ހިނގަމުން މިދަނީ އިންޑިއާއާއި އާސިއާންގެ ޤަރުނު: މޮދީ
ހިނގަމުން މިދާ، 21 ވަނަ ގަރުނަކީ އިންޑިއާ އާއި އާސިއާންގެ ގައުމުތަކުގެ ޤަރުނު ކަމަށް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ މިދިޔަ ދިހަ އަހަރު ތެރޭގައި އިންޑިއާގެ އެކްޓް-އީސްޓް ނަޒަރިއްޔާއިން އިންޑިއާ އާއި އާސިއާންގެ ގައުމުތަކުގެ ތާރީހީ ގުޅުމަށް ”އާ ހަކަތައަކާއި އައު މިސްރާބެއް“ ލިބިފައިވާ ކަމަށެވެ. މޮދީ ވަނީ ލާއޮސްގައި އޮންނަ އިންޑިއާ އާސިއާންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގެންފައެވެ. ދުނިޔޭގެ އެތައް ސަރަހައްދެއްގައި ހިނގަމުންދާ ހަމަނުޖެހުމުގެ ދުވަސްވަރު އިންޑިއާ އާއި އާސިއާންގެ […]
ސިންގަމް އެގެއިންގައި ސްރީލަންކާގެ ހިތްގައިމު މަންޒަރުތައް
ގިނަ ބަޔަކު އިންތިޒާރުކުރި ރޯހިތު ޝެޓީގެ ޕޮލިސް ޑްރާމާ “ ސިންގަމް އެގެއިން“ ފިލިމުގައި ސްރީލަންކާގެ ތަފާތު ލޭންޑްމާކްތައް ދައްކާލައިފިއެވެ. ބޮލީވުޑްގެ ހެވީވެއިޓުން ލީޑް ރޯލުން ފެނިގެންދާ މި އެކްޝަން ޕެކްޑް ތްރިލާގައި ލަންކާގެ ސަގާފީ އަދި ތާރީހީ ރީތި މަންޒަރުތަކުން ހިތްގައިމުކަން ދަމައިގަނެއެވެ. ހޯމަ ދުވަހު ރިލީޒްކުރި ތައުރީފު ލިބިފައިވާ ޝެޓީގެ ޕޮލިސް ސިލްސިލާގެ ފަސް ވަނަ ފިލްމު ކަމަށްވާ ”ސިންގަމް އެގެއިން“ގެ ޓްރެއިލާއިން ކާސްޓުންނާއި އެކްޝަން ސީކުއެންސްތަކުން މީހުން ހައިރާން ކޮށްފައިވާ ކަމަށް ފާޑުކިޔުންތެރިން […]
ޢަޤީދާއަކަށް ވުރެން ޤާނޫނުއަސާސީ މަތިވެރިވާނެ ކަމަށް ޙުކުމް ކޮށްފި
އިންޑިއާގައި ދީނީ ޢަޤީދާއަށް ވުރެން އިންޑިއާގެ ޤާނޫނުއަސާސީ މަތިވެރިވާނެ ކަމަށް ކެރެލާ ހައިކޯޓުން ޙުކުމް ކޮށްފިއެވެ. މިމައްސަލައަކީ، މުސްލިމު އަންހެން ކުއްޖަކު، ޣައިރު މުސްލިމަކާ ސަލާމް ކުރުމުން އޭނާ ޒިނޭކޮށްފިކަމަށް ބުނެ، އޭނާ ދީނުން ބޭރުވެފައިވާ ކަމަށް ނިންމައި ދިނުމަށް، އަބްދުﷲ ނައުޝާދު ކިޔާ މީހަކު ކުރި ދައުވާއެއްގައި ކޮށްފައިވާ ޙުކުމެކެވެ. ޙުކުމުގައި ބުނެފައި ވަނީ އިންޑިއާގެ ފަސްގަނޑުގައި ކޮންމެ މީހަކަށްވެސް އެމީހާ ބޭނުން އަޤީދާއަކަށް އުޅުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ. އެއްވެސް މީހަކަށް އަނެކާގެ މައްޗަށް […]
ދަމީޓް ޝޮޕް ހުޅުވައިފި: ކުކުޅާއި ބީފް ވަރަށް އަގުހެޔޮ!
