ކުޑަކުއްޖަކު ނުރައްކަލަކަށް ހުށަހެޅި މައްސަލައެއް ބަލަން ފަށައިފި
ކުޑަކުއްޖަކު އަތަށް ސައިކަލުގެ ކޮންޓްރޯލް ދީގެން ދުއްވި މައްސަލައެއް ބަލަން ފުލުހުން ފަށައިފިއެވެ. ބްރިޖުހައިވޭގައި ކުޑަކުޖެއްގެ އަތަށް ސައިކަލް ހުންގާނު ދީގެން މީހަކު ދުއްވާފައިދާ ވީޑިއޯއެއް ސޯޝަލްމީޑިއާއިން ފުލުހުންނަށް ފެނިގެން އެމީހާ ހޯދައި މިހާރުވަނީ ފުލުހަށް ހާޒިރު ކޮށްފައެވެ. ”މިމައްސަލާގައި ހިމެނޭ މީހާ ހާޒިރުކޮށް މިއަދުވަނީ ސުވާލުކޮށްފައި. އަދި އޭނާ ގަސްތުގައި ކުޑަކުއްޖަކު ނުރައްކަލަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،“ ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ޓްރެފިކް ގާނޫނާ […]
ޔޫނުސް ބޭނުންފުޅު ވަނީ އިންތިޚާބަކާ ނުލައި ވެރިކަން ކުރަން
ބަނގްލަދޭޝްގެ ވަގުތީ ލީޑަރު ވިދާޅުވަނީ އިންތިޚާބެއް ބޭއްވުމުގެ ކުރިން ޤައުމުގެ ކަންކަން އިސްލާޙު ކުރައްވަން ބޭނުންފުޅު ކަމަށެވެ. ނަމަވެސް މުޙައްމަދު ޔޫނުސް ވެރިކަން ކުރައްވަނީ އިންތިޚާބަކާ ނުލައެވެ. ސުލްހައިގެ ނޮބެލް އިނާމު ލިބިވަޑައިގެންފައިވާ މުހައްމަދު ޔޫނުސް އެގައުމުގެ ”ޗީފް އެޑްވައިޒަރު“ އަކަށް އައްޔަން ކުރެއްވީ މިދިޔަ އޮގަސްޓް މަހު ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވެރިކަމުން ދުރުކޮށްލައި ދަރިވަރުން އިސްވެ އޮވެ ގެނައި އިންގިލާބަކަށް ފަހުއެވެ.
ޤުރުއާން އުނގަނައިދިނުމަށް ބެލެނިވެރީން ކުރާމަސައްކަތަށް މޭޔަރުގެ ތައުރީފް
ދަރީންނަށް ކީރިތި ޤުރުއާން އުނގަނައިދިނުމަށް ބެލެނިވެރީން މިހާރުވެސް ކުރަމުންދާ މަސައްކަތަށް މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް ސާބަސް ދެއްވައި ތަޢުރީފް ކުރައްވައިފިއެވެ. މާލޭ ސިޓީކައުންސިލުން ބޭއްވި ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ ”ދުނިޔެ ތަރައްޤީ ވެފައި ވިޔަސް، ދަރިންނަށް ކީރިތި ގުރުއާން އުނގަންނައި ދިނުމަށް، ބެލެނިވެރިން ކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން ޖެހޭ. ސްކޫލުން ޤުރުއާން ކިޔަވައިދޭ މިންވަރަށް ވުރެ […]
އިލާހީ ކުޅަދުންވަންތަކަމުގެ ޢަޖާއިބުތައް
އާއިލާތަކަށް ސަގާފީ ގޮތުން ވާރުތަވެފައިވާ ކާބަފައިންގެ ހުނަރުވެރި މަސައްކަތާ ދުރަށް ފަހު ޒަމާނުގެ ޒުވާނުން ދިއުމުން އެހެން މީހުންގެ ލޮލުގައި އެކަން އަޅައި ގަންނާނެއެވެ. ފޮޓޯގައި ފެންނަނީ ސަޢޫދީގައި މިފަހު ޒަމާނުގައި ބާއްވަމުން ގެންދާ ޒާތުގެ ނާޗަރަންގީ އެއްވުމެކެވެ. ޤައުމީ ހެދުމުގައި އަވިއަނެއް ތުރުކުރައްވައިގެން އެހުންނެވީ ޝެއިޚު މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ދަރިފަސްކޮޅުގެ ބޭފުޅެކެވެ. ޝެއިޚު މުޙައްމަދު ޢަބްދުލްވައްހާބަކީ ވައްހާބީ ފިކުރު އެފަރާތަކަށް ނިސްބަތް ކުރެވޭ ހަރުކަށި ސަލަފީ ފިކުރު އިންދެވި ޝެއިޚެވެ. ތުރުކީ އާލުއްޝެއިޚަކީ ސަޢޫދީ […]
ޓެރަރިސްޓުންގެ ހަމަލާގައި 20 މީހުން މަރާލައިފި
ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި އޮންނަ ކޯލާ ދެލި ނަގާ މައިނަކަށް ޓެރަރިސްޓުން ދިން ޙަމަލާއެއްގައި 20 މީހުން މަރާލާފައިވާ ކަމަށް އެގައުމުގެ ފުލުހުން މިއަދު ބުނެފިއެވެ. ކުއެޓާ ސިޓީގެ އިރުމަތީގައި އޮންނަ އެ އަވަށުގެ ޕޮލިސް ސްޓޭޝަންގެ އޮފިސަރު ހުމާޔޫން ޚާން ބުނީ، ހަތިޔާރު އެޅި ބަޔަކު ޑޯކީ ސަރަހައްދުގައި ހުންނަ ޖުނައިދު ކޯލް ކޮމްޕެނީގެ މައިން ނަގާ މަރުކަޒަށް ހަމަލާދީފައިވަނީ ފަތިސް ގަޑީގައެވެ. އަދި އެމީހުން ބަރުހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް އޭނާ ބުނެއެވެ. […]
ޖިނާއީ ނިޒާމު އިސްލާޙު ކުރުމަށް ތުރުކީން ފިލާވަޅެއް ލިބިދާނެބާ؟
ތުރުކީގައި އިތުރު ވަމުންދާ ޖިނާއީ މައްސަލަތަކާ ހެދި އެޤައުމުގެ ޖިނާއީ ޢަދުލުގެ ނިޒާމު އިސްލާޙު ކުރުމަށް ނިންމައިފިއެވެ. މިދިޔަ ދުވަސްތަކުގައި ކުށް ކޮށްފައިވާ މީހުންނަކީ އެއް ދޮރުން ވައްދާފައި އަނެއް ދޮރުން ފުލުހުން ނެރެފައިވާ ބަޔެއް ކަމަށް ޕްރޮސެކިޝަނުން ބުނެއެވެ. ދާދި ފަހުން ދެ މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލި މީހާވެސް ވަނީ ދެމީހުން މަރާލުމާ ދޭތެރޭ އޭނާގެ ޖަރީމާއާ ބެހޭ މަޢުލޫމާތު އަމިއްލައަށް ފުލުހަށް ގުޅައިގެން ކިޔައިދީފައެވެ. ފުލުހުން ސީނަށް އައުން ލަސްވެގެން އެކަމާ […]
ޓެކްސީ ޚިދުމަތް: ފަސިންޖަރުންނާއި ޑްރައިވަރުންގެ ޒިންމާ
ޓެކްސީގެ ޚިދުމަތަކީ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ދެވޭ އާންމު ހިދުމަތެކެވެ. މި ހިދުމަތުގެ ސަބަބުން މީހުންނަށް އެތައް ގުނައަކަށް ދިރިއުޅުން ފަސޭހަވެއެވެ. ވަގުތު ސަލާމަތް ކުރެވެއެވެ. އެހެން ހިދުމަތެކޭ އެއްފަދައިން މިއީވެސް އިތުބާރު ދަމަހައްޓަންޖެހޭ ހިދުމަތެކެވެ. އެކަން އެގޮތަށްކުރެވޭނީ ފަސިންޖަރުންނާއި ޑްރައިވަރުން ޒިންމާ ނަގައިގެންނެވެ. ދެފަރާތުގެ މެދުގައި އިންސާފު ގާއިމް ކުރެވިގެންނެވެ. އެކަން ކުރެވޭނީ ދެފަރާތުންވެސް ހަމަ ގަބޫލުކޮށްގެންނެވެ. ގާނޫނާއި ގަވާއިދަށް އަމަލުކޮށްގެންނެވެ. މި ޚިދުމަތުގެ ތެރެއިން ދިމާވާ ކުދިކުދިން ކަންކަންވެސް އިންސާފުވެރިކަމާއި އިހްތިރާމާއެކު ހަގީގަތަށް ވާހަކަ […]
ހުކުރު ނަމާދަކީ ޤިޔާމަތް ދުވަސް ހަނދާންކޮށްދޭ ރިހާސަލްއެއް
ސޫރަތުލް ޖުމުޢާއިން ލިބިދޭ މެސެޖުތައް (2) އަލްޤުއްދޫސް މިބަހުގެ އަސްލަކީ ޤާފު ދާލު ސީނު ޤުދުސް އެވެ. މިބަހުގެ މާނަޔަކީ ޠޯހިރުކަމާއި ސާފުކަމާއި މާތްކަމެވެ. ޤައްދަސަ މިބަހުގެ މާނަޔަކީ ޠޯހިރުކުރުމެވެ. މިބަހުގެ އަސްލަށް ބަލާއިރު ޤައްދާސްއަކީ ގަދީމީ އަރަބީން ބޭނުންކުރި ހިލައެކެވެ. މިހިލައަކީ ވަޅެއްފަދަ އެއްޗެއްގައި ހުންނަ ފެން ކިލަނބުވިޔަނުދޭން އޭގެތެރެއަށް އެމީހުން އަޅާ ހިލައެވެ. މިގޮތަށް އަޅާ ހިލައިން ކޮށްދޭ ކަމަކީ ފެންގަނޑު ސާފުކޮށް ބެހެއްޓުމެވެ. ޤާދިސްއަކީވެސް ގަދީމީ އަރަބީން ބޭނުންކުރި ހިލައެކެވެ. ޤާދިސްއަކީ ޖަމަލު […]