1.5 ބިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސް ކުރުމުގެ މަޝްވަރާކުރަނީ
އެކިއެކި ގައުމުތަކަށް ރާއްޖޭން ދައްކަންޖެހޭ ދަރަނީގެ ތެރެއިން 1.5 ބިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސް ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ރަސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. ކުރިއަށް އޮތް ތަނުގައި ދައުލަތުގެ ދަރަނި އަދާކުރުމުގައިހުރި ކަންބޮޑުވުންތަކާބެހޭގޮތުން އެމްއެމްއޭގެ ގަވަރުނަރު ކޮމިޓީގައި ދެއްކެވި ވާހަކަތަކާ […]
ސެމީކޮންޑަކްޓަރ އިން ގިނަ ވަޒީފާތަކެއް
އިންޑިއާ އިން 2026 ވަނަ އަހަރުގެ ނިޔަލަށް ސެމީކޮންޑަކްޓަރ ދާއިރާއިން އެއް މިލިއަން ވަޒީފާ އުފެއްދުމަށް ތައްޔާރަށް އޮތް ކަމަށް އެންއެލްބީ ސާވިސަސްގެ ރިޕޯޓެއްގައިވެ އެވެ. މިއީ ޑިމާންޑް ގިނަ ވަޒީފާގެ ކެޓަގަރީތަކެއް ހިމެނޭ ކަމެއް ކަމަށްވާއިރު، ކޮމްޕިއުޓަރ ޗިޕް ފޭބްރިކޭޝަންގެ 300،000 ވަޒީފާ އެކި ދާއިރާތަކުން އުފެދިގެން ދާނެއެވެ. އަދި އެސެމްބަލް ކުރުމާއި ޓެސްޓް ކުރުމާއި މާކް ކުރުމާއި ޕެކޭޖިން ގެ ދާއިރާތައް ފަދަ ދާއިރާތަކުން 2 ލައްކަ ވަޒީފާ އުފެދިގެން ދާނެއެވެ. އަދި ޗިޕް […]
ޗައިނާގެ ވާހަކައަށް ޓައިވާނުން ދެކޮޅު ހަދައިފި
ޓައިވާނުން ވަނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއަށް ސިޔާދަތު އޮތްކަމަށް ބުނާ ވާހަކަތަކަށް ދެކޮޅު ހަދައިފައެވެ. ފޯކަސް ޓައިވާން އިން ބުނާ ގޮތުގައި ޓައިވާންގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ނެރުނު ބަޔާނެއްގައި ބާރުއަޅާފައިވަނީ، ބައިނަލްއަގްވާމީ އަދި ކަނޑުގެ ގާނޫނުތަކާ އެއްގޮތަށް ދެކުނު ޗައިނާ ކަނޑުގައި ޖަޒީރާ ޖަމާއަތްތަކާއި އެމީހުންގެ ވަށައިގެންވާ ކަނޑުގެ ހުރިހާ ހައްގުތަކެއް ޓައިވާނަށް ލިބިގެންވާ ކަމަށެވެ. ތައިވާނަކީ ޗައިނާއިން ދެކޭ ގޮތުގައި އެ ގައުމުގެ ބާޣީ ސަރަހައްދެކެވެ. ޓައިވާނުން މިކަން އަލުން […]
ސްކޫލްތަކުގައި މަސްތުވާތަކެތި ބޭނުންކުރުން އާންމުވާތީ ފިޔަވަޅު އަޅަނީ
ތައުލީމީ މުއައްސަސާތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ސަރަހައްދު ހުރަސްކޮށް މަސްތުވާތަކެތީގެ ޓްރެފިކިން އިތުރުވުމާ ގުޅިގެން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކުން ވަނީ މާޔޫސްކަން ފާޅުކޮށްފައެވެ. އަދި މިކަން ހައްލު ކުރުމަށް ހަރުދަނާ ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ނާކޮޓިކްސް ކޮންޓްރޯލް އަށް އިލްތިމާސްކޮށްފަ އެވެ. މަލިކު ޝާހު އިސްކޮށް ހުންނަވައިގެން ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީ ގެ ކޮމިޓީ އޮން ނާކޮޓިކްސް ކޮންޓްރޯލް އިން ވަނީ ސްކޫލްތަކާއި ކޮލެޖުތަކުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކޮންކްރީޓް ފިޔަވަޅުތަކެއް އަޅަން ޖެހޭ […]
