ޑިސެމްބަރ 22, 2024 22:26

ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލް ހުޅުވައިފި

ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލް ހުޅުވައިދެއްވުން/ފޮޓޯ ރައީސް އޮފީސް

ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފްކުރެވޭ ޚިދުމަތްތަކާއެކު، ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ހަމަ ޖައްސަވައި މިއަދު ހުޅުވައިފިއެވެ. ޓަރޝަރީ ފެންވަރަށް ތަން ބަދަލުކޮށް އަލުން ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. މިއަދު ހަވީރު ހުޅުމާލެ ހޮސްޕިޓަލުގައި އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އައި.ސީ.ޔޫ.، އެން.އައި.ސީ.ޔޫ. އަދި ސީ.އެސް.ޑީ ޚިދުމަތްތައް އިފްތިތާހުކޮށްދެއްވައިފައެވެ. ރައީސުް ވަނީ އެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފް ކުރި ޚިދުމަތްތަކާބެހޭ ވީޑިއޯ ރިޕޯޓު […]

އޭޝިއަގެ އިގްތިސާދީ ހަކަތައަކީ ޗައިނާއެއް ނޫން

އޭޝިއާގައި އިގްތިސާދީ ދުވެލި ދައްކާލާނީ އިންޑިއާއާއި އޭޝިއާގެ ތަރައްގީވަމުން އަންނަ އެހެން އިގްތިސާދުތަކުންނެވެ. އިންޑިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ކުރިއަރަމުން އަންނަ އިގްތިސާދުތައްކަމަށްވާ އިންޑޮނޭޝިއާ، ފިލިޕީންސް، އަދި މެލޭޝިއާ ގެ އގްތިސާދުތަކުން އޭޝިއާގެ ކުރިއެރުން ދައްކާލާނެކަމަށް މޯގަން ސްޓެންލީން ނެރުނު އާ ރިޕޯޓެއްގައި ބުނެފި އެވެ. އެ ރިޕޯޓު ބުނަނީ މި ގައުމުތައް ސެންޓަރ ސްޓޭޖަށް އަރާނެ ކަމަށެވެ. އަދި ކުރިއާ ޚިލާފަށް މި ސަރަހައްދުގެ ތަރައްގީގައި ޗައިނާގެ ޙިއްޞާ ދަށްވާނެ ކަމަށް މި ރިޕޯޓުގައި […]

ކުޅިވަރުގެ ދާއިރާ 130 ބިލިއަން ޑޮލަރަށް

އިންޑިއާގެ ކުޅިވަރު ސިނާއަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާކޮށްފިއެވެ. ގޫގުލް އާއި ޑެލޮއިޓް އިން ނެރުނު އާ ރިޕޯޓެއްގައި ބުނެފައިވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގެ ކުޅިވަރުގެ ސާމާނުގެ ވިޔަފާރި 130 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. މި ރިޕޯޓުގައި ބުނަނީ، ސަރުކާރުގ ކުޅިވަރަށް ހިތްވަރު ދިނުމުގެ ސިޔާސަތާއި އިންވެސްޓްމަންޓްތައް އިތުރުވުމާއި، މަލްޓި ސްޕޯޓް ކަލްޗަރ ތައާރަފް ކުރުމާއި، ޑިޖިޓަލް ވަސީލަތްތަކަށް ސަމާލުކަން ދިނުންފަދަ ކަންކަމަކީ މި ކުރިއެރުމުގެ މުހިންމު ބައެއް ކަމަށެވެ. އަދި […]

އިންޑިއާގެ ވައިގެ ސިފައިން ބަހުރައިންގައި

އިންޑިއާގެ ވައިގެ ސިފައިން ބަހްރެއިން އިންޓަނޭޝަނަލް އެއާ ޝޯގައި ބައިވެރިވެއްޖެ އެވެ. ސަޚިރު އެއާ ބޭސްގައި ބާއްވާ ބަހްރެއިން އިންޓަނޭޝަނަލް އެއާ ޝޯގައި އިންޑިއާގެ ވައިގެ ސިފައިން ބައިވެރިވާއިރު، ސަރަންގް ހެލިކޮޕްޓަރު ޓީމުން އުދުހުންތައް ދައްކާލާނެ އެވެ. 2003 ވަނަ އަހަރު އުފެއްދި ހެލިކޮޕްޓަރ ސަރަންގް ޓީމުން ދައްކާލާނީ ފަސް ހެލިކޮޕްޓަރުގެ ފޯމޭޝަން އެވެ. 2004 ވަނަ އަހަރު ފުރަތަމަ ބައިނަލްއަގްވާމީ ޝޯވ އެއްގައި އެޓީމުން ބައިވެރިވިއެވެ. އެއަށްފަހު ދުނިޔޭގެ 385 ތަނެއްގައި 1،200 އަށް ވުރެ […]

ޑްރޯން ބޭނުންކޮށްގެން ބޯޓެއް އަތުލައިގެންފި

މިއަދު އަތުލައިގަތް ބޯޓު/ފޮޓޯ އެމްއެންޑީއެފް

ގާނޫނާ ޚިލާފަށް ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ވަދެގެން އުޅުނު ބޭރު ގައުމެއްގެ ބޯޓެއް އަތުލައިގެންފިއެވެ. އެ ބޯޓު އަތުލައިގެންފައިވަނީ ރާއްޖެގެ އުތުރުގެ ސަރަހައްދުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިއީ އެމްއެމްއެންޑީއެފް އެއަރ ކޯރ އާއި ކޯސްޓުގާޑު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ބޯޓެކެވެ. މި އޮޕަރޭޝަނުގައި ވަނީ ޑްރޯން ބޭނުންކޮށްފައެވެ. ގަނޫނާ ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެގެން އުޅުނު ބޯޓު ހޯދައިގެންފައިވަނީ ޑްރޯނުންނެވެ. މި ބޯޓު މިހާރުވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. […]

