ޑިސެމްބަރ 23, 2024 13:00

ވޭޕް މަނާކުރުން: މޯލްޑިވިއަން ހެލްތުވަރކާސް ޔުނިއަނުންގެ ތައުރީފް ރައީސަށް

ދިވެހި ރާއްޖޭގެ ރައްޔިތުން، “ ވޭޕް“ ކުރުމުގެ ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިންމެވީ  މުހިންމު ނިންމެވުމެއް ކަމަށް ވިދާޅުވެ މޯލްޑިވިއަން ހެލްތްވަރކާސް ޔުނިއަނުން އެކަން ބަލައިގަނެ ރައީސަށް ތައުރިފް ކުރައްވައިފިއެވެ. އެ ޔޫނިއަނުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް ޑރ.މުހައްމަދު މުޢިއްޒު ނިންމެވި މި މުހިންމު ނިންމެވުމަކީ، ”ވޭޕް“ ކުރުމުގެ ސަބަބުން އިންސާނުންނަށް ދިމާވާ ނުރައްކާތެރި އެތައް ބަލިތަކަކުން ދިވެހި މުޖުތަމަޢު ރައްކާތެރިކޮށް، ސަލާމަތްކުރުމަށާއި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެޅުއްވި […]

އިންޑިއާއާއި ލާއޯސްގެ ގުޅުން ވަރުގަދަ ކުރަނީ

އާސިއަންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑު ވަޒީރު ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ސަމިޓްގައި މޮދީ ފާހަގަ ވެވަޑައިގަތީ، އެންމެ ގިނައިން އާސިއާންގެ ސަމިޓްތަކުގައި ބައިވެރިވެ ވަޑައިގަތް ހަމައެކަނި ލީޑަރުގެ ގޮތުގައެވެ. 19 ސަމިޓްގައި މޮދީ ބައިވެރިވެ ވަޑައިގެންފައި ވެއެވެ. މި ސަމިޓަކީ އިންޑިއާއިން ކުރިއަށް ގެންދާ، އިންޑިއާގެ އެކްޓް އީސްޓް ޕޮލިސީގެ ދިހަ އަހަރު ދުވަހުގެ މުނާސަބާ ފާހަގަ ކުރާ ސަމިޓްވެސް މެއެވެ. އިންޑިއާއިން ވަނީ ލާއޮސްގައި އޮތް އާސިއަން-އިންޑިއާ ސަމިޓްގައި އާސިއަންގެ ލީޑަރުންނާއި […]

ޗައިނާގެ އިގްތިސާދަށް މި ވަނީ ކިހިނެއް؟

ޗައިނާގެ ސިނާއީ އުފެއްދުންތެރިކަން އޮގަސްޓް މަހު އޮތީ ފަސް މަސް ދުވަހުގެ ތެރޭގައި އެންމެ ދަށް ދަރަޖައަށް ދަށަށް ގޮސްފައެވެ. ރިޓެއިލް  ވިޔަފާރިއާއި އާ ގެދޮރުގެ އަގުތައް އޮތީ ވެއްޓިފައެވެ. ތަޖުރިބާ ކާރުން ސަރުކާރަށް ގޮވަމުން ދަނީ އިޤްތިސާދުގައި ހިތްވަރު ޖެއްސުމަށް އައު ޕެކޭޖުތައް ތައާރަފް ކުރާށެވެ. މިދިޔަ ހަފްތާގައި އާންމުކުރި އެންމެ ފަހުގެ ޑޭޓާއިން ފާހަގަ ވެގެން ދިޔައީ، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު 18.6 ޓްރިލިއަން ޑޮލަރުގެ އިގްތިސާދުގެ ކުރިއެރުން […]