މަގާމުތަކުން އެމެރިކާއާއި އިންޑިއާގެ ގުޅުން ބަދަހި ވާނެ
ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް މައިކަލް ވޯލްޓްޒް އާއި ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް މާކޯ ރޫބިއޯ އައްޔަން ކުރުމަކީ އެމެރިކާ އާއި އިންޑިއާގެ ގުޅުމަށް އަންނާނެ ވަރަށް ބޮޑު ބަދަލެއް ކަމަށް އިންޑިއާއިން ދެކެއެވެ. ދެ ބޭފުޅުންނަކީ ވެސް އިންޑިއާގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާ އެއްގޮތަށް އިންޑިއާއާ ގާތް ޕާޓްނަޝިޕެއް އުފެއްދުމަށް ވަރުގަދަ ވަކާލާތު ކުރާ ދެ ބޭފުޅުން ކަމަށް އިންޑިއާގެ މީޑިއާއިން ބުނެއެވެ. އެމީހުންގެ ދައުރުތަކުގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތާއި ޑިޕްލޮމެޓިކް އޮނިގަނޑުގެ ތެރޭގައި […]
ބަންގާޅު ފޭރާން އުފެއްދުމަށް ނުރައްކާވެއްޖެ
ބަންގްލަދޭޝްގެ ލީޑިން ފެކްޓްރީއެއްގެ ވެރިއަކު ވަނީ ފޭރާން އުފެއްދުމުގެ ސިނާއަތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ސިނާއަތަށް ނުރައްކާ ވަނީ ކަމަށް ބުނެ، އެކަމުގެ ސަބަބުން އެގައުމުގެ އިގްތިސާދަށް ވަރަށް ބޮޑަށް އަސަރުކޮށްފާނެ ކަމުގެ އިންޒާރު ދީފަ އެވެ. ބަނގްލަދޭޝްގެ ސިނާއަތުގެ ދާއިރާއަށް ވެރިވަމުން އަންނަ ހަލަބޮލިކަމުގެ ސަބަބުން އިންޑިއާއިން ޒަރޫރީ ރޯ މެޓީރިއަލް އެތެރެކުރުމަށް ވެސް ބުރޫއަރަމުން ދެއެވެ. ފެކްޓްރީތަކުގެ ވެރިން ތުހުމަތު ކުރަނީ ވަގުތީ ސަރުކާރުގެ ތަޖުރިބާ ނެތުމުގެ ސަބަބުން މީހުންގެ މުޒާހަރާތަކާއި ހަމަނުޖެހުންތައް […]
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ޗައިނާގެ ގިނަ ކުންފުނި ބަންދުކޮށްފި
ޗައިނާގެ މީޑިއާ ޓީއެމްޓީޕޯސްޓާ ހަވާލާދީ ލިބަޓީ ޓައިމްސް އިން ބުނި ގޮތުގައި 2019 ވަނަ އަހަރު އެމެރިކާއިން ޗައިނާގެ ކޮމްޕިއުޓަރު ޗިޕް ސިނާއަތަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފެށި ފަހުން ޗައިނާގެ 22،000 އަށް ވުރެ ގިނަ ސެމީކޮންޑަކްޓަރ ކުންފުނި ބަންދުކޮށްފައިވެއެވެ. 2023 ވަނަ އަހަރު ނިމުނުއިރު ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އެކަމުން އަސަރުކޮށްފައިވެ އެވެ. ޗައިނާގައި ޗިޕް އުފެއްދުމުގެ މައިގަނޑު ޓެކްނޮލޮޖީތައް ނެތުމާއި ފަންނީ ހުރަސްތަކުން އަރައިގަތުމަށް ދިމާވާ ދަތިތަކުގެ ސަބަބުން ބޭނުންވާ ވަރަށް […]
