ޑިސެމްބަރ 23, 2024 17:40

މާދަމާއިން ފެށިގެން ވޭޕުން ދުއިސައްތަ ޕަސެންޓު ޑިޔުޓީ ބޮޑުކުރަން ފާސްކޮށްފި

މާދަމާއިން ފެށިގެން ސިނގޭޓް ބާވަތްތަކާއި، ވޭޕްގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްވިއެވެ. ރާއްޖޭގެ އިންޕޯޓް އެކްސްޕޯޓިގެ ގާނުނަށް އިސްލާހުގެ ގެނައުމަށް ސަރުކާރުން ހުށަގަޅައިގެން މިއަދު ފާސްކުރި ބިލްގައި އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތަކުގެ ޑީއުޓީ 25 ޕަސެންޓްގައި އޮއްވައި، އޭގެ ތެރެއަށް ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތައް (ޑިވައިސަސް) އާއި އެ އެއްޗެހީގެ ބައިބައި އިތުރުކޮށް ޑިއުޓީ 25 ޕަސެންޓުން 200 ޕަސެންޓަށް ވަނީ ބޮޑުކޮށްފައެވެ. ސިނގިރޭޓާއި ބިޑީގެ […]

ފޯމުތައް ރިއިވެލުއޭޓު ކުރާނަމަ އެކަން ބެލުމުގެ ފުރުސަތު އޮންނަވާނެ: ސާއިފް

މާލޭ ސަރަޙައްދުގެ ފްލެޓް ފޯމުތައް ރީއިވެލުއޭޓު ކުރާނަމަ އެމަރުޙަލާގައި މާލޭސިޓޫގެ އިންތިޚާބީ މެންބަރުން ބައިވެރިވުމުގެ ފުރުސަތު ލިބެންވާނޭ ކަމަށް މާލެ ސިޓީކައުންސިލްގައި ގަލުޅު އުތުރު ތަމްސީން ކުރައްވާ މެންބަރު  ސައިފް ފާތިހު ވިދާޅުވެއްޖެއެވެ. އެހާލަތުގައި މާލޭސިޓީގެ ”އިންތިޚާބީ މެންބަރުން ބައިވެރިވެ، އެމަސައްކަތް ހިނގާނުހިނގާ ގޮތް ބެލުމުގެ ފުރިހަމަ ފުރުސަތު ލިބެންވާނެ،“ އޭނާ ވިދާޅުވެފައިވެއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަހުދެއް ކަމަށާއި ހައުސިން މިނިސްޓްރީއަށް އެކަން ހަދާން ކޮށްދެއްވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ”އިތުބާރާއި ޔަޤީންކަން […]

ގަވާއިދާ ހިލާފަށް މަސްވެރިކަމުން ނުރައްކާވެއްޖެ

ބެލުމެއް ނެތި މާކަނޑުގައި ދާއެޅުމުން ދުނިޔޭގެ ކަނޑުގެ އިކޯސިސްޓަމްތަކަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ޗައިނާ ފެނިފައިވާއިރު، ބެއިޖިންގެ ކަނޑުމަހުގެ ޑިމާންޑް އިތުރުވަމުންދާ މިންވަރު ފުއްދުމަށް 80 އަށް ވުރެ ގިނަ ގައުމުގައި ޗައިނާއިން ކަނޑުގެ އުޅަނދުތައް ގަވާއިދާ ހިލާފަށް އޮޕަރޭޓް ކުރާކަމަށް ރިޕޯޓުކޮށްފިއެވެ. އެމެރިކާގެ ނޭޝަނަލް މެރިޓައިމް އިންޓެލިޖެންސް އިންޓަގްރޭޝަން އޮފީހުގެ ޑިރެކްޓަރު ރިއާ އެޑްމިރަލް މައިކް ސްޓޫޑްމަން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާގެ މަސްވެރި ފްލީޓްތައް އެޓްލާންޓިކް ކަނޑުން ފެށިގެން ޕެސިފިކްއާ ހަމައަށް ދުރު ކަނޑުތަކުގައި ގިނައިން […]

ނޫސްވެރީންނަށް ފުރިހަމަ މިނިވަންކަން އޮންނާނެ: ނާއިބު ރައީސް

ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ފުރިހަމައަށް މިސަރުކާރުން ދޭނޭ ކަމަށް ނާއިިބު ރައީސް ހުސައިިން މުހައްމަދު ލަތީފް ވިދާޅުވެއެވެ. ނޫސްވެރިންގެ ޒިންމާ އަދާކުރަން އެމީހުންނަށް  ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ވެސް ދެއްވާނޭ ކަމަށް ނާއިބު ވިދާޅުވިއެވެ. ”އެގާރަ ވަނަ ނޫސްވެރިކަމުގެ އެވޯޑް“ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ރޭޭ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ މިޑިއާ ބާރުވެރިކޮށް ކުރިއެރުވުމަށް، ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެކަންކަން ހާސިލް ކުރުމަށްޓަކައި ކަމާ ގުޅޭ މުވައްސަސާތަކުން ބާރު ދުވެލީގައި […]