ޑިސެމްބަރ 23, 2024 03:47

ރައީސް ”އޮޅުހިޔާ“ ހުޅުވައި ދެއްވައިފި

އޮޅުހިޔާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ރައީސް އޮފީސް

ހުޅުމާލޭ ފޭސް ދޭއްގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ ”އޮޅު ހިޔާ“ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ. މިތަން ހުޅުވުމުގެ ރަަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއީ އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސް ވަރުންފެށިގެން ހިންގެވުމަށް މަސައްކަތްޕުޅު ކުރެއްވި މަޝްރޫޢެއްކަމަށެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން އެމަޝްރޫޢު ކުރިއަށް ނުގެންދެވުނީކަމުގައި ވިދާޅުވިއެވެ. މިއީ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވަައިގެން ކުރިއަށް ގެންދެވި މަޝްރޫއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. […]

ކައުސިލްތަކަށް ދޭން ޖެހޭ ބްލޮކް ގްރާންޓް ބަޖެޓް ފާސްވާއިރު އޮންނާނެ: ރައީސް

ކައުންސިލްތަކަށް ދޭން ޖެހޭ ބްލޮކް ގްރާންޓު ބަޖެޓް ފާސްވާއިރު ހިމަނާފައި އޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ލާމަރުކަޒީ ޤާނޫނުގައި ބަޔާން ކޮށްފައި ވަނީ، ދައުލަތުގެ ބަޖެޓުގެ ޖުމްލަ އާމްދަނީގެ 5 ޕަސެންޓް ކައުންސިލްތަކަށް ދޭންވާނެކަމަށެވެ. އިދިކޮޅު ފަރާތްތަކުން މި މައްސަލާގައި އޮޅުވާލަމުން ގެންދާތީ، ރައީސުލްޖުމްހުރިއްޔާ ވަނީ މިއަދު އެކަން ސާފުކޮށް ދެއްވާފައެވެ. ”ބްލޮކް ގަރާންޓުގެ އެ 5 ޕަސެންޓް އެ ޤާނޫނުގައި އޮތްގޮތަށް މިފަހަރު ބަޖެޓު ފާސްވާއިރު ވެސް ލިބޭނެ.“ ރައީސް […]

ލޯކަލްޓޫރީޒަމް ޓެކްސްބައެއް ކައުންސިލަށް ލިބޭނެ: ރައީސް

އޮޅުހިޔާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ރައީސް އޮފީސް

ކައުންސިލްތަކަށްލިބޭ އާމްދަނީ އިތުރުކުރުމަށް ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ މަގުފަހިކޮށްދެއްވުމާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށްދިނުމަށް ނިންމާމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފަހަރުގެ ބަޖެޓް ފާސްވާއިރުގައި ވެސް ޤާނޫނުގައި އޮތް ގޮތަށް ބްލޮކް ގްރާންޓުގެ ގޮތުގައި ފަސް އިންސައްތަ ކައުންސިލްތަކަށް ލިބޭނެކަމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. އޭގެ އިތުރުން ލޯކަލް […]

ޔަހޫދީއެއްގެ ދެފުށްދެގޮތް ކަން

ރޮމޭނިއާގެ އެދުމަކަށް ގްރީސްގައި ރޮމޭނިއާއާއި އިޒްރޭލުގެ ރަށްވެހިކަން އޮންނަ މީހަކު ހައްޔަރުކޮށްފިއެވެ. އިންޓަރޕޯލުން މިމީހާ ހައްޔަރުކޮށްފައި ވަނީ ރޮމޭނިއާގައި މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައެވެ. ގްރީސް ކޯޓަކަށް ނެޓީ މެއިރް ނަކަމަށް ކިޔާ ޔަހޫދީ މީހާ ލިޔެދިން ބަޔާނުގައި ބުނެފައި ވަނީ އޭނާއަކީ އިޒްރޭލާއި ރޮމޭނިއާގެ ރަށްވެހިކަން އޮންނަ މީހެއް ކަމަށެވެ. އަދި އޭނާއަކީ ކުރިން ރޮމޭނިއާގެ އެމްޕީއަކަށް އުޅުނު އިރު އިޒްރޭލަށް ޖާސޫސްކޮށްދޭން އުޅުނު މީހެއް ކަމަށެވެ. ޒަޔަނިސްޓުންގެ މީޑިއާއިން ބުނަނީ މިމީހާ އަކީ މީގެ […]