ޗައިނާއިން މަނަވަރަކަށް ނިއުކްލިއަރ ރިއެކްޓަރެއް އުފައްދަނީ
ޗައިނާއިން ވަނީ އެގައުމުގެ މަތިންދާބޯޓު އުފުލާ މަނަވަރެއް ނިއުކްލިއަރ ހަކަތައިން ދުއްވަން ތައްޔާރުކޮށްފައެވެ. ތަޖުރިބާކާރުން ތަހުލީލުކޮށް، އެސޯސިއޭޓެޑް ޕްރެސްއާ ހިއްސާކޮށްފައިވާ އާ ސެޓެލައިޓް ތަސްވީރުތަކާއި ޗައިނާ ސަރުކާރުގެ ލިޔެކިޔުންތަކުން ފެންނަ ގޮތުގައ ޗައިނާއިން ވަނީ އެއްގަމުގައި އެފަދަ ވަސީލަތެއް އުފައްދައި ޓެސްޓް ކޮށްފައެވެ. ދުނިޔޭގެ ކަނޑުގެ އެންމެ ބޮޑު ބާރު ކަމަށްވާ ޗައިނާގެ ކަނޑުގެ ސިފައިން އަންނަނީ ހަލުވިކަމާއެކު އެގައުމުގެ އަސްކަރީ ފްލީޓް ޒަމާނީ ކުރަމުންނެވެ. މަނަވަރުތަކުގައި ބޭނުން ކުރުމަށް ނިއުކްލިއާ އިންޖީނުގެތައް ބިނާކޮށް އިތުރުކުރުމަކީ އެމެރިކާގެ […]
ޖިނާއީ ނިޒާމު އިސްލާހު ކުރުމަށް ގޮވާލައިފި
އދގެ ހިއުމަން ރައިޓްސް ކައުންސިލްގައި އިންޓަނޭޝަނަލް ކޮވެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގެ ދަށުން ޕާކިސްތާނުން ދެވަނަ ރިވިއު ކުރިއަށް ގެންގޮސްފިއެވެ. އައިސީސީޕީއާރުގެ 14 ވަނަ މާއްދާއާއި 15 ވަނަ މާއްދާގެ ދަށުން އިންސާފުވެރި ޝަރީއަތްތަކުގެ ހައްގުތައް މީހުންނަށް ގެއްލޭ ކަމަށާއި އަސްކަރީ ކޯޓުތަކުގައި މަދަނީ ޝަރީއަތްތައް ހިންގުމުން ހައްގުތައް ހަނިވާކަމަށް ބުނެ އެކަން ވަގުތުން ހުއްޓާލުމަށް ކޮމިޓީން ގޮވާލި އެވެ. ރައްޔިތުންގެ ޕްރައިވެސީ ހިމާޔަތް ކުރުމަށްޓަކައި އައިސީސީޕީއާރުގެ 17 ވަނަ މާއްދާއާ […]
މީޑިއާ ކޮމިޝަން ބިލާމެދު ކަންބޮޑުވުން ފާޅުކޮށްފި
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބިލާ މެދު ބައެއް ނޫސްވެރީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ނޫސްވެރިން މިކަމަށް ކަންބޮޑުވުން ފާޅުކުރީ އެމްޑީޕީން ބައެއް ނޫސްވެރީންނާއެކު މިއަދުބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން ވެސް ބައިވެރިވިއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބޮޑެތި ބައެއް ނޫސްތައް ވެސް ބައިވެރިވިއެވެ. އެމްޑީޕީން ބުނެފައިވަނީ މި ބިލަކީ ނޫސްވެރިންނާއި މީޑިއާތައް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ހުށަހަޅާފައިވާ ބިލެއްކަމަށެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމާއި […]