ޑިސެމްބަރ 23, 2024 13:33

ދައުލަތަށް ލިބެންވާ ބިލިޔަން ރުފިޔާ ހޯދަން މީރާއަށް ގާނޫނީ ބާރު ދޭންޖެހޭ

ދެހާސް ބާވީން ވަނަ އަހަރުންފެށިގެން އެކި ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ 23.6 ބިލިޔަން ރުފިޔާ ނުލިބި އެބައޮތް ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ. ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2025 ވަނައަހަރުގެ ދައުލަތުގެ ބަޖެޓާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އޮޑިޓާޖެނެރަލް ވިދާޅުވީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2022 ވަނަ އަހަރު 5.9 ބުލިޔަން ރުފިޔާ، 2023 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް […]

އިންޑިއާއިން ކުދި ސައިޒްގެ ރިއެކްޓަރުތައް ތައާރަފް ކޮށްފި

އިންޑިއާއިން ސްމޯލް މޮޑިއުލާ ރިއެކްޓަރސް (އެސްއެމްއާރު) ގެ އެހީގައި އެގައުމުގެ ހަކަތަ ދާއިރާއަށް އިންގިލާބެއް ގެނައުމަށް މަސައްކަތް ފަށައިފިއެވެ. ކުދި ސައިޒްގެ ހަކަތަ އުފައްދާ ރިއެކްޓަރަކީ، އިންޑިއާގެ ސިނާއީ ހަލުވި ކުރިއެރުމާއި ސިޓީތަކަށް މީހުން ތޮއް ޖެހުމުގެ  ސަބަބުން އިންޑިއާގެ ހަކަތައަށް އޮތް ޑިމާންޑް އިތުރުވެފައިވާ މައްސަލައަށް ހޯދާ ހައްލެކެވެ. އިންޑިއާގެ އަމާޒަކީ ފޮސިލް ފިއުލްއަށް ބަރޯސާވުން ކުޑަކުރުމެވެ. ކުދި ސައިޒުގެ ރިއެކްޓަރުތަކަކީ، އިންވެސްޓްމެންޓް ކުޑަ އަދި ބިމުގެ ގޮތުން ކުޑަ ތަނަކަށް ފެތޭނެ އެއްޗެކެވެ. ކުދި […]

އެމްއެމްސީ ހާޒިރުކުކޮށް ކޮމިޓީ ބައްދަލުވުން މިއަދުވެސް ސިއްރު ކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) މެންބަރުން ހާޒިރުކުރި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން މިއަދުވެސް ސިއްރު ކޮށްފިއެވެ. ކޮމިޓީގެ މިއަަދުގެ ބައްދަލުވުން ސިއްކު ކުރަން ހުށަހެޅުއްވީ، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. ތާއީދު ކުރެއްވީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އެވެ. އެމްއެމްސީއާ ބެހޭގޮތުން ކޮމިޓީއަށް ގިނަ މައްސަލަތަކެއް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސް ވެރިންނާއި ސަރުކާރުުގެ އިދާރާތަކާ ގުޅޭގޮތުން ދޮގު ހަބަރު ފަތުރާ […]

ލޯބިވެރިޔާއަށް އިންޒާރުދިން ފުލުހަކު ހައްޔަރުކޮށްފި

އއ. މަތިވެރި/ފޮޓޯ ސޯޝަލް މީޑިއާ

ލޯބިވެރިޔާއަށް އިންޒާރުދިން ފުލުހަކު ހައްޔަރުކޮށްފިއެވެ. މިމަހު ތޭރަވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ  އއ. މަތިވެރީ ޕޮލިސް ސްޓޭޝަގައި ރެކްރޫޓު ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންއަންނަ އުމުރުން ނަވާއަހަރުގެ ޒައިދާން މުހައްމަދެވެ. އޭނާ ވަނީ ލޯބިވެރިޔާގެ ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލާނޭ ކަމަށް ބުނެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން މަތިވެރީ ކޯޓަށް ގެންދިޔުމުން ތިން ދުވަހަށް އޭނާ ބަންދުކުރަން ފުލުހުންގެ މައްޗަށް ވަނީ އަމުރު […]

ބަޖެޓް ދޮގުކުރާ މެންބަރަކު އަންނަ ދައުރަށް ނުހޮވޭނެ: ފަލާހު

އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ، ގޯސް ބަޖެޓެއް ކަން ފާހަގަކޮށް ބަޖެޓް ދޮގުކުރާ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު، ކުރިއަށް އޮތް މަޖިލީހަށް ނުހޮވޭނެ ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހު މިއަދު ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ މިހާތަން ހުށަހެޅި އެންމެ ރަނގަޅު ބަޖެޓް ކަމަށާއި އެވަރުގެ […]

އިންޑިއާ ސައޫދީ ސްޓްރެޓެޖިކް ކައުންސިލްގެ ބައްދަލުވުން ބާއްވައިފި

އިންޑިއާއާއި ސައޫދީ އަރަބިއްޔާގެ ސްޓްރެޓެޖިކް ޕާޓްނާޝިޕް ކައުންސިލްގެ ބައްދަލުވުން ބާއްވައިފިއެވެ. މިއީ ސައޫދީ ވަލީޢަހުދު މުހައްމަދު ބިން ސަލްމާނާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީގެ ލީޑަޝިޕްގައި އެކުލަވާލާފައިވާ ކައުންސިލެކެވެ. އިންޑިއާ ސައޫދީ ސްޓްރެޓެޖިކް ކައުންސިލްގެ ބައްދަލުވުމުގައި ސަރަހައްދީ މައްސަލަތަކާއި ބައިނަލްއަޤްވާމީ ޕާޓްނާރޝިޕާއި މެދުއިރުމަތީގެ މާހައުލާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. އިންޑިއާ ސައޫދީ ސްޓްރެޓެޖިކް ޕާޓްނާޝިޕް ކައުންސިލަކީ، ސިޔާސީ، ކޮންސިއުލަރ، ޑިފެންސް […]