ޑިސެމްބަރ 23, 2024 13:19

ފްރާންސްގެ ރާފާއެލް އިންޑިއާގައި އުފައްދަނީ

އިންޑިއާގައި ފްރާންސްގެ ރާފާއެލް މަތިންދާބޯޓު އުފެއްދުމަށް ޕެރިހުން އިންޑިއާއިން ހުށަހަޅައިފިއެވެ. ފްރާންސުން ބޭނުން ވަނީ އިންޑިއާއިން އެޤައުމުގެ ރާފައެލް މަތިންދާބޯޓު ގަންނާށެވެ. މިހާރުވެސް އިންޑިއާއިން 36 ރާފައެލް އަސްކަރީ މަތިންދާބޯޓު ބޭނުން ކުރެއެވެ. އަދި އިތުރު 26 ބޯޓު ގަންނާނެ ކަމަށް ބެލެވެއެވެ. އިންޑިއާއިން މިހާރު ގަންނަން ބޭނުންވާ މަތިންދާބޯޓުތައް ފްރާންސުން ގަނެފިނަމަ އިންޑިއާ ވެގެން ދާނީ 2040 އާ ހަމައަށް ދުނިޔޭގައި އެންމެ ގިނައިން ރާފާއެލް މަތިންދާބޯޓު ގެންގުޅޭ ޤައުމަށެވެ. އިންޑިއާއިން ވަނީ 114 އަސްކަރީ […]

ބޭނުންވަނީ ކޮންމެ ކުއްޖަކަށް ތައުލީމު ފޯރުކޮށްދޭން: މެޑަމް ސާޖީ

ކުދިންގެ ހަސަބާއި ނަސަބަށް ބެލުމެއްނެތި، ހުރިހާކުދިން ޝާމިލުވާގޮތަށް ކޮންމެ ކުއްޖަކާ ހިސާބަށް ތައުލީމުގެ ފުރުސަތު ވާސިލުވާން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މިއަދު ހެނދުނު ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައި ބޭއްވި 7 ވަނަ ”އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ މުހިންމު މި ފުރުސަތު ފަހިކޮށްދީ، ކޮންމެ ކުއްޖަކުމެ ތައުލީމުގައި ޝާމިލުވާކަން ޔަގީންކުރުމަކީ ދިވެހިރާއްޖޭގެ ތައުލީމު ކުރިއެރުވުމުގައި އަބަދުވެސް އިސްކަންދެމުންއައި ގޮތް […]

އިޒްރޭލަށް ޙަމަލަ ދިނުމުގައި އީރާން ކާމިޔާބު ވެއްޖެ

އިޒްރޭލުގެ އެތައް މިލިއަން މީހުން ބިންގަރާހަށް ވެއްދި ފުރަތަމަ އިސްލާމީ ޤައުމަކީ އީރާން ކަމުގައި ވެއްޖެއެވެ. އިޒްރޭލަށް ހަމަލާދޭނޭކަން އީރާނުން އިއުލާން ކުރުމާއެކު ޔަހޫދިންތައް ވަނީ ބިރުން ބިންގަރާސްތަކަށް ވަދެ ފިލައިފައެވެ. އިންޒާރަށްފަހު އީރާނުން ވަނީ އިޒްރޭލަށް ބެލެސްޓިކް މިސައިލް ހަމަލަތަކެއް ދީފިއެވެ. އިޒްރޭލު މީޑިއާއިން ބުނަނީ 500 މިސައިލުން އީރާނުން ޙަމަލާ ދިން ކަމަށެވެ. އީރާނު ޓީވީ ބުނަނީ 250 މިސައިލް އިޒްރޭލަށް ފޮނުވާފައި ވާނޭ ކަމަށެވެ. ހަމަލާ ދިނުމަށްފަހު އީރާނުން ބުނެފައިވަނީ ފޮނުވި ހަމަލާގެ […]

