ޤުރުބާނީ (ތިންވަނަ ބައި)
ކުޑަ އިރުކޮޅަކު ވިސްނާލަން ހުރެފައި ފާތުން އޭނާގެ ވާހަކައާއިގެން ކުރިޔަށް ދިޔައެވެ. ”ހީކޮށްލާ މިއީވެސް ހުށައެޅުމެކޭ. އެކަމަކު ކުރިންވެސް ބުނިހެން މިއީ އަހަރެންގެ ހުށައެޅުމެއް ނޫން އިނގޭ.“ އިސްދަށަށް ޖަހައިގެން ހުރި ފާތުން، މަޑުމަޑުން އިސް އުފުލާލިއެވެ. އަދި މަޑުމައިތިރި ކަމާއިއެކު ވަށްކަޅިން ކަހަލަ ގޮތަކަށް އަޙްސަންއާއި ދިމާއަށް ބަލައިލިއެވެ. ”ދެން އެހެން ވިއްޔާ ކާކުގެ ހުށައެޅުމެއް؟ އަނެއްކާ ކޮންކަހަލަ ހުށައެޅުމެއް؟ އަވަހަށް ބުނޭ.“ އެވަޤުތު އަޙްސަން ކުރަން ބޭނުންވި ހުރިހާ ސުވާލުތަކެއް އެއްފަހަރާ ފާތުންގެ ކުރިމައްޗަށް […]
ޖަޕާނުގައި އެމެރިކާ ފަތުރުވެރިޔަކު ހައްޔަރުކޮށްފި
ޖަޕާނުގެ މޭޖީ އެމްޕެރަރގެ މަގްބަރާގެ ގޭޓުގައި އާއިލާގެ މީހުންގެ ނަންތައް ކަނޑައިނެގި އެމެރިކާ ޓުރިސްޓު ހައްޔަރުކޮށްފިއެވެ. ޓޯކިޔޯގެ ޝިބޫޔާ އަވަށުގައި މިމީހާ ހައްޔަރު ކުރުމުން އޭނާ ވަނީ އާއިލާގެ މެމްބަރުންގެ ނަންތައް ގޭޓްގައި ލިޔުނުކަމަށް އެއްބަސްވެފައެވެ. އޭނާއަދިވެސް ވަނީ ހައްޔަރުކޮށްފައެވެ. އެކަމަކު އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. މިދިޔަ މަހުވެސް އެމެރިކާ މީހަކު ޓޯކިޔޯގެ ޑަސްބިންތަކެއްގައި ހުޅުޖަހަނިކޮށްވެސް ހައްޔަރުކޮށްފައި ވެއެވެ، އޭނާ އެކަން ކުރީ މަޖަލަކަށެވެ.
މަރުގެންނެވީ 101 އަހަރު ފަހުން
އުމުރުން 101 އަހަރުގައި ޖަޕާނުގެ ޔޫރީކޯ އަމީރާ އަވަހާރަވެއްޖެއެވެ. އުމުރުން 18 އަހަރުގައި އޭނާ ޖަޕާނުގެ ޝާހީ އާއިލާއާއި ގުޅިވަޑައިގަތީ ކުރީގެ އެމްޕެރަރ ހިރޮހީތޯގެ ކޮއްކޮއާ ކައިވެނި ބައްލަވައިގެންނެވެ. ހީރޯހީތޯއަކީ އަވަހާރަވުމަށް ފަހު ޝޯވާ އެމްޕެރަރގެ ލަގަބު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޖަޕާނަކީ ބުދު ދީނަށް ތަބާވާ ބައެއްކަމުން އެގައުމުގައި މައްޔިތުންގެ ގަބުރުގައި ހުޅުޖެހުމަކީ އާދައިގެ ކަމެކެވެ