އެނގޭތަ؟ މާލޭގައި ކުކުޅާއި ބީފް ވިއްކާ އިތުރު ފިހާރައެއް ހުޅުވައިފިއެވެ. މިއީ އަގުހެޔޮކޮށް މި ދެބާވަތް ގަންނަން ބޭނުންވާ މީހުންނަށް ސަތޭކައިގެ ތަނެކެވެ. އަގުހެޔޮ އަދި ”ފިނިހެޔޮ“ ކޮށް މި އެއްޗެހިގަތުމަށްޓަކައި ”ދަ މީޓުޝޮޕް“ އަށް އަވަހަށް އަންނަންވީއެވެ. އަވަހަށް އައިވަރަކަށް އަވަސްވާނެއެވެ. މި ފިހާރަ ހުންނާނީ ހެންވޭރު ނިރޮޅުމަގު، ބޮޑުފެންގަނޑުދޮށުގޭގައެވެ. މިތަނުން ތާޒާކޮށް ގަނެގެން ގޮސް އެ މީހަކު ބޭނުން ގަޑިއެއްގައި ކައްކައިގެން ކާންވީއެވެ. ރަހައިގެ ވާހަކަ ދައްކާނީ ކައްކައިގެން ކެއުމަށްފަހުގައެވެ. ޓޫރިޒަމްދާއިރާގެ ތަޖުރިބާކާރެއްގެ ބެލުމުގެ […]
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް
މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ދެހާސް ސައުވީސް ވަނަ އަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުނިޔޭގެ ދުވަސް ފާހަގަކުރާއިރު، މި އަހަރުގެ ޝިޢާރު ކަމުގައިވާ ”މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން“ އިން އަލިއަޅުވާލަނީ މަސައްކަތުގެ މާހައުލާއި ނަފްސާނީ ދުޅަހެޔޮކަމާ ހުރި ގުޅުމުގެ މައްޗަށެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ އަންދާޒާތަކުން ދައްކާ ގޮތުގައި ހަމައެކަނި ކަންބޮޑުވުމާއި ހިތްދަތިކަމުގެ ސަބަބުން ”އަހަރަކު ގާތްގަނޑަކަށް 12 ބިލިއަން“ މަސައްކަތު ދުވަސް ގެއްލެއެވެ. މި ބޮޑު އަދަދުން ދައްކުވައިދެނީ ވަކިވަކި މުވައްޒަފުންނަށް […]
އަނިޔާތަކާއެކު މަގުމަތީގައި އޮތް މީހަކު ފުލުހުން ނަގައިފި
އަނިޔާތަކަކާއެކު އޮތް މީހަކު މާލޭ މަގުމަތިން ފެނިއްޖެ އެވެ. ފުލުހުން މިއަދު ބުނި ގޮތުގައި މަޖީދީމަގު ”ސޮރީ ބޯއިސް“ ފިހާރަ ކުރިމަތީގައި އަނިޔާތަކެއް ލިބިފައި އޮތް ފިރިހެނަކު އޮތް ކަމުގެ ރިޕޯޓް ލިބުނީ ރޭ 1:25 ހާއިރު އެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނި ގޮތުގައި އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު އެ މީހާ މިއަދު […]
ކަރަންޓު ކީސް ބޭނުން ކުރާ އަންހެނަކާ ކައިވެނި ކުރަން ހެޔޮ ނުވާނެ
އޮސްޓްރޭލިއާގެ ފުލުހުން ވަރުގަދަ މަރުގެ ހާދިސާއެއް ތަހުގީގު ކޮށްފިއެވެ. އަންހެނަކު ވަނީ އޭނާގެ ފިރިމީހާ ކަރަންޓު ކީހަކުން ފޮތިފޮތިކޮށްފައި ބައިބައިތައް ކޮތަޅު ކޮތަޅަށް ލައި ސިޑްނީގެ އެކި ހިސާބުތަކުގެ ޑަސްބިންތަކަށް އަޅައި ޖަރީމާ ފޮރުވަން މަސައްކަތް ކޮށްފައެވެ. އަވަށްޓެރިން ބުނަނީ މިސްރަށް ނިސްބަތްވާ ފިރިމީހާ ވާއިލް މަމްދޫހަކީ އެންމެނާ ރައްޓެހި، އޯގާތެރި މީހެއް ކަމަށެވެ. ދެމަފިރިންގެ 8 ކުދިން ތިބެއެވެ. ނަރްމީން އޭނާގެ ފިރިމީހާ ކީހާލީ ފިރިމީހާ މިސްރުގައި އެހެން އަންހެނަކާ ދިމާވެގެން އޭނާއާ އިންކަމަށް ތުހުމަތު […]
ޓާޓާ އަވަހާރަ ވެއްޖެ
ޓާޓާ ކުންފުނީގެ އެންމެ ބޮޑު ޙިއްސާދާރު ރަޓަން ޓާޓާ އިއްޔެ އަވަހާރަވެއްޖެއެވެ. އަވަހާރަ ވިރު އޭނާގެ އުމުރަކީ 86 އަހަރެވެ. އޭނާ އަވަހާރަވީ ހަސްފަތާލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ޓާޓާ އަކީ އިންޑިއާގެ ސިނާއީ އުފެއްދުމުގެ ދާއިރާއަށް އެތައް ގޮތަކުން އިންގިލާބެއް ގެނެސްދެއްވި ޝަޚުޝިއްޔަތެކެވެ.