ރައީސް ޑރ. މުއިއްޒު ޗައިނާއަށް ޔަގީންކަން ދެއްވައިފި

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވަމުން ދާނެ ކަމުގެ ޔަގީންކަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ދެއްވައިފިއެވެ. ޗައިނާގެ ޗައިނާގެ ހަތްދިހަ ފަސްވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެގައުމުގެ ރައީސް ޝީ ޖިންޕިންގްއަށް ފޮނުވި ސިޓީގައި ރައީސް ވިދާޅުވެފައިވަނީ މިފަދަ ކުރިއެރުންތަކުގެ ސަބަބުން ދެ ގައުމަށްވެސް ފައިދާކުރަނިވި ހެޔޮ ބަދަލުތަކެއް ލިބެމުން ދާނޭ ކަމަށެވެ. އެސީޓިގައި ރައީސް ވަނީ ”ވަން-ޗައިނާ ޕޮލިސީ“ އަދި، ދެ ގައުމު ހިއްސާކުރާ ދޭދޭ މަސްލަޙަތު […]

ރައީސް ޔާމީންގެ މައްސަލަ ރިވިއު ކުރުމުގެ ވިސްނުމެއްނެތް: ޕީޖީ

ރައީސް ޔާމީން

ޕީޖީ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި އައްބާސް މިއަދު ވިދާޅުވީ، އަމިއްލައަށް އިސް ނަންގަވައިގެން ކުރީގެ ޕީޖީ ނިންމަވާފައި ހުރި ނިންމެވުމެއް ރިވިއުކުރަން މިވަގުތު ގަސްތު ނުކުރައްވާ ކަމަށެވެ. ”އަޅުގަނޑަށް އެނގޭ މިހެން ދަންނަވާއިރުވެސް މަޖިލީހުގައި މީގެ ބައެއް މައްސަލަތަކާބެހޭގޮތުން ވާހަކަ ދެއްކެވި އެއީ ކުރީގެ ޕީޖީ މަގާމުން ވަކިކުރަން އެބޭފުޅުން ނިންމެވި ރީޒަންކަންވެސް އެކަމަކު އަޅުގަނޑުގެ ވިސްނުމެއްނެތް އަޅުގނޑު އަމިއްލައަށް ވަކި މައްސަލަތަކެއް ނަގައިގެން ރިވިއުކުރާކަށް އޭގެ ބަދަލުގައި އަޅުގަނޑު މިހާރު […]

ޕީޖީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު

ޕީޖީ އޮފީހުގައި ހުރި އެކިއެކި މައްސަލަތަކާބެހޭގޮތުން ޕްރޮސިކިއުޓަރޖެނެރަލް އައްބާސް ޝަރީފަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ޕްރޮސިކިއުޓަރޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވި ފަހުން ބޭއްވި ފުތަރަތަމަ ނިއުސް ކޮންފަރެންސްގައި، އައްބާސް ޝަރީފް މިއަދު ވިދާޅުވީ، އެ މަގާމާ ހަވާލުވެ ވަޑައިގަތުމުން، އެކި ގޮތްގޮތަށް ވަރަށް ގިނަ ފަރާތްތަކުން ޝަކުވާތައް ހުށަހަޅަމުން ގެންދާ ކަމަށެވެ. އެގޮތުން ސިޓީންނާއި އީމެއިލާއި، އެސްއެމްއެސްގެ އިތުރުން ފޯނުކޮށްގެން ވެސް މައްސަލަތަކާބެހޭ ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށް އައްބާސް ވިދާޅުވިއެވެ. އެހެންކަމުން […]

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް ސައުވީސް ގަޑިއިރަށް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ: ކުންފުނި ހަރުދަނާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަގުނަ މަސައްކަތް ކުރައްވާ.

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ. މި ބަދަލު ގެނެސްފައިވަނީ ރޭ ބާރައިން ފެށިގެންނެވެ. މިއީ ސްޓެލްކޯ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއް ކަމެކެވެ. މި އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެކުންފުނީން ވަނީ ހޮޓްލައިން، 1545 ވެސް ތަޢާރަފުކޮށްފައެވެ. ކުންފުނީގެ ހޮޓްލައިން މެދުވެރިކޮށް ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުންހުރި މަޢުލޫމާތު ލިބިގަނެ، ކަރަންޓު […]

އަންހެނުންގެ ”ވީރު“ ހުޅުމާލެއަށް!

