އެމެރިކާއިން ޔޫގެންޑާ ރައީސަށް ޖެއްސުން ކުރަނީ ކީއްވެ؟
އެއްޖިންސުން ގުޅުން ހިންގަން ހުއްދަ ނުދޭނެ ކަމަށް ބުނެ އެމެރިކާއަށް އިންޒާރު ކުރެއްވި އިރުމަތީ އެފްރިކާގެ ލީޑަރަކީ ޔޫރީ މޮސަވީނީއެވެ. އެއަށްފަހު އެމެރިކާއިން ދަނީ ނުސީދާ ގޮތުން މޮސަވީނީގެ ސަރުކަރާ ދިމާ ކުރަމުންނެވެ. އިންސާނީ ހައްޤަށް ޙުރުމަތްތެރިކޮށް ނުހިތާކަމަށް ބުނެ މިހަފްތާގައި އެމެރިކާއިން ވަނީ ޔޫގެންޑާގެ ފުލުހުންގެ އެންމެ އިސް 5 އޮފިސަރުންގެ ތެރޭން 4 އޮފިސަރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މި މައްސަލައާ ގުޅިގެން ޔުގެންޑާގެ ސިފައިންގެ އިސް ޖެނެރަލް ވަނީ އެމެރިކާ އެމްބެސެޑަރު […]
ޖަލު މީހުންނަށް ބާސްމަތީ ހަނޑުލުގެ ބިރިޔާނީ ކާން ދެނީ
އިންޑިއާގެ ވެސްޓް ބެންގޯލްގައި ފާހަގަކުރާ ދުރުގާ ޕޫޖާގެ މުހިންމު ފެސްޓިވަލްގައި ޖަލު ބަންދުގައި ތިބި ގައިދީންނަށް ބާސްމަތީ ހަނޑުލުން ކައްކާފައިވާ މަޓަން ބިރިޔާނީ ދިނުމަށް ޖަލުތަކާ ބެހޭ އިދާރާއިން ނިންމައިފިއެވެ. ވެސްޓް ބެންގޯލްގެ ޖަލުތަކާ ބެހޭ އިދާރާއިން ބުނެފައި ވަނީ އޮކްޓޫބަރު 9 ން 12އަށް ފާހަގަ ކުރާ ފެސްޓިވަލާ ދިމާކޮށް ގައިދީންނަށް މީރުކޮށް ކައްކާނީ އެކަމަށް ތަމްރީނުކޮށްފައިވާ ގައިދީން ކަމަށެވެ. ވެސްޓް ބެންގޯލްގައި ދުރުގާ ޕޫޖާ ފާހަގަ ކުރާއިރު އެއްގަމު މަސް ހިމެނޭ ކާނާ ހުރުމަކީ […]
ޓެރަރިސްޓުންގެ ލިސްޓުން ތާލިބާން އުނިކުރާނަން: ރަޝިޔާ
ތާލިބާން ޖަމާޢަތަކީ ޓެރަރިސްޓް ޖަމާޢަތެއް ނޫން ކަމަށް ރަޝިޔާއިން ޤަބޫލު ކޮށްފިއެވެ. ރަޝިޔާގެ ރައީސްގެ މަންދޫބު ޒަމީރު ކާބުލޯވް ވަނީ ކާބުލްއަށް ވަޑައިގެން ތާލިބާންގެ ލީޑަރުންނާއެކު މަޝްވަރާތައް ބާއްވަވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ ރަޝިޔާއިން ޓެރަރިސްޓުންގެ ލިސްޓުން ތާލިބާން އުނިކުރާނެ ކަމަށެވެ. އަދި މޮސްކޯއިން ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމުގައި ބަލައި ނުގަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެމެރިކާ ގިއްގަޅުވާލުމަށްފަހު ކާބުލް ހިފައިގެން އިސްލާމީ ޖުމްހޫރިއްޔާ ޤާއިމް ކުރި ތާލިބާނާ ގުޅުން އުފެއްދި އެންމެ ފުރަތަމަ ޤައުމަކީ […]
