ވިސްޓާރާގެ ފްލައިޓެއް ކުއްލިއަކަށް ކޮލޮމްބޯއަށް ޖައްސައިފި
އިންޑިއާގެ ވިސްޓާރާ އެއާލައިނުން އޮޕަރޭޓްކުރި ފްލައިޓެއް ކުއްލި ގޮތަކަށް ކޮލޮމްބޯ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ. އެ ބޯޓަށް ވަނީ ބޮމުގެ އިންޒާރެއް ދީފައެވެ. ބޯޓު ޖެއްސުމުގެ 10 މިނެޓް ކުރިން ފްލައިޓުގެ ކެޕްޓަނަށް ބޮމުގެ އިންޒާރު ލިބުނު ކަމަށް ރިޕޯޓްކުރުމުން އެ ނުރައްކަލާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ފަހު، ޕްރޮޓޮކޯލާ އެއްގޮތަށް، ކަމާބެހޭ ހުރިހާ އިދާރާތަކަށް ވަގުތުން އެކަން އަންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ކަމަށް އެއާޕޯޓުން ބުންޏެވެ. އެ […]
ނޫސްވެރިއެއްގެ ގެއަށް އިނގިރޭސި ފުލުހުން ރެއިޑްކޮށްފި
އޮންލައިން އިލެކްޓްރޯނިކް އިންތިފާޟާގެ ވެބްސައިޓްގެ އެސިސްޓެންޓް އެޑިޓަރގެ ގެއަށް އިނގިރޭސި ފުލުހުން ރެއިޑް ކޮށްފިއެވެ. އެމީހުން ބުނެފައި ވަނީ އޭނާއަކީ ފަލަސްޠީނަށް ތާއީދު ކުރާ ނޫސްވެރިއެއްކަން އެނގޭ ކަމަށެވެ. ނަމަވެސް ޓެރަރިސްޓް އަމަލުތައް ހިންގާކަމަށް އޭނާއަށް ތުހުމަތު ކުރެވެނީކަމަށެވެ. އިލެކްޓްރޯނިކް އިންތިފާޟާއަކީ ފަލަސްތީނަށް ތާއީދުކޮށް އެމެރިކާގައި ހިންގާ ވެބްސައިޓެކެވެ. ނޫސްވެރިޔާ އާސާ ވިންސްޓަންލީ މަޝްހޫރުވެފައިވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނަށް ފާޑު ކިޔާ މީހެއްގެ ގޮތުގައެވެ.
މޮދީ ރަޝިޔާއަށް ވަޑައިގަންނަވަނީ
ރަޝިޔާގެ ކާޒާން ސިޓީގައި އަންނަ ހަފްތާގައި ބާއްވާ 16 ވަނަ ބްރިކްސް ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ނިއުދިއްލީން އިއުލާންކޮށްފި އެވެ. އިންޑިއާ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ބްރިކްސްގެ މެމްބަރު ގައުމުތަކުގެ ވަޒީރުންނާއި ދައުވަތު ލިބިފައިވާ އެހެން ލީޑަރުންނާ އެކު ބައިލެޓަރަލް ބައްދަލުވުންތަކެއް ބާއްވާނެ ކަމަށް ބެލެވެ އެވެ. ބްރިކްސްގެ މިހާރުގެ ޗެއާމަނަކީ ރަޝިޔާއެވެ. ރަޝިޔާއިން އޮކްޓޯބަރު 22 އިން 24 އަށް ކާޒާން ސިޓީގައި ބާއްވާ އަހަރީ ސަމިޓްގެ ޝިއާރަކީ ”ސްޓްރެންތްނިންގ […]
ނަތަންޔާހޫ ދިރިއުޅޭގެއަށް ހިޒްބުﷲގެ ވަރުގަދަ ހަމަލާއެއް!
އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ދިރިއުޅޭ ގެއަށް، އިސްރާއީލާ ދެކޮޅަށް ލުބުނާނުގައި ހަނގުރާމަކުރަމުން ގެންދާ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ވަރުގަދަ ހަމަލާއެއް ދީފިއެވެ. މީޑިއާ ރިޕޯޓުތައް ބުނެފައިވަނީ، މި ޑްރޯން ހަމަލާ އަމާޒުކޮށްފައި ވަނީ އިސްރާއީލްގެ ސިޒޭރިއާގައި ހުންނަ ނަތަންޔާހޫ ދިރިއުޅޭ ގެއަށެވެ. އިސްރާއީލުން ވެސް ބުނެފައިވަނީ ހިޒްބުﷲއިން ދިން ޑްރޯން ހަމަލާއެއް ބިލްޑިންގަކަށް އަރާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބިލްޑިންއެއްކަމެއް، އަދި ލިބިފައިވަނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް ބުނެފައެއް ނުވެއެވެ. އަދި އިތުރު […]
ސިންގަޕޫރު އެމްބާސީން އަޅުގަނޑަށް ވަޒީފާއެއް ނުދޭ: ރަމީޒް
ސިންގަޕޫރުގައި ހުންނަ ދިވެހި އެމްބަސީން ވަޒީފާދިން ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އާދަމް ރަމީޒް ވިދާޅުވެއްޖެއެވެ. ”އެއީ ދޮގަށްވުރެ ވެސް ބޮޑު ބުހުތާން ދޮގެއް. އަޅުގަނޑަށް ސިންގަޕޫރު އެމްބަސީން ވަޒީފާއެއް ނުދޭ. އެއީ ކަނޑައެޅިގެން ދޮގު،“ ރަމީޒް ވިދާޅުވިއެވެ. ކުރިން ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ރަމީޒް އެމަގާމުން ވަކި ކުރެއްވުމަށްފަހު ދުވަސްކޮޅަކުން ސިންގަޕޫރު އެމްބަސީން ވަޒީފާ ހަމަޖައްސަވައި މުސާރައަށް މަހަކު އެގާރަހާސް ޑޮލަރު ދޭ ކަމަށް މީޑިއާގައި […]
ރާއްޖެއަށް އެތެރެކުރި ދެ މިލިޔަން ރުފިޔާގެ ޑްރަގް އަތުލައިގެންފި
ވައިގެ މަގުން ރާއްޖެއަށް އެތެރެކުން އުޅުނު މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ އިންޑިއާ ދެމީހެއްގެ އަތުންނެވެ. އެމީހުން އެ އެތެރެކުރަން އުޅުނީ ލަގެޖުގައި ރައްކާކޮށްގެން ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއްވިއެވެ. ކަސްޓްމްސް އިން ބުނީ މިތަކެތި އަތުލައިގަތީ، މިމަހުގެ 14 ވަނދުވަހު، މެލޭޝިއާއިން ރާއްޖެއައި އިންޑިއާގެ ދެ ފަސިންޖަރުން ކަމަށްވާ (އުމުރުން 41 އަހަރުގެ ފިރިހެނަކާއި، އުމުރުން 38 އަހަރުގެ އަންހެނެއް) ގެ އަތުން ކަމަށެވެ. މަސްތުވާތަކެއްޗަށް ޝައްކުކުރެވިގެން، މިދެފަސިންޖަރުންގެ ލަގެޖް ބަލައި ފާސްކުރުމުގެ […]
ކަނބުލޮ (ފަސްވަނަބައި)
ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔައެވެ. އަހަރެން އަދިވެސް އެސަރަހައްދަށް ދަމެވެ. އެހެނަސް އަހަރެންގެ ކޮމްފޯރޓް ޒޯން މިހާރު އަހަރެންނަށް ބީރައްޓެހި ވެފައިވާ ކަހަލައެވެ. އެހެނީ އަހަރެން އެސަރަހައްދަށް ދިޔަކަމުގައި ވީނަމަވެސް ސީދާ އެތަނަކަށް ނުދަމެވެ. މާޒީވެ ގޮސްފައިވާ ހިތްގައިމު ދުވަސްތަކަށް އިތުރު ކިލަނބު ކަމެއް ގެންނަންވެސް ބޭނުން ނުވާތީއެވެ. ކަނބުލޮގެ ހަނދާންތަކަކީ އަހަރެންގެ ޙަޔާތުގެ އެންމެ ކުލަ ރީތި ޞަފްޙާތަކަށް ހަދަން ބޭނުންވާތީވެސް މެއެވެ. ކޮންމެއަކަސް އެދުވަސްތައް އަހަރެން ހޭދަކުރަމުން ގެންދިޔައީ ވަރަށް ހިތްވަރާއި ކެތްތެރިކަމާއި އެކުގައެވެ. […]