ގައިގައި އަތްލުމުގެ ކުށް ސާބިތުވި މީހަކު ތޭރަ ދުވަހަށް ޖަލަށް

މީހެއްގެ ގައިގައި އަތްލުމުގެ ކުށް ސާބިތުވެގެން މީހަކު 13 ދުވަހުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. އެ މައްސަލައިގައި ހުކުމް ކުރީ ޙަސަން ނަބާޙް ޝަފީޤްކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރި، ގައިގައި އަތްލުމުގެ ކުށުގެ ދަޢުވާގެ އިބްތިދާއީ މަރުހަލާ އާއި އަވަސްނިޔާގެ ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން ގައިގައި އަތްލުމުގެ ކުށުން ޙަސަން ނަބާޙް ޝަފީޤް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް 13 ދުވަހުގެ މުއްދަތަށް […]

ތިމާވެށީގެ ޖޫރިމަނާތައް ނުދައްކައިގެން އޭޖީ ހާޒިރު ކުރަނީ

ތިމާވެއްޓަށް ގެއްލުން ލިބޭފަދަ ކަންތައްތަކުގެ މައްސަލަތަކާގުޅިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް (އޭޖީ) އަހުމްދު އުޝާމް، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ. ޖޫރިމަނާކުރާ ފަރާތްތަކުން ޖޫރިމަނާ ނުދައްކާ ފަރާތްތަކެއްގެ ލިސްޓެއް ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ. އެ ލިސްޓާ ބެހޭގޮތުން ވާހަކަ ދައްކަމުން މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ، އެ ފަރާތްތަކުން ޖޫރިމަނާ ނުދައްކައިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާވެސް […]

މިގައުމުން ލޯނު ނަގަނީ ފައިދާއެއްނެތް ގެއްލުންވާ ކަންތައްކުރަން: ސިޔާމް

މީދޫ ދާއިރާގެ މެންބަރު އަހުމްދު ސިޔާމް މުހައްމަދު/ފޮޓޯ މަޖިލިސް

މިހާރު ނަގާ ޓެކްސް 1000 ޕަސެންޓަށް ބޮޑު ކުރިއަސް ކަނޑަށް އަޅާބައި ނުހުއްޓޭނަމަ ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށް މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ. ގްރީންޓެކްސްގެ ނިސްބަތް 100 ޕަސެންޓަށް ބޮޑު ކުރުމަށް ސަރުކާރުން ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި ބިލުގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، ޓެކްސްގެ ގޮތުގައި ލިބޭ ފަސް ބިލިޔަން ޑޮލަރުން ދެ ބިލިޔަން ޑޮލަރު ކޮންމެ އަހަރަކު ސަރުކާރުން ކަނޑަށް އަޅާ ކަމަށެވެ. ”އެގޮތަށް […]

އެމްއާރުއެމް އުވާލުމުގެ މަސައްކަތް ފަށައިފި

އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން/ފޮޓޯ ސޯޝަލްމީޑީއާ

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެކޮމިޝަނުން ވިދާޅުވެފައިވަނީ އެ ޕާޓީ އުވާލަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން ކަމަށެވެ. ޕާޓީއުވާލުމުގެ ކުރީން އެޕާޓީން ދައްކަން ޖެހޭ އެއްވެސް ދަރަންޏެއް އޮތް ކަމަށްވާނަމަ 2024 ވަނަ އަހަރު ނޮވެންބަރު 10 ވަނަ ދުވަހުގެ ނިޔަލަށް، އެ ޕާޓީގެ އޮފީހަށް އެކަން ހުށަހަޅައިގެން ނިންމެވުމަށް އީސީން ވަނީ ވިދާޅުވެފައެވެ. އެޕާޓީގެ […]

ތިން ރަށެއްގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިފި

މިއަހަރު ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހދ.ކުރިނބި، މ.ރަތްމަންދޫ އަދި ގއ.ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފިއެވެ. ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓުންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. މި ލިސްޓު އާންމުކޮށްފައިވަނީ އިއްޔެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރުވަނީ ހުޅުވާފައެވެ. މިއަދު ހެނދުނު 8:30 އިން ފެށިގެން  2024 އޮކްޓޫބަރު 27 […]