މީހަކު މަރާލައި ގަބުރުގައި ރޯކޮށްލައިފި

އިސްލާމްދީނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ޑޮކްޓަރަކު މަރާލުމަށްފަހު އޭނާގެ ގަބުރުގައި ރޯކޮށްލި މައްސަލައެއްގައި ބަޔަކާ ދެކޮޅަށް އާއިލާއިން ދައުވާ ހުށަހަޅައިފިއެވެ. ޕާކިސްތާންގެ ސިންދު ޕްރޮވިންސްގެ އުމަރުކޯޓު އަވަށުގައި ޑރ. ޝާހްނަވާޒު ކުންބަރަށް ކުރެވުނީ އިސްލާމްދީނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތެވެ. އޭނާ ވަނީ އޭނާގެ މީސްމީޑިއާ އެކައުންޓު ހެކްކޮށްފައިވާ ކަމަށާއި އެކަމެއް ކޮށްފައި ވަނީ އޭނާ ނޫން ކަމަށް ބުނެފައެވެ. ނަމަވެސް ހަވަރުއެއްވެ ހަމަނުޖެހުން ހިންގުމާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންގޮސް ބަންދު ކުރިއެވެ. ފަހުން އާއިލާއަށް […]
ޗައިނާގެ މުސްލިމުންނާމެދު އެގައުމުން ގެންގުޅޭ ސިޔާސަތު

ޗައިނާއިން މުސްލިމުންނާ މެދު ގެންގުޅޭ ސްޓްރެޓެޖީއަކީ ދެ ފުށް ދެގޮތް ސްޓްރެޓެޖީއެކެވެ. ޗައިނާގެ އެތެރޭގައި މުސްލިމުންނާ މެދު ހަރުކަށި އުސޫލުތަކެއް ގެންގުޅެއެވެ. ޝިންޖިއާންގައި މުސްލިމުން ކޮންޓްރޯލު ކުރެއެވެ. މުސްލިމުންގެ ސިކުނޑި ދޮވެލައި އެމީހުން ދީނާ ދުރަށް ގެންދިއުމަށް އިސްލާޙިއްޔާތައް ހިންގައެވެ. މިސްކިތްތަކުގެ ގުއްބުތަކާއި މުންނާރުތައް ތަޅާލަން ޖެހެނީ ޗައިނާ ވަންތަ ސިފައަކުން މިސްކިތުގެ ޢިމާރާތް ކުރުން ދެއްކުމަށްޓަކައެވެ. އެއާ ޚިލާފަށް ޗައިނާއިން ބޭރުގައި އިސްލާމީދީނީ ޖަމާޢަތްތަކަށް ހިތްވަރު ދިނުމުގައި ޗައިނާއިން ފަހެއް ނުޖެހެއެވެ. ތާލިބާނާއެކު ހަމަޖެހިލައިގެން ތިބެ […]
ބުޅާ ފެސިލިޓީއަށް އިކުއިޕްމެންޓު ހޯދަން ހަވާލުކޮށްފި

ހުޅުމާލެ ފަރުކޮޅުފުށީގައި އިމާރާތްކުރާ ބުޅާ ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމެންޓާއި މެޓީރިއަލް ހޯދަން ރެޕިޑް އިންޖިނިއަރިންގް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިދިޔަ މާޗް މަހު މާލޭ ސިޓީ ކައުންސިލާއި އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބިންގާ އެޅި އެ ފެސިލިޓީގައި މިހާރު ކުރަމުންދަނީ ފިނިޝިންގެ މަސައްކަތެވެ. ސިޓީ ކައުންސިލުން ބުނީ އެތަނަށް ބޭނުންވާ އިކުއިޕްމެންޓާއި މެޓީރިއަލްސް ހޯދަން ހަވާލުކުރީ 210,036.61 ރުފިޔާގެ އަގަކަށް ކަމަށެވެ. ބުޅާ ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކްތަކާއި މަގުމައްޗާއި އާންމުން އެހެން […]
ފެނަކައިން ފައިސާތަކެއް ގެއްލުނު މައްސަލައެއް ބަލަން ފަށައިފި

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސާތައް ގެއްލިފައިވަނީ އައްޑޫ ސިޓީގެ މަރަފޫފޭދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ބްރާންޗުންނެވެ. ފެނަކައިން ބުނެފައިވަނީ އެ މައްސަލަ ބަލަމުން އަންނަނީ ފެނަކައިގެ އެތެރޭގެ ތަހުގީގަކުން ކަމަށާއި މިހާތަނަށް އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައިގެ ވަރަށް ކުރީކޮޅުކަމުން ގެއްލިފައިވާ ކަމަށް ތުހުމަތު ވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން ބުނަން ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ. ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ގެއްލިފައިވަނީ 400،000 އަށްވުރެ ގިނަ ރުފިޔާއެވެ. އެ […]
