ނިއުކްލިއަރ ސަބްމެރިންބަނުމަށް އިންޑިއާއިން ހުއްދަ ދީފި
ޗައިނާގެ އަސްކަރީ ބާރާ ކުރިމަތިލުމަށް އިންޑިއާގެ ކެބިނެޓުން މުހިންމު ދެކަމެއް ފާސްކޮށްފިއެވެ. އެއިން އެއް ކަމަކީ އިންޑިއާއިން އަމިއްލައަށް ނިއުކްލިއަރ ހަކަތައިން ދުއްވާ ދެ ސެބްމެރިން ބަނުމުގެ މަސައްކަތް ފެށުމެވެ. އަދި އޭގެ އިތުރުން، ދުރު ރާސްތާއަށް ދަތުރު ކުރާ ވައްތަރުގެ އެމެރިކާގައި އުފައްދާފައިވާ ހަތިޔާރު އެޅި އެމްކިޔު-9ބީ ޕްރިޑޭޓާ ޑްރޯންގެ 31 ޑްރޯން ގަތުމަށް ވެސް ވަނީ ނިންމާފައެވެ. ބްލޫމްބަރގުން ބުނާ ގޮތުގައި އިންޑިއާއިން ވަނީ މިކަމަށް 4.8 ބިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައެވެ.
ޗައިނާގެ ހެދުންތަކުގެ ޑިއުޓީ 200 ޕަސެންޓަށް ބޮޑުކޮށްފި
އިންޑޮނޭޝިއާގެ އަންހެން ވިޔަފާރިވެރިންނަށް ޗައިނާގެ މުދަލުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ. ފަހާތަންތަން ހަދައިގެން ތިބޭ އަންހެނުންނަކީ އަމިއްލައަށް ކުދި ވިޔަފާރިތައް ހިންގައި އެއް ދޮޅަސް މީހުންނަށް ވަޒީފާ ދޭ މީހުންނެވެ. ނަމަވެސް ޗައިނާއިން އެތެރެ ކޮށްފައި ހުންނަ ހެދުންތަކުން ކުދި ވިޔަފާރިތަކަށް، ޚާއްސަކޮށް އަންހެނުންގެ ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ މީހުން ދަނީ ޝަކުވާ ކުރަމުންނެވެ. ޗައިނާއިން ގެންނަ ހެދުން 2 ޑޮލަރަށް ވިއްކާއިރު މީހުން ބުނަނީ އެމީހުން ހެދުން ފަހާ ފޮތީގެ […]
ޤަތުލުއާންމަށް ހަތިޔާރު ދޭން ޖަރުމަން ތައްޔާރަށް
ޤަތުލުއާންމުތައް ހިންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދާ، އިޒްރޭލަށް ޖަރުމަންވިލާތުން އިތުރަށްވެސް ހަތިޔާރު ފޯރުވައިދޭނެ ކަމަށް ޖަރުމަން ޗާންސެލަރ ވިދާޅުވެއެވެ. އޭނާ މިވާހަކަތައް ވިދާޅުވީ އިޒްރޭލަށް ހަތިޔާރު ފޯރުވައި ދިނުން ޖަރުމަން ސަރުކާރުން ލަސްކޮށްފައިވާ ކަމަށް ކޮންސަރވެޓިވް އިދިކޮޅު ލީޑަރު ފްރިޑްރިކް މެރޒް ވިދާޅުވުމާ ގުޅިގެންނެވެ. ”ހަތިޔާރު ސަޕްލައި ނުކުރަން އަޅުގަނޑުމެން ނިންމާފައެއް ނެތް. އަޅުގަނޑުމެން ހަތިޔާރު ފޯރުކޮށް ދީފިން އަދި ކުރިއަށް އޮތް ތާނގައިވެސް ހަތިޔާރު ފޯރުކޮށްދޭނަން“ އިދިކޮޅު ލީޑަރު ފްރިޑްރިކް މެރޒްގެ ތުހުމަތަކާ ދެކޮޅު […]
ސިޓީ ކައުންސިލުގެ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދޭ: މޭޔަރ އާޒިމް