މުދައްރިސުންގެ ދުވަސް: ކިޔަވައިދިނުން، އުނގަންނައިދިނުން، ތަރުބިއްޔަތުކުރުން
މުދައްރިސުންގެ ދުވަހަކީ ތާރީޚުގައި ކުލަގަދަވާންޖެހޭ އުފާވެރިވާންޖެހޭ ދުވަހެކެވެ. ސަބަބުތައް ވަރަށް ގިނައެވެ. އެއް ސަބަބަކީ ގައުމުގެ ފަރުދުން ވަކިގޮތަކަށް ބައްޓަންކުރުމުގައި އޮންނަ މުދައްރިސުންގެ ދައުރެވެ. ތައުލީމީ މަންހަޖެއްގައި ހިމެނޭ މައުލޫމާތާއި ހުނަރާއި ސުލޫކާއި މިބާވަތުގެ ކަންކަން ކަނޑައަޅަނީ އެކަންކަން ހާސިލްވެގެން ބޮޑުވާ ކުއްޖާގެ ކިބައިގައި ހުންނަން އެ މުޖުތަމައަކުން ނުވަތަ އެ ގައުމަކުން އެދޭ ކަންކަމަށް ބަލައިގެންނެވެ. މީގެ ތެރޭގައި ހިމަނަނީ އެ ކުއްޖަކު ދަންނަ އެއްޗެއްސެވެ. ވިސްނާ ވިސްނުންތަކެވެ. ކަންކަން ދެކޭގޮތެވެ. ދިރިއުޅުމުގެ ސުލޫކެވެ. އަޚުލާގީ […]
ބަނގުރަލުގެ ވިޔަފާރިކުރި ދެމީހުން ހައްޔަރުކޮށްފި
ބަނގުރާގެ ވިޔަފާރިކުރަމުންދިޔަ ދެމީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ ދެމީހުން ހައްޔަރު ކޮށްފައިވަނީ ހުޅުމާލެ ފޭސް 3 އިން ކަމަށެވެ. ފުލުހުން ވިދާޅުވީ އެމީހުން އަތުލައި ގަތީ، ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް 3 ގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެއީ ބަނގުލަދޭޝް ދެ ފިރިހެނެކެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕަރަން ދާސް (49އ) އަދި އަލް އަމީން (30އ) […]
މުދައްރިސުންނަކީ އުއްބައްތިތަކެއް ފަދަ ބައެއް: ރައީސް
މުދައްރިސުންނަކީ އުށްބައްތިތަކެއް ފަދަ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފިއެވެ. މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ އުށްބައްތީގެ ހުޅުކޮޅުން އެތައްހާސް ބައްތިއެއް ދިއްލާލެވޭ ކަމަށެވެ. މުދައްރިސުންނަކީ އެފަދައިން އިލްމުފެތުރުމުގެ މަސައްކަތް ކުރައްވާ ބައެކެވެ. ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވެސް އެމަނިކުފާނުވަނީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މުދައްރިސުންނަށް ވިދާޅުވެފައެވެ.
