”މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ“ ގައި ރައީސް ބައިވެރިވެވަޑައިގެންފި
އިންޑިއާގެ މުމްބާއީގައި މިއަދު ބޭއްވި ”މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ“ ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ. މި ހަރަކާތްކުރިޔަށް ގެންގޮސްފައި ވަނީ ދެފަރާތައްވެސް މަންފާކުރާގޮތަށް ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް އަންގައިދިނުމުގެ ގޮތުންނެވެ. މިހަރަކާތުގައި ގިނަ ޢަދަދެއްގެ ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކުން ވެސް ބައިވެރިވިއެވެ. މިހަރަކާތުގެ ކުރިން ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ބައިވެރިވެވަޑައިގެންނެވި އިންޑިއާގެ ބައެއް ވިޔަފާރިވެރިންނާ މުޚާއްތުބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވިއެވެ. ރައީސޫލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ […]
ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ހުރި ބައެއް ފުރުޞަތުތައް ރައީސް ވިދާޅުވެ ދެއްވައިިފި
ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ރާއްޖޭގައި ފަހި ފުރުޞަތުތަކެއް އެބަހުރިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މުމްބާއީގައި ބޭއްވި ”އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް“ ގައި ވާހަކަފުޅުދައްކަވަމުންނެވެ. މިފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު ފަހިވެފައިވާ އިންވެސްޓްމަންޓް ފުރުޞަތުތަކަކީ، އިޤްތިޞާދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ކުރިއެރުން ގެނައުމަށް ދިވެހިރާއްޖެ ދެކޭ ތަޞައްވުރަށް ބާރުދޭ ފަދަ ފުރުޞަތުތަކެއް ކަމުގައެވެ. މީގެ ތެރެއިން، ޚާއްޞަ […]
ރައީސްގެ ދެކަނބަލުން ތާޖުމަހަލްއަށް ޒިޔާރަތް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އިންޑިއާގެ ތާރީޚީ މުހިންމު ބިނާއެއް ކަމުގައިވާ ތާޖް މަހަލަށް ޒިޔާރަތް ކުރައްވައިފިއެވެ. މި ޒިޔާރަތްކުރައްވާފައިވަނީ، އިންޑިއާގެ ވިޔަފާރި މަރުކަޒު މުމްބާއީއަށް ވަޑައިގަތުމުގެ މަގުމަތީގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. ތާޖުމަހަލް އަކީ އިންޑިއާގެ ރަސްކަލެއް ކަމަށްވާ ޝާހު ޖަހާން އޭނާ އެންމެ ލޯބިވާއަނބިކަނބަލުންގެ ހަނދާނުގައި 1631 ވަނަ އަހަރު ބިނާކުރެއްވި ގަނޑުވަރެކެވެ. މިތަން ދުނިޔެއަށް މަޝްހޫރުވެފައިވަނީ ލޯބީގެ ރަމްޒެއްގެ ގޮތުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އެގައުމުގެ […]
ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައިކޯޓު
ރާއްޖޭގައިހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ހައްޔަރުކުރި އައިޝަތު ޝާދިޔާ ތިން ދުވަހަށް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި ވަކި ސަފީރަކަށް އުދަނގޫކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ ބަންދުކުރީ މ. ބަޑިކުޅިމާގެ/ އާއިޝަތު ޝާދިޔާ (47އ) އާއި ގދ. ރަތަފަންދޫ/ ލިލީގެ، ޑރ. ޝަދުރާ އިބްރާހިމް (36) އެވެ. އެ ދެ މީހުން ހައްޔަރުކޮށް […]
އުދުހެނިކޮށް ފިރިމީހާ ހިތް ހުއްޓުމުން އަންހެން މީހާ ދަތުރު ނިންމައިދީފި
ދެމަފިރިން އެކަނި އުދެހެމުން ދަނިކޮށް، ފިރިމީހާގެ ހިތް ހުއްޓުމުން އަންހެންމީހާ ސަލާމަތުން ބޯޓު ދުއްވައިފިއެވެ. ނެވާޑާގެ ހެންޑާސަން އެގްޒެކެޓިވް އެއާޕޯޓުން ކެލިފޯނިއާގެ މޮންޓެރީއަށް ދަތުރުކުރަމުން ދަނިކޮށް ބޯޓުގެ ޕައިލެޓް އެލިއަޓް އަލްޕާއަށް މެޑިކަލް އެމަޖެންސީއެއް ކުރިމަތިވި އެވެ. އެއަށްފަހު ބޯޓު ދުއްވީ ކުރިން ބޯޓެއް ދުއްވުމުގެ ތަމްރީނެއް ލިބިފައި ނުވާ އޭނާގެ އަންހެނުން ޔުވޮން ކިނާނޭ-ވެލްސް އެވެ. ބޯޓު އުދުއްސައި، އެންމެ ކައިރި އެއާޕޯޓަށް ބޯޓު ތިރިކުރުމަށް ކުރަންޖެހޭ ހުރިހައި މަސައްކަތެއްގެ އިރުޝާދު ދީފައި ވަނީ، އެއާ […]