ނަތަންޔާހޫ އޮފީހެކޭ ލީކުވާ ނެޕިއެކޭ އެއްވަރު: މީޑިއާ

ނަތަންޔާހޫގެ އޮފީހުގެ ސިއްރު ލިޔުންތައް ޔަހޫދީ ވެރިއަކު މީޑިއާއަށް ފާއްދާކަމަށް ބުނެ ވާހަކައެއް ފަތުރައިފިއެވެ. އިޒްރޭލު މިޑިއާއިން ސިފަކޮށްފައި ވަނީ ޔަހޫދީ ބޮޑުވަޒީރުގެ އޮފީސް މިހާރު ލީކުވާ ނެޕީއެކޭ އެއްވަރު ކަމަށެވެ. މި ލިޔުންތައް ލީކުކޮށްފައި ވަނީ އިޒްރޭލުގެ އިބްރާނީ ބަހުން ޝާއިއުކު ކުރާ މީޑިއާއާއި ޖަރުމަންވިލާތުގެ ބިލްޑް ނޫހަށް ކަމަށް ތަހުގީގުން ބުނެއެވެ. އަދި މި ލިތުންތައް ލީކުކޮށްފައި ވަނީ ސެކިއުރިޓީ ކްލިއަރެންސް ލިބިފައި ނުވާ އެމަކު ނަތަންޔާހޫއާއެކު ސިއްރު މީޓިންތަކަށް ވަދެ އުޅޭ މަސްއޫލުވެރިއަކު […]

އިންޑިއާގެ ޔޫޕީއައިގެ މުއާމަލާތްތައް އިތުރު ވަނީ

ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އަށް ބިނާކޮށް ޑިޖިޓަލް މުއާމަލާތްތައް ކުރިއަރަމުން ގޮސްފައިވާ ކަމަށާއި އޮކްޓޯބަރު މަހު އިންޑިއާގައި 23.5 ލައްކަ ކްރޯޑް ރުޕީސްގެ 16.58 ބިލިއަން މުއާމަލާތްތައް ހިނގާފައިވަ ކަމަށް ބުނެފިއެވެ. މިއީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހު ޔޫޕީއައި ހިންގަން ފެށިފަހުން އެންމެ ގިނައިން ވިޔަފާރި ކުރި އަދަދެވެ. އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން (އެންޕީސީއައި) އިން ހުކުރު ދުވަހު ހިއްސާކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އޮކްޓޯބަރު މަހާއި ސެޕްޓެމްބަރު މަހާ އަޅާބަލާއިރު […]

ވަގުތީ ސަރުކާރަށް ހުޅުޖެހުން ކޮންޓްރޯލެއް ނުކުރެވޭ

ބަންގްލަދޭޝްގެ ވެރިކަމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ކޯލިޝަން ބައިވެރިޔާ ޖާތިޔާ ޕާޓީގެ މަރުކަޒީ އޮފީހުގައި އަލިފާން ރޯކޮށްލައިފި އެވެ. އެ އޮފީހަށް ބޮޑެތި ގެއްލުން ދީފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. މަރުހޫމް ރައީސް ހުސައިން މުހައްމަދު އިރުޝާދު އުފެއްދެވި ޖާތިޔާ ޕާޓީއަކީ ބަންގްލަދޭޝް އަވާމީ ލީގުން އިސްވެ އޮވެ އޮންނަ އިއްތިހާދުގެ ބައެއް ކަމަށާއި، ބޮޑެތި ޕާޓީ ބީއެންޕީން ބޮއިކޮޓް ކުރި ނަމަވެސް މީގެ ކުރިން ބޭއްވި ތިން އާންމު އިންތިހާބުގައި އެޕާޓީގެ […]

ޤުރުބާނީ (އެއްވަނަބައި)

ޤުރުބާނީ (ހަތަރުވަނަ ބައި)

