ދީނުގެ ނަމުގައި އަވަށްޓެރިން ހަތުރުންނަށް ވަމުން ދަނީ
ޕާކިސްތާނުން އަފްޣާން މުޖާހިދުންނާއި ތާލިބާނުންނަށް އެހީތެރިވަމުން ދިޔައީ ދީނުގެ ނަމުގައެވެ. މިއަދު ޕާކިސްތާނާއި އަފްޣާނިސްތާން ހަތުރުންނަށް ވަމުން ދަނީވެސް ދީނުގެ ނަމުގައެވެ. ދެ ޤައުމުގެ ދެމެދު އުފެދުނު އެންމެ ފަހުގެ މައްސަލައަކީ ޚައިބަރު ޕަޚުތޫން ޚުވާގެ ގަވަރުނަރު ބޭއްވި ޖަލްސާގައި އަފްޣާނިސްތާނުން ޕާކިސްތާނަށް އިޙުތިރާމް ނުކުރުމުގެ މައްސަލައެވެ. ގަވަރުނަރު ބޭއްވި ޖަލްސާއަކީ ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަ ކުރުމަށް ބޭއްވި ރަޙުމަތުއްލިލްޢާލަމީން ޖަލްސާއެވެ. އެޖަލްސާގައި އަފްޣާން ކޮންސުލް ޖެނެރަލް ހާފިޒު މުޙިއްބުﷲ […]
އަޤްޞާ ޠޫފާނަށް އަހަރު ފުރުން ފާހަގަ ކުރުމަށް ދަންނަބޭކަލުންގެ ބައްދަލުވުމެއް
އަޤްޞާ ޠޫފާނަށް އެހީތެރިވުމުގެ ގޮތުން ދަންނަބޭކަލުން އިސްނަގައިގެން ޙަރަކާތެއް ފަށައިފިއެވެ. މި އިސްނެގުމަކީ، އަޤްޞާ ޠޫފާނަށް ހިޖުރީ ގޮތުން އެއް އަހަރު ފުރުމުގެ މުނާސަބާގައި ދަންނަބޭކަލުން އެއްވެގެން އެމީހުންގެ އިސްނެގުމުގެ މަތިން ފެށި މަސައްކަތެކެވެ. ތުރުކީގެ އިސްތަންބޫލް ސިޓީގައި ބޭއްވި ބައްދަލުވުމެއްގައި، އިސްލާމީ ދުނިޔޭގެ އިލްމުވެރިން ތަޤްރީރުތައް ކުރެއްވިއެވެ. ބައެއް ބޭފުޅުން ވީޑިއޯ މެސެޖުތައްވެސް ފޮނުއްވިއެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅަކީ، އޮރިޓޭނިއާގެ ޢިލްމުވެރިޔާ ޑރ. އަޙުމަދު ޙަސަން އައްދަދޫއެވެ. މި ޙަރަކާތުގެ ބައިވެރިން ވަނީ ދެ […]
ޝީގެ އިގްތިސާދީ ސިޔާސަތަށް ފާޑު ކިޔުމުން ނިޒާމުން ގެއްލިއްޖެ
ޗައިނާ ސަރުކާރުން އިޤްތިޞާދު މެނޭޖުކުރާ ގޮތާމެދު ފާޑު ކިޔައި ވާހަކަ ދެއްކި އިކޮނޮމިސްޓަކު ނިޒާމުން ގެއްލިއްޖެއެވެ. ޒޫ ހެންގްޕެންގް މިހާރު ހުރި ތަނާއި މެދު ސުވާލު އުފެދިފައި ވަނީ އޭނާގެ ވާނުވާ ނޭގި ގިނަ ދުވަސްތަކެއް ވުމުންނެވެ. ޒޫއަކީ ޗައިނާގެ މަޝްހޫރު ތިންކް ޓެންކެއްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ހުރި މީހެކެވެ. ޒޫ ވަނީ، ވީޗެޓްގައި އަމިއްލަ ގްރޫޕެއް ހަދައިގެން ޗެޓެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެންގުޅުއްވާ އިޤްތިޞާދީ ސިޔާސަތަށް ފާޑު ކިޔާފައެވެ. ވޯލް ސްޓްރީޓް […]
އިނގިރޭސި ރޭލު ވައިފައިގައި އިސްލާމޯފޯބިއާގެ މެސެޖެއް
އިނިގިރޭސިވިލާތުގެ ރޭލްތަކުގައި ވައިފައިގެ ޚިދުމަތް ދޭ ކުންފުނީގެ ޚިދުމަތުގައި އިސްލާމްދީނާ ޚިލާފު މެސެޖުތަކެއް އާންމުންނަށް ދައްކާލުމާ ގުޅިގެން އެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ. އިނގިރޭސި ރޭލުތަކުގައި ވައިފައި ޚިދުމަތް ދެނީ ޓެލެންޓުންނެވެ. ޓެލެންޓުގެ ކަސްޓަމަރުން ވައިފައި ބޭނުންވެގެން ޚިދުމަތް ނަގާއިރު އިސްލާމޯފޯބިއާގެ މެސެޖެއް އަރަމުން ދިއުމާ ގުޅިގެން މީހުން ވަނީ ޝަކުވާ ކޮށްފައެވެ. ޓެލެންޓުން ބުނެފައި ވަނީ އެކަން ހިނގާފައިވާ ގޮތް ބަލަމުންދާ ކަމަށެވެ.
