެ ކަމަށް ކިއޭވްއިން ގަބޫލުކުރާނަމަ ޔޫކްރޭންގެ ލީޑަރު ވްލަޑިމިއާ ޒެލެންސްކީ އަކީ ބޯ ހަމަނުޖެހޭ މޮޔައެއް ކަމަށް ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވެއްޖެ އެވެ. ނިއުޔޯކުގައި ބޭއްވި ނޫސްކޮންފަރެންސްގައި އޭނާ ވިދާޅުވީ ”ރަޝިޔާއަށް މަޖުބޫރުކޮށްގެން ސުލްހައަށް ގެނައުމަށް މަސައްކަތް ކުރުމުގެ މައްޗަށް ބިނާވެފައިވާ ވިސްނުމަކީ މުޅިން ވެސް މަރުމޯލަ ގޯސް ވިސްނުމެއް. ސަބަބަކީ ރަޝިޔާއަށް މަޖުބޫރުކޮށްގެން ސުލްހަ ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން،“ ޕެސްކޯވް ބުދަ […]
މޫސުމީ ކާރިސާތަކާއެކު ޕާކިސްތާނަށް ގޮންޖެހުމެއް
ޕާކިސްތާނަށް މިހާރު ދެ މައިދާނެއްގައި ހަނގުރާމަ ކުރަން ޖެހިފައި ވެއެވެ. އެއީ ސިޔާސީ މައިދާނުގެ ކޯޅުންތަކާއި، ޤުދުރަތީ ކާރިސާތަކާއެވެ. ޖަރުމަނުގެ ރުހް ޔުނިވާސިޓީ ބޮޗަމް – އިންސްޓިޓިއުޓް ފޯ އިންޓަނޭޝަނަލް ލޯ އޮފް ޕީސް އެންޑް އާމްޑް ކޮންފްލިކްޓް (އައިއެފްއެޗްވީ) އިން ޝާއިއުކުރި އެންމެ ފަހުގެ ވޯލްޑް ރިސްކް ރިޕޯޓުގައި ޕާކިސްތާން ހިމަނާފައިވަނީ ކޮންފްލިކްޓާއި ކާރިސާތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވާ ގައުމުތަކުގެ ލިސްޓްގަ އެވެ. ކޮލަމްބިއާ، ބްރެޒިލް އަދި މިޔަންމާއާ އެކު ޕާކިސްތާން ހިމަނާފައި ވަނީ […]
އދ. ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދޭން ރާއީސް ގޮވާލައްވައިފި
އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށްފަހު އެގައުމުގެ ގާނޫނުގެ ވެރިކަން ނެގެހެއްޓުމަކީ މުހިންމުކަމެއް ކަމަށެވެ. ފަލަސްތިނަށް މިހާރު ދެމުންގެންދާ ހަމަލާތަކާ ބެހޭގޮތުން ރައީސް ވިދާޅުވީ އެއްވެސް ގައުމަކުން އިންސާނީ ޙައްޤުތަކަށް އަރައިގަންނަ ކަމުގައިވަނީނަމަ އެކަން ތަޙައްމަލުކޮށްގެން ތިބެގެން ނުވާނެކަމަށެވެ. އެފަދަ ޙާލަތެއްގައި، އެ ޤައުމެއްގެ […]
ރާއްޖޭގެ ޕްލޭންތަކަށް ސަމަންތާގެ ތައުރީފް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޔޫ.އެސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫ.އެސް.އެއިޑް) ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާ ބައްދަލުކުރައްވައިފިއެވެ. މިއީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ބައްދަލުވުމެކެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ މި ބައްދަލުކުރެއްވުމުގައި ޔޫ.އެސް.އެއިޑް ގެ އެޑްމިނިސްޓްރޭޓަރ ވަނީ، ރާއްޖެއިން ހުށަހަޅާފައިވާ މުހިންމު ޕްލޭންތަކަށް ތާރީފުކުރައްވާފައި ކަމަށެވެ. މި މަސައްކަތްތަކުގައި ބައިވެރިވުމަށް ޔޫ.އެސް.އެއިޑުން ތައްޔާރުކަމަށް އެކަމަނާ ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. ދިވެހިރާއްޖޭގައި ޕޭ ޕާލްގެ […]
ކިމްސް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއެކު މާލޭގައި ކްލިނިކެއް ހުޅުވަނީ
އިންޑިއާގެ ކިމްސް ހޮސްޕިޓަލާއި ރާއްޖޭގެ ”ކެއަރ ވަން އެންޑް ޑެންޓަލް ކްލިނިކް“ ގުޅިގެން މާލޭގައި ކުލިނިކެއް ހުޅުވަން ތައްޔާރުވެއްޖެއެވެ. ހެންވޭރުގައި ހުޅުވާ މި ކްލިނިކްގެ ޚިދުމަތް ނޮވެމްބަރ ފުރަތަމަ ހަފްތާތެރޭގައި ފަށާނޭ ކަމަށް ކައަރ ވަން އެންޑް ޑެންޓަލް ކްލިނިކްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދު ވިދާޅުވިއެވެ. އަޙުމަދު ސައުދު ވިދާޅުވީ މި ކްލިނިކުން ދެއްވާ ޚިދުމަތްތަކުގެ އަގުތައް ހުންނާނީ އަތްފޯރާފަށުގައި ކަމަށެވެ. މަސައްކަތްކުރާނީ ދެވެން އޮތް އެންމެ ކުޑައަގަކަށް ރަނގަޅު ޚިދުމަތެއް ދެވޭތޯ ކަމަށް އޭނާ […]
އދ. ގައި ޓައިވާން ބައިވެރި ކުރަން ނުވަ ގައުމަކުން ސިޓީ ލައިފި
އދ. ގައި ޓައިވާން ބައިވެރި ކުރުމަށް 9 ޤައުމަކުން އދ. ގެ ސެކްރެޓެރީ ޖެނެރަލަށް ހުށަހަޅައިފިއެވެ. ޓައިވާންގެ ސެންޓްރަލް ނިއުސް އެޖެންސީ (ސީއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓައިވާނަށް އދގައި ގޮނޑިއެއް ހޯދައި ދޭން ހުށަހެޅި ޑިޕްލޮމެޓިކް އެކުވެރި ނުވަ ޤައުމަކީ ބެލިޒް، އެސްވަޓީނީ، ގުއަޓެމާލާ، މާޝަލް އައިލެންޑްސް، ޕަލާއު، ސެއިންޓް ކިޓްސް އެންޑް ނެވިސް، ސެއިންޓް ލޫސިއާ، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނޭޑައިންސް އަދި ޓޫވާލޫގެ ދާއިމީ މަންދޫބުންނެވެ. މިއީ އދގައި ހިމެނޭ އެންމެ […]