ބައްސާމުގެ އެޕާޓުމެންޓު ހިފަހައްޓަން ހުކުމެއް އޮންނާކަށް ނުޖެހޭ: ފުލުހުން
އެފްއޭއެމްގެ ފައީސާއަށް ޚިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތު ކުރެވިފައިވާ ބައްސާމު އަދީލް ޖަލީލްގެ އެޕާޓްމަންޓް ހިފެހެއްޓުމަށްޓަކައި ޝަރީއަތުން ހުކުމެއް އައިސްފައި އޮތުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިކަން މިގޮތަށްކުރަނީ ”ގާނޫނު ނަންބަރު 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 51 ވަނަ މާއްދާގެ ދަށުން،“ ކަމަށެވެ. ބައްސާމު އަދީލް ޖަލީލްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ އެފް.އޭ.އެމްގެ ފައިސާއަށް ހިޔާނާތްތެރިވުމާއި އެފް.އޭ.އެމްގެ ފައިސާ ލޯންޑަރ ކުރުމެވެ. މަނީ ލޯންޑްރިންގެ […]
އެމެރިކާއިން ޔޫނުސް ކިހިލި ޖެއްސަސް އަދި ނުފުދޭ
އެމެރިކާ ދަތުރުގައި ޑރ. މުހައްމަދު ޔޫނުސް (84އ) އަށް އެމެރިކާގެ ރައީސް ދޮން ދީ ހެދިކަމުގައި ވިއަސް، ބަނގްލަދޭޝްގެ މީހުން ތިބީ އަވަސް ނަތީޖާއެއްގެ އިންތިޒާރުގައި ކެތް މަދުވެފައެވެ. އޭނާގެ ވަގުތީ ސަރުކާރަކީ ހަލަބޮލި ކަމެއްގެ ތެރޭން އުފެދުނު ޣެއިރު ޝަރުއީ ސަރުކާރެކެވެ. ވެރިކަން ކުރަން ފަސޭހަ ނޫން ޤައުމެއް ކަމަށްވާ ބަނގްލަދޭޝް މިސްރާބު ޖަހާފައިވަނީ ކޮން ދިމާލަކަށް ކަމެއް އަދި ލަފައެއް ނުކުރެވެއެވެ. އޭނާގެ ސަރުކާރަށް ޝަރުޢިއްޔަތު ދީފައި ވަނީ ކުރިން ހަމަނުޖެހުން އުފެއްދުމުގައި އުޅުނު […]
ޑޮކްޓަރު ރޭޕްކުރި ހޮސްޕިޓަލު ޑޮކްޓަރުން އިސްތިއުފާ ދީފި
ކޯލްކަތާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި ހަސްފަތާލުގެ 50 ޑޮކްޓަރުން މިއަދު ގަނޑުކޮށް އިސްތިޢުފާ ދީފިއެވެ. ކޭޖީ ކާރް މެޑިކަލް ކޮލެޖު ހޮސްޕިޓަލްގައި ހަޅުތާލު ކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. މި ހަސްފަތާލު ޚަބަރުތަކުގައި މި ދުވަސްވަރު އުޅެނީ ހަސްފަތާލުގެ އުމުރުން 31 އަހަރުގެ ޑޮކްޓަރަކު ރޭޕްކޮށް މަރާލުމާ ގުޅިގެންނެވެ. އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު ޑޮކްޓަރު ރޭޕްކޮށް މަރާލާފައި ވަނީ ހަސްފަތާލުގައި ހިލޭ ސާބަހަށް އެހީވެދިނުމުގައި އުޅުނު ސަންޖޯއީ ރޯއީ ނަމަކަށް ކިޔާ މީހެކެވެ. އިންޑިއާގެ […]
މޮދީ ލާއޮސްއަށް ވަޑައިގަންނަވަނީ
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ، ލާއޮސްއަށް ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. މި މަހުގެ 10ން 11އަށް ކުރައްވާ ދަތުރުފުޅަކީ، އާސިއަން އިންޑިއާގެ 21 ވަނަ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ކުރައްވަނީ ލާއޮސްގެ ބޮޑު ވަޒީރު ސޮނެކްސޭ ސިފަންޑޯންގެ ދައުވަތަކަށެވެ. ވިއެންޓިއަންގައި އޮންނަ އާސިއާން ސަމިޓަކީ، 19 ވަނަ އީސްޓް އޭޝިއާ ސަމިޓެވެ. ދުނިޔޭގެ ތާރީޚުގައި ލާއޮސް ފާހަގަ ކުރެވެނީ އެންމެ ގިނައިން ބޮން އަޅާފައިވާ ޤައުމުގެ ގޮތުގައެވެ. ވިއެޓްނާމް ހަނގުރާމައިގެ […]
ޑޮކްޓަރު މަރާލި ފުލުހުން ހައްޔަރުކޮށްފި
ދީނަށް ފުރައްސާރަކުރާ ކަމަށް ތުހުމަތުކޮށް، ޑރ. ޝާހް ނަވާޒް ކުންބަރު ހައްޔަރު ކުރުމަށްފަހު އޭގެ އެއްދުވަސް ފަހުން ބަޑި ޖަހައި އޭނާ މަރާލި 3 ފުލުހަކު ހައްޔަރުކޮށްފިއެވެ. ޕަންޖާބުގައި ޑޮކްޓަރު މަރާލުމަށްފަހު އޭނާ ވަޅުލުމަށް ގެންދަނިކޮށް މުއްލާއިން އެއްވެ ތަޤްރީރުކޮށް މީހުން ކައްކުވާލައި، އޭނާގެ ގަބުރު އަންދާލުމަށް ހިތްވަރު ދީފައި ވެއެވެ. މި 3 މީހުން ވަނީ ޑޮކްޓަރު މަރާލުމަށްފަހު ފިލާފައެވެ. އުމަރުކޯޓް ޑިސްޓްރިކްޓްގެ ރައްޔިތެއް ކަމަށްވާ ޑޮކްޓަރު ކުންބަރު ހައްޔަރު ކުރުމަށްފަހު މިރުޕޫރުޚާސް ފުލުހުން ވަނީ […]