ކަޝްމީރު މުސްލިމުން މަތިން އެރުދުޣާން ހަނދާން ނައްތާލައިފި
ކޮންމެ އަހަރަކުވެސް އދ. ގައި ތަޤްރީރު ކުރައްވާއިރު ތުރުކީގެ ރައީސް ރަޖަބު ޠައްޔިބް އެރުދުޣާންގެ ތަޤްރީރުގައި ކަޝްމީރުގެ ވާހަކަ ފާހަގަ ކުރައްވައެވެ. ނަމަވެސް މިއަހަރު އެރުދުޣާން ވަނީ ކަޝްމީރު މަތިން ހަނދާން ނައްތަވާލައްވާފައެވެ. މިއަހަރަކީ، އދ. ގައި ތަގްރީރު ކުރައްވަމުން ކަޝްމީރުގެ ނަންން ވިދާޅުނުވެ އެރުދުޣާން ދޫކޮށްލި ފުރަތަމަ ފަހަރެވެ. އެރުދުޣާން ޤަވާއިދުން ކޮންމެވެސް ގޮތަކުން ކަޝްމީރުގެ ނަން އަބަދުވެސް ތަގްރީރުގައި ގެންނަވައެވެ. އެކަން ބޮޑަށް ފާހަގަ ވެގެން ދިޔައީ، 2019 ވަނަ އަހަރުން ފެށިގެން އިންޑިއާއިން […]
ޖިހާދުގެ މައްސަލަ ހުށަހެޅުމާމެދު ވަކިގޮތެއް ނުނިންމަން: ޕީޖީ އޮފީސް
މި ސަރުކާރުގައި އުފެއްދެވި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ ބޯޑުގެ ޗެއަރޕާސަން އަދި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާ، ހައިކޯޓަށް ހުށަހެޅުމާމެދު އަދި ވަކިގޮތެއް ނުނިންމާކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ. ޖިހާދު އުޅުއްވާ އެޑްރެހެއް ސާފުކުރުމަށްފަހު އަލުން އެ މައްސަލަ ހުށަހެޅުމަށް ވިދާޅުވެ ހައިކޯޓުން ވަނީ ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) އަށް އެ މައްސަލަ ފޮނުވާފައެވެ. އެމައްސަލަ ފޮނުވީ މިމަހުގެ 19 ވަނަދުވަހުއެވެ. އެއީ މިމަހު 19 […]
ﷲ އަށް ޒިކުރުކުރުމުގެ ގޮތުން ކިޔާ ތަސްބީޙައިން ދޭހަވާ ހަގީގީ މާނަ
ތަސްބީޙް މިބަހުގެ އަސްލަކީ ސީނު ބާ ޙާ ނުވަތަ ސަބަޙަ އެވެ. ގަދީމީ ޒަމާނުގައި ތުއްތު ކުދިން ލައްވާ ފޭރާމަށް އަރަބީން ކިޔަނީ ސިބާޙްއެވެ. ޖަނަވާރުގެ ހަމުން ހަދާފައި ހުންނަ މިފޭރާމަކީ ފަހާފައި ނުވަތަ ރޮދިޖަހާފައި ހުންނަ އެއްޗެއްނޫނެވެ. މިފޭރާން ލެއްވިއަސް ހަށިގަނޑުގައި އެ ތަތްނުވެ އޭގެ ގޮތުގައި އޮވެއެވެ. ސަބަޙައިގެ އެއް މާނަޔަކީ ފެން މަތީގައި އޮތުން ނުވަތަ ފެތުމެވެ. އަޑިއަށް ނުގޮސް މަތީގައި އޮތުމެވެ. ދޫނިސޫފާސޫފި ޖައްވުގައި ތިބެ އުދުހޭ އުދުހުންވެސް ސަބަޙައިގެ ބާވަތަކަށްވެއެވެ. […]