އިންޑިއާ ފިލިޕީންސް ގުޅުމަށް 75 އަހަރު

އިންޑިއާ އާއި ފިލިޕީންސްގެ ޑިޕްލޮމެޓިކް ގުޅުމަށް 75 އަހަރު ފުރިއްޖެއެވެ. އިންޑިއާއިން ވަނީ މުނާސަބާ ފާހަގަ ކުރުމަށް ޚާރިޖީ ވުޒާރާއިން ޚާއްސަ ލޯގޯއެއްވެސް ދައްކާލާފައެވެ. ޚާރިޖިއްޔާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ހިއްސާކޮށްފައިވާ މި ލޯގޯއަކީ ދެ ގައުމުގެ މެދުގެ އެކުވެރިކަމާއި، ސަގާފަތް ބަދަލުކުރުމާއި، ހިއްސާކުރެވޭ އަގުތައް ރަމްޒުކޮށްދޭ ލޯގޯއެކެވެ. މި ލޯގޯގެ ޑިޒައިންގައި ފިލިޕީންސް އާއި އިންޑިއާގެ ރަމްޒީ ކަންކަމުގެ އެއްބައިވަންތަ ގުޅުން ދައްކުވައިދެއެވެ. މިއީ 75 އަހަރު ތެރޭގައި އުފެދިފައިވާ ދެފަރާތުގެ އިހުތިރާމާއި ބަދަހި ގުޅުން […]

ސްޓްރެޓެޖިކް އެންގޭޖްމަންޓްތަކާއެކު އަސްކަރީ ޑިޕްލޮމެސީ ފުޅާކޮށްފި

އިންޑިއާއިން ވަނީ އަސްކަރީ ޑިޕްލޮމެސީ ފުޅާކޮށް ބޭރުގެ ސިފައިންނާއެކު ސިލްސިލާ ޖޮއިންޓް ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި ފުޅާ ދާއިރާއެއްގައި ސިފައިންގެ 3 ސާވިސްގެ ޑްރިލްތައް ވެސް ބާއްވާފައެވެ. މި ސްޓްރެޓެޖިކް ލޮޅުމާއެކު އިންޑިއާއިން ވަނީ ސަރަހައްދީ ހަމަޖެހުން ގާއިމްކޮށް، ދިފާޢީ ޤާބިލުކަން އިތުރުކޮށް ބައިނަލްއަޤްވާމީ ނުފޫޒު އިތުރުކުރުމަށް ކުރާ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. ފާއިތުވި މަސްތަކުގައި އިންޑިއާއިން ދުނިޔޭގެ ބައެއް ބާރުތަކާއެކު އަސްކަރީ ތަމްރީނު ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން، އެމެރިކާ، ރަޝިޔާ، ފްރާންސް، ޖަޕާން، […]

ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، ފޯރުކޮށްދިނުމުގެ ޚިދުމަތް ފަށައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙުކުރައްވައިފިއެވެ. މި ޚިދުމަތް އިފްތިތާޙުކޮށްދެއްވާފައިވަނީ މިކަމަށް ޚާއްޞަކޮށް، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައެވެ. މި މަސައްކަތުގެ ދަށުން މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ލ. އަތޮޅާއި ދ. އަތޮޅަށް މި މަސައްކަތް ވަނީ ފުޅާކޮށްފައެވެ. އެގޮތުން، ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ، ދ. ކުޑަހުވަދޫ އަދި […]

ފްލެޓް ލިސްޓް ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ހުޅުމާލެ ފޭސް ދޭއް/ފޮޓޯ ހިރިނިއުސް

ފްލެޓް ލިސްޓް ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާކަން ހާމަކޮށްފައި ވަނީ ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ ”ގެދޮރު ވެރިޔާ“ ސްކީމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ފެއްޓެވި މަޝްރޫއެކެވެ. އެ މަޝްރުއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެމަނިކުފާނުގެ ވެރިކަމުގައި 15 ނޮވެމްބަރު 2023 ގައި ނެރުނު ނަމަވެސް، ލިސްޓް އެކުލަވާލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް […]

އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅަން ޗައިނާ ކުންފުންޏަކަށް

އޭދަފުށި/ފޮޓޯ ސޯޝަލް މީޑިއާ

ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. އެކަމަށްޓަކައި ރައީސުލްޖުމްހޫރިްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސައިނޯ ހައިޑްރޯ ކޯޕަރޭޝަންގެ ކަންޓްރީ މެނޭޖަރު ޕެން ގުއާންޝޫއެވެ. މި ރަސްމިއްޔާތުގައި މިިނިސްޓަރު މުއްތަލިބު ވިދާޅުވީ، މިއެއްބަސްވުމަކީ ހުސްވި މެއިމަހުގެ އަށްވަނަ ދުވަހު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ކައުންސިލާއި ގެދޮރުވެރިކަމާއި […]