މިއަދުގެ ތާވަލުގައި ކަނޑައެޅިފައިވާ އެންމެ ފަހު ބަލިމީހާ ބެލުމަށްފަހު ޑރ. ޝަހާ، އޭނާގެ އަތުގައި އޮތް ބޭސް ސިޓީ، ކައިރީގައި އިން ބަލިމީހާ އަތަށް ދިއްކޮށްލަމުން ބުނެލިއެވެ. ”މި ބޭސް ޤަވާއިދުން ކެއުމަށް ސަމާލުކަން ދޭންވާނެ އިނގޭ. އަދި ނިދިވެސް ބަރާބަރަށް ހަމަކުރެވޭތޯ ބަލަންވާނެ.“ އެވަޤުތު ވަރަށް އޯގާތެރި  ހިނިތުން ވުމަކާއި އެކު ކުރިމަތީގައި އިން ބަލި މީހާއަށް ބަލާލިއެވެ. އުންމީދުން ފުރިގެންވާ  ނަޒަރަކުން ޑޮކްޓަރާއި ދިމާއަށް ބަލާލަމުން ބަލިމީހާ އެ ބޭސް ސިޓިގައި ހިފިއެވެ. އަދި […]

ތިމާވެށީގެ ފުރަބަންދަށް ރައްޔިތުންގެ ތާއީދެއް ނުލިބުނު

ޕާކިސްތާނުގެ ޕަންޖާބު ސަރުކާރުން އަމިއްލައަށް އިއުލާންކުރި ތިމާވެށީގެ ފުރަބަންދަށް ރައްޔިތުންގެ ތާއީދެއް ނުލިބުނެވެ. ޕަންޖާބުގައި ދުން ބޯވެ ނޭވާން އުދަގޫ ވުމުން ޗީފް މިނިސްޓަރ މަރްޔަމް ނަވާޒް ވަނީ ޚާއްސަ ފިޔަވަޅުތަކެއް އިއުލާން ކުރައްވާފައެވެ. ގްރީން ލޮކްޑައުންގެ ނަމުން ތައާރަފް ކުރި ފިޔަވަޅުތަކަށް ރައްޔިތުން ވަނީ ފާޅުގައި ފުރައްސާރަކޮށްފައި ކަމަށް އެކްސްޕްރެސް ޓްރިބިއުން އިން ބުނެ އެވެ. ދުން ބޯވުމުގެ ސަބަބުން ސްކޫލުތަކާއި އޮފީސްތައް ބަންދުކުރުމަށް މަޖުބޫރުވިއެވެ. އަދި ދުން އަރާތަންތަން ކޮންޓްރޯލު ކުރުމާއި ކޮންސްޓްރަކްޝަންގެ މަސައްކަތް […]

ޗައިނާއިން ނާދިރު މައުދަންތައް ކޮންޓްރޯލު ކޮށްފި

ޗައިނާއިން ވަނީ ނާދިރު މަޢުދަންތަކުގެ އެކްސްޕޯޓު ކޮންޓްރޯލުކޮށް އެމެރިކާއާއި ޗައިނާގެ ޓެކްނޮލޮޖީގެ ހަނގުރާމަ ވަރުގަދަކޮށްފައެވެ. ޗައިނާއިން ނާދިރު މަޢުދަންތައް އެކްސްޕޯޓް ކުރުމަށް ކަނޑައެޅި ހުރަސްތަކުގެ ސަބަބުން އެމެރިކާއާއެކު ޓެކްނޮލޮޖީގެ ވާދަވެރިކަން އިތުރުވެ، ދުނިޔޭގެ ސަޕްލައި ޗޭނަށް ނާޒުކުކަން ވެރިވެގެން ދާނެ ކަމަށް ލަފާ ކުރެވެއެވެ. އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަޅަމުންދާ ކޮމްޕިއުޓަރ ޗިޕްތައް ކޮންޓްރޯލު ކުރުމުގެ ފިޔަވަޅުތަކާ ހެދި، މިއަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ބެއިޖިން އިން ވަނީ ސެމީކޮންޑަކްޓަރާއި އެހެނިހެން ޒަމާނީ ޓެކްނޮލޮޖީތަކުގައި ބޭނުންކުރާ މުހިންމު […]