އުއިގޫރު މުސްލިމުން ހަނާވާތީ ނުތަނަވަސްކަން އުފެދޭ
ޗައިނާގެ އިރުމަތީ ތުރުކިސްތާނުގެ އުއިގޫރު ޖަމާއަތަށް ޗައިނާއިން ކުރަމުންދާ އަނިޔާ އިތުރުވަމުންދާކަމަށް ބުނެ އުއިގޫރު ހައްގުތަކާ ބެހޭ ޖަމިއްޔާތަކުގެ މެދުގައި ވަނީ ކަންބޮޑުވުންތަކެއް އުފެދިފަ އެވެ. ސެންޓަރ ފޯ އުއިގޫރު ސްޓަޑީޒް (ސީޔޫއެސް) އިން ވަނީ އުއިގޫރު މީހުންގެ ޙައްޤުގައި ދެކުނު ކޮރެއާއާއި ޖަޕާނުން އަޅާފައިވާ ފިޔަވަޅުތަކަށް ތަޢުރީފް ކޮށްފައެވެ. ސެންޓަރ ފޯ އުއިގޫރު ސްޓަޑީޒް އިން އިތުރަށް ބުނީ އިރުމަތީ ތުރުކިސްތާން ސަރަހައްދުގައި އުއިގޫރު ނަސްލީ މައިނޯރިޓީއާ ދެކޮޅަށް ޗައިނާ ސަރުކާރުން 2017 ވަނަ އަހަރުން […]
ސިކުންނަށް އެމެރިކާއިން ހިތްވަރު ދެނީބާ؟
އިންޑިއާގެ ޕާންޖާބުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ސިކު ދަރިކޮޅުގެ މީހުންވަނީ މަހާތުމާގާނދީގެ އުފަންދުވަހު ވޮޝިންޓަނުގައި ބޭއްވި އެއްވުމުގައި މަހާތުމާ ގާނދީގެ ހަނދާނީ ބުދަށް އިހާނެތިކޮށް ހިތާފައެވެ. އިންޑިއާއިން ވަނީ ޚާލިސްތާނަށް ސަޕޯޓު ކުރާ ސިކުންގެ މި ޢަމަލު ކޮށްވެރިކޮށްފައެވެ. އިންޑިއާއިން ވަނީ އެމެރިކާ ސަރުކާރުން މިމައްސަލަ ވަޅޯގޮތަކަށް ގެންދިއުމުން އެކަމަށް ފާޑުކިޔާފައެވެ. މި މީހުން ވަނީ މަހާތުމާ ގާނދީގެ ބުދުގައި ޚާލީސްތާނު ދިދަ އިންދާފައެވެ.
ނޭޕާލުގެ ކަރަންޓު ބަނގްލަދޭޝަށް އެކްސްޕޯޓު ކުރަނީ
ނޭޕާލުގައި އުފައްދާ ކަރަންޓު އިންޑިއާގެ ކަރަންޓު ލައިން މެދުވެރިކޮށް ނޭޕާލަށް އެކްސްޕޯޓު ކުރުމަށް އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އިން ބުރާސްފަތި ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިންޑިއާގެ ކަރަންޓު ލައިންތައް މެދުވެރިކޮށް ނޭޕާލުން ބަންގްލަދޭޝްއަށް 40 މެގަވޮޓްގެ ކަރަންޓް އެކްސްޕޯޓް ކުރާނެއެވެ. ނޭޕާލުން ބަނގްލަދޭޝަށް ޔުނިޓެއް ވިއްކާނީ އެމެރިކާ 6 ސެންޓަށެވެ. ނޭޕާލު ކަރަންޓު ބަނގްލަދޭޝަށް ވިއްކުމުގެ މަޝްވަރާތައް ފަށާފައި ވަނީ 2018ގައެވެ. ތިން ޤައުމުން ވަނީ މި ކަމާ ގުޅޭ ހަ ބައްދަލުވުމެއް ބާއްވާފައެވެ. ނޭޕާލުގެ […]
ސިންގަޕޫރުގެ ވަޒީރަކަށް ބާރަމަހުގެ ހުކުމެއް
ކަރަޕްޝަނުން ސާފު ވެފައިވާ ސަރުކާރެއް ހިންގުމަށް މަޝްހޫރު ސިންގަޕޫރުގައި ފުރަތަމަ ފަހަރަށް ވަޒީރަކު ޖަލަށް ލާން ޙުކުމް ކޮށްފިއެވެ. ކުރީގެ ކެބިނެޓް މިނިސްޓަރު އެސް. އިޝްވަރަން ޖަލަށް ލާން ޙުކުމް ކޮށްފައި ވަނީ ޢަދުލު އިންޞާފަށް ހުރަސް އެޅުމާއި 300،000 ޑޮލަރަށް ވުރެގިނަ ފައިސާ ހަދިޔާގެ ގޮތުގައި ރިޝްވަތު ހޯއްދެވުމުގެ ކުށުގައެވެ. އިޝްވަރަން 12 މަސް ދުވަސް ޖަލުގައި އިންނަވާނެއެވެ. އޭނާ ވަނީ، 13 އަހަރު ވަންދެން ކެބިނެޓް މެމްބަރެއްގެ ގޮތުގައި ވިޔަފާރިއާއި މުވާސަލާތާއި ދަތުރުފަތުރާ ބެހޭ […]