މާލޭސިޓީ ކައުންސިލަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކޮންސަލްޓެންޓުން ނެގިކަމަށް، މޭޔަރު އާދަމް އާޒިމު ވިދާޅުވުމާ ގުޅިގެން އެވާހަކަތައް ސެންސަރު ކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން އެދިވަޑައިގެންފިއެވެ. އާޒިމު ވަނީ، މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ ޙައިސިއްޔަތުން އޭނާގެ މަސައްކަތަށް ސަރުކާރުގެ ފަރާތުން ލިބެމުންދާ އެއްބާރު ލުން ފާހަގަ ކުރައްވާފައެވެ. ޢާޒިމް ވިދާޅުވީ އޭނާ ބޭނުންފުޅުވާ ގޮތަށް މުވައްޒަފުން ނެގުމުގައިވެސް ސަރުކާރުން އޭނާއަށް ހުރަހެއް ކުރިމަތި ނުކުރައްވާ ކަމަށެވެ. އެކަމުގެ ތަފްޞީލު ދެއްވަމުން މޭޔަރު އާޒިމް ވިދާޅުވީ އޭނާ ބޭނުންފުޅުވި […]
ލާމަރުކަޒީ ނިޒާމް ދެމެހެއްޓުމަށް އަމަލީގޮތުން މަސައްކަތް ކުރަންޖެހޭ
ލާމަރުކަޒީ ނިޒާމް ރާއްޖޭގައި ދެމެހެއްޓުމަށްޓަކައި އަމަލީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަން ޖެހޭކަމަށް ކުރީގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމްޑީޕީން ކުޅުދުއްފުށި ސިޓީގައި މިހާރު ބާއްވަމުން ގެންދާ ލާމަރުކަޒީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެކަންއެގޮތަށް ނުކޮށް ރާއްޖެ ތަރައްގީއެއް ނުކުރެވޭ ކަމަށެވެ. މިހާރުގެ ސަރުކާރުން ގެންދަވަނީ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް ކުރަމުންކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ. އެއީ މުޅި ލާމަރުކަޒީ ނިޒާމް ފުނޑާލުން […]
އައްނަބީލާ ޚަދީޖާ އިބްރާހީމްގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
އައްނަބީލާ ޚަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރުޙޫމާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް އެއާއިލާއަށް ތައުޒިޔާ ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޚަދީޖާ އިބްރާހީމަކީ ސުމުއްވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ދަރިކަނބަލެކެވެ. އެކަމަނާ ވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، އަންހެނުންނަށް ކުރިއެރުމާއި ފުރުޞަތުތައް ފަހިކޮށްދިނުމުގެ ދާއިރާއާއި، ޚާރިޖީ ގުޅުންތަކުގެ ދާއިރާގައިވެސް ސަރުކާރަށް ޚިދުމަތް ކުރައްވާފައި ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. ”މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ […]
އެމްޑީޕީ ފިކުރަށް އެއްވެސް ބަދަލެއްނާދޭ ޕާޓީއޮތީ ގަދަކޮށް: ޝާހިދު
ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީގެ ފިކުރަށް އެއްވެސް ބަދަލެއް ނާންނަކަމަށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ހދ. ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ”ލާމަރުކަޒީ ގުޅުން-ކައުންސިލަރުންގެ ކޮންފަރެންސް“ ގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ޕާޓީގެ ފިކުރަށް އެއްވެސް ބަދަލެއް ނާންނަކަން މި ކޮންފަރެންސުން ވެސް އެނގިގެންދާނޭ ކަމަށެވެ. އެޕާޓީއަކީ ރާއްޖެއަށް ޑިމޮކްރަސީ ނިޒާމް ތައާރަފްކޔރުމުގައި އެންމެ އިސްކޮށް މަސައްކަތްކުރި ޕާޓީއެވެ. ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެޕާޓީގެ ލީޑަރޝިޕުންނާއި އާންމު މެންބަރުންވަނީ މަގުމަތީގައި ހޭލާ […]
ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އެމްޑީޕީން ބާއްވާ ކޮންފަރެންސް ފަށައިފި
ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އެމްޑީޕީން ބާއްވާ ކޮންފަރެންސް މިއަދު ފަށައިފިއެވެ. ”ލާމަރުކަޒީ ގުޅުން-ކައުންސިލަރުންގެ ކޮންފަރެންސް“ ފަށައިފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ، މި ކޮންފަރެންސްގައި އުތުރުގެ ތިން އަތޮޅުގެ ރަށްތަކުގައި މަސައްކަތްކުރާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުން ބައިވެރިވެ ވަޑައިގަންނަވައެވެ. އޭގެ އިތުރުން ޑަބްލިއުޑީސީ މެމްބަރުންނާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މި ކޮންފަރެންސްގައި ބޮޑު ތިލަދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވާ 55 ކައުންސިލަރުން ހިމެނިވަޑައިގަންވައެވެ. އޭގެއިތުރުން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުން ވެސް މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މި […]
ކަނބުލޮ (ހަތަރުވަނަ ބައި)
އެއްވެސް އިޚްތިޔާރަކާ ނުލާ އަހަރެންނަށް ގޮސް ވަދެވުނީ ގެއަށެވެ. ގެއަށް ވަނުމާއިއެކު ކޮޓަރިއަށް ވަދެ އެނދުމަތީގައި އިށީނދެލީމެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އޮށޯވެވުނެވެ. ދެފައި ކުރުކޮށްލާފައި މުޅި ގައިގާ ރަޖާ އަޅާ މުޅި ހަށިގަނޑު ފޮރުވާލެވުނެވެ. އަހަރެންނަކީ ރަޖާ އަޅައިގެން ނިދާވެސް މީހެއް ނޫނެވެ. އެހެނަސް ޒާތަކަށް ތުރުތުރު އަޅާކަހަލަ ގޮތެއް ވާހެން ހީވެގެން ރަޖާވެސް އެޅުނީއެވެ. އެހެން އޮވެގެންވެސް ވިސްނަމުން ގެންދިޔައީ، އެތަނުން ދިމާވި ގޭދޮށު ބޭބެއާއި ސިފައިންގެ މީހާ ދެއްކި ވާހަކަތަކާއި މެދުއެވެ. އެމީހުން […]
ރަސްގެފާނާއި ޓެކްސަސް ޑޮކްޓަރާއި ގެއްލުނު 4 އަމީރާއިން
ސައުދީ ޝާހީ އާއިލާގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑްވައިޓް ބާޑިކް އަކީ އެމެރިކާގެ ޓެކްސަސްގެ މީހެކެވެ. އޭނާ ވަނީ 90ގެ އަހަރުތަކުގައި ވަޒީފާއަށް ސައޫދީ އަރަބިއްޔާއަށް ހިޖުރަކޮށް އަބްދުﷲ ރަސްގެފާނުގެ ޑޮކްޓަރެއްގެ ގޮތުން މަސައްކަތް ކޮށްފައެވެ. އޭނާއަށް އެއްރޭ ދަންވަރު އައި ފޯނު ކޯލެއްގައި ބުނަނީ، ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އާލަ ސައޫދުގެ ދަރިކަނބަލުން ޕްރިންސެސް ހާލާ، ވަޅިއެއް ހިތްޕަވައިގެން މޮޔަފުޅު ވެވަޑައިގެން ގަނޑުވަރު ތެރޭ އުޅުއްވާ ކަމަށެވެ. އަދި އަވަހަށް އައިސް އޭނާ ނިންދަވަން […]