ފޮޓޯތައް ވީރު

ހުޅުމާލޭގައި ދިރިއުޅޭ އަންހެނުންނަށް އުފާވެރި ޚަބަރެކެވެ. މަޝްހޫރު ޖިމް ”ވީރު“ ގެ ގޮތްޕެއް ހުޅުމާލޭގައި ހުޅުވައިފިއެވެ. ކަސްރަތު ކުރަން މާލެއަށް ތިޔަކުރާ ދިގު ދަތުރު ނިމުމަކަށް ގެންނަންޖެހޭ ވަގުތު އައީއެވެ. މިއީ އެކި އުމުރުގެ އަންހެނުންނަށް ހާއްސަކޮށްގެން ހުޅުވާފައިވާ ޖިމެކެވެ. މި ޖިމް ހުންނަނީ ހުޅުމާލޭ ފޭސް އެކެއްގައެވެ. ހަލަވެލި މަގުގައެވެ. ޖިމަށް ދާންވީ ކީއްވެ؟ އެއީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށެވެ. ކަސްރަތީ ރީތި ހަށިގަނޑެއްގެ ވެރިއަކަށްވުމަށެވެ. ގައިގައި ހުންނަ ތަދުތައް ފިލުވައިލުމަށެވެ. މިހުރިހާކަމެއް ”ވީރު“ އިންވާނެއެވެ. […]

އަމިއްލަ ފިސްތޯލައިން ގޯވިންދާ ޒަހަމްވެއްޖެ

ގޯވިންދާ

ބޮލީވޫޑޫގެ މަޝްހޫރު ސުޕަރސްޓަރ ގޯވިންދާ އޭނާގެ އަމިއްލަ ފިސްތޯލައިން ޒަހަމްވެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. މިހާދިސާ ހިނގާފައިވަނީ، މިއަދު ހެނދުނު ކަލްކަތާގައި އޮތް އިވެންޓަކަށް ދާން ތައްޔާރުވުމަށްޓަކައި، ގޯވިންދާ އޭނާގެ އަލަމާރީން އަންނައުނު ނަގަމުން ދަނިކޮށް އޭގެ ތެރޭގައި ލޯޑްކޮށްފައި އޮތް އޭނާގެ ފިސްތޯލަ ބިންމައްޗަށް ވެއްޓި ޖެހުނު ގޮތަކުންނެވެ. ލޯޑް ކޮށްފައި އޮތުމުން އެ ވެއްޓިގެން ޖެހުނު ގޮތަކުން އެއިން ވަޒަން ނުކުމެ އެރީ އޭނާގެ ފަޔަށެވެ. އެކަމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ގޯވިންދާއަށް […]

ޗައިނާއިން މިސައިލް ފޮނުވާލުމުން ޓައިވާން ތައްޔާރީ ހާލަތަށް

ޗައިނާގެ އެތައް ޕްރޮވިންސަކުން އެއްފަހަރާ އެތައް މިސައިލެއް ފޮނުވާލުމާ ގުޅިގެން ޓައިވާން ސިފައިން ތައްޔާރީ ޙާލަތަށް ގެނެސްފިއެވެ. ޓައިވާނުން ބުނެފައި ވަނީ، އިނާ މޮންގޯލިއާއާއި ގާންސޫއާއި ޝެންހާއީ އަދި ޝިންޖިއާން އިން އެއްފަހަރާ މިސައިލްތަކެއް ލޯންޗު ކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބާގައި ރައީސް ޝީ ވަނީ ޓައިވާންގެ ބާޣީންނަށް އިންޒާރު ދެއްވާފައެވެ. ޗައިނާއިން ދެކެނީ ޓައިވާނަކީ ބާޣީ ސަރަހައްދެއް ކަމަށެވެ. އަދި ގަދަ ބާރުން ބޭނުންޖެހިއްޖެ ހިނދެއްގައި ޗައިނާއާ އިއްތިޙާދު ކޮށްލުމަކީ […]