ޑިސެމްބަރ 23, 2024 07:27

ޙަމާސްގެ އޮފީސް ބަންދުކުރަން ފިއްތަނީ އެމެރިކާ

ޙަމާސްގެ މަސްއޫލުވެރިއަކު އަރަބި މީޑިއާއަށް ކިޔައި ދިންގޮތުގައި ޤަތަރު ސަރުކާރުން ވަނީ ދޯޙާގައި ހުންނަ ޙަމާސްގެ އޮފީސް ބަންދު ކުރުމަށް އެމެރިކާއިން ދޯޙާއަށް ފިއްތަމުން ގެންދާ ކަމަށް ބުނެފައެވެ. އަދި އެއީ އައު ކަމެއް ނޫން ކަމަށާއި މީގެ ކުރިންވެސް އެތައް ފަހަރަކު އެގޮތަށް އެމެރިކާއިން ދޯޙާއަށް ފިއްތާފައިވާ ކަމަށެވެ. ޙަމާސްގެ މަސްއޫލުވެރިޔާ ވިދާޅުވީ ހަމާސް އޮފީސް ބަންދުކުރުމަށް ޤަތަރުން އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް އެފަދައިން ޤަތަރުން އެންގި ކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ އެއީ […]

ކިއުއެސް އޭޝިއާ ޔުނިވާސިޓީ ރޭންކިންގައި އިންޑިއާ ކުރީގައި

ކިއުއެސް އޭޝިއާ ޔުނިވާސިޓީ ރޭންކިންގެ 16 ވަނަ އެޑިޝަންގައި އެންމެ ގިނައިން ތަމްސީލުކުރާ ގައުމެއްގެ ގޮތުގައި އިންޑިއާ ފާހަގަކޮށްފައިވެއެވެ. އިންޑިއާއިން ޖުމްލަ 163 ޔުނިވާސިޓީއެއް ވަނީ ބައިވެރިވެފަ އެވެ. މަތީ ތައުލީމުގެ 25 ނިޒާމެއްގެ ތެރެއިން 984 ޔުނިވާސިޓީއެއް ވަޒަންކުރާ މި ރޭންކިންގައި ބައިނަލްއަގްވާމީ ތައުލީމީ މަރުހަލާގައި އިންޑިއާގެ ބޮޑުކޮށް ފެންނަކަން ފާހަގަކޮށްލެވެ އެވެ. ތަޖުރިބާކާރުން މި ކުރިއެރުން ނިސްބަތް ކުރަނީ އިންޑިއާގެ މުއައްސަސާތަކުގެ މެދުގައި ދުޅަހެޔޮ ވާދަވެރިކަމެއް އުފެއްދުމަށް ހިތްވަރުދޭ ނޭޝަނަލް އިންސްޓިޓިއުޝަނަލް ރޭންކިން ފްރޭމްވޯކް […]

ޓިކްޓޮކްގެ ކެނެޑާގެ އޮޕަރޭޝަންތައް ހުޓާލުމަށް އަންގައިފި

ގައުމީ ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެން ކެނެޑާއިން ވަނީ އެގައުމުގައި ޗައިނާގެ ބައިޓްޑާންސް ކުންފުނީގެ ޓިކްޓޮކްގެ ވިޔަފާރިތައް ހުއްޓާލަން އަމުރުކޮށްފަ އެވެ. މި ނިންމުން ނިންމާފައި މިވަނީ ޓިކްޓޮކުން ވިޔަފާރި ފުޅާކުރުމުގެ ޕްލޭންތައް މުރާޖައާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. އިނޮވޭޝަން މިނިސްޓަރު ފްރާންސުއާ ފިލިޕް ޝެމްޕޭން ވިދާޅުވީ ޓިކްޓޮކްގެ ޗައިނާގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސް ލިމިޓެޑާ ގުޅުން ހުރި ވަކި ސެކިއުރިޓީ ރިސްކްތައް ހައްލުކުރުމަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާ ކަމަށެވެ. ނަމަވެސް ކެނެޑާގެ ރައްޔިތުންނަށް އަދިވެސް ޓިކްޓޮކް އެޕަށް […]

ޗައިނާއަށް ޓައިވާނަށް ބާރެއް ނުހިންގޭނެ: ކެނެޑާ

ކެނެޑާގެ ޕާލަމެންޓްގެ ދަށުގެ، ހައުސް އޮފް ކޮމަންސްގެ އިއްތިފާގުން ފާސްކޮށްފައި ވަނީ ޓައިވާންގެ މައްޗަށް ޗައިނާގެ ސިޔާދަތެއް ނެތް ކަމަށެވެ. އަދި ޗައިނާއިން ޓައިވާނަށް ކުރާ ދައުވާއަކީ ބާޠިލު ދައުވާއެއް ކަމަށެވެ. ޗައިނާއިން ބުނާ ގޮތުގައި ޓައިވާނަކީ ވަކިވެގަންނަން އުޅޭ ބާޣީ ސަރަހައްދެކެވެ. ކެނެޑާގެ ޕާލަމެންޓުން ވަނީ މި ހުށަހެޅުމަށް ނޮވެމްބަރު ހަތް ވަނަ ދުވަހު ބޭއްވި ޕާލަމެންޓްގެ ބައްދަލުވުމުގެ ކުރިން ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ތާއީދު ހޯދާފަ އެވެ. ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ޓެކްނޮލޮޖީއާއި، ތަޢުލީމާއި، […]

ޕާކިސްތާނުން ހިޖުރަކުރުން އިތުރު ވެފައި

އައިއެމްއެފްގެ ހަތް ބިލިއަން ޑޮލަރުގެ ބެއިލްއައުޓަކަށް ފަހު އިގްތިސާދީ ހަމަޖެހުމުގެ އަލާމާތްތައް ފެނުނު ނަމަވެސް، ޕާކިސްތާނުގެ މަތީ ތައުލީމީ ހޯދާފައިވާ މީހުންނާއި އަދި ހުނަރުވެރި ފަރުދުން ދަނީ އައު ދިރިއުޅުމެއް ހޯދުމަށް ގައުމުން ބޭރަށް ހިޖުރަ ކުރަމުންނެވެ. އެއް ޒަމާނެއްގައި އުންމީދީ މަންޒިލެއްކަމުގައިވި ޕާކިސްތާން ދޫކޮށް ދިއުން، ފަގީރުންނާއި މެދުފަންތީގެ މީހުންގެ މެދުގައި މިހަރު އާންމު ކަމަކަށް ވެއްޖެއެވެ. ނަތީޖާއަކަށް ވެގެންދަނީ ހެލްތްކެއާ، ޓެކްނޮލޮޖީ، އަދި ފައިނޭންސް ފަދަ މުހިންމު ދާއިރާތަކަށް އަސަރު ކުރަމުންދާ ކަމެވެ. އަދި […]

ތައުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. ޒާހިރު ޙުސައިނަށް އަރުވަނީ

ޑޮކްޓަރ ޒާހިރު ޙުސައިން

ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ޑރ. މުހައްމަދު ޒާހިރު ހުސައިނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިިއްޒު ނިންމަވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ޝަރަފް ލިބިވަޑައިގެންފައިވާ ޑރ. ޒާހިރު ހުސައިނަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ އެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓަރުކަން ޒަމާންތަކެއް ވަންދެން ކުރައްވައިފައެވެ. ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށް މި ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހިރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި […]

ޤުރުބާނީ (ދެވަނަ ބައި)

ޤުރުބާނީ (ހަތަރުވަނަ ބައި)

މަތީ ޘާނަވީ ފުރިހަމަކޮށް، ކާމިޔާބު ކަމާއެކު ސްކޫލް ދައުރު ނިންމާލިއިރު، ޝަހާ ވަނީ ޙަޔާތުގެ ބައިވެރިޔަކަށް ވާނެ ފަރާތެއްވެސް އިޚްތިޔާރު ކުރަން ނިންމާފައެވެ. ޝަހާގެ ހިތް ވަނީ ފެށުނީއްސުރެވެސް އަޙްސަންއަށް ދެވިފައެވެ. އެހެނަސް އަޙްސަންގެ ހިތުގެ މަލިކާއަކީ ފާތުން ކަމެއް ޝަހާއަކަށް ނޭނގެއެވެ. އަދި އެ ޙަޤީޤަތް ޚުދު ފާތުންއަށްވެސް އެނގިފައި ނުވާ ކަހަލައެވެ. އެހެނީ ފާތުން އަބަދުވެސް ދިޔައީ އަޙްސަން އާއި ޝަހާ ގުޅުމަށް ތާއީދުކޮށް  އެކަމަށް އުންމީދު ކުރަމުންނެވެ. ޝަހާ އަދި ފާތުންނަށްވެސް އަޙްސަން […]

ޕާކިސްތާނުން 5ޖީ ތައާރަފް ކުރަނީ

ޕާކިސްތާންގެ ޓެލެކޮމިއުނިކޭޝަން ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ޕާކިސްތާން ބޮޑު ވަޒިރު ވިދާޅުވަނީ، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އައިޓީ ޕްރޮޑަކްޓްތައް އެކްސްޕޯޓް ކޮށްގެން ޕާކިސްތާނަށް 25 ބިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމަށެވެ. ޕާކިސްތާނުން ދަނީ އިންފޮމޭޝަން ޓެކްނޮލޮޖީ ޕާކް ތަރައްގީ ކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ. ޕާކިސްތާންގައި މިހާރު ހިނގަމުންދާ އައިޓީ މަޝްރޫއުތަކާއި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތައް މުރާޖައާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ޝަހްބާޒް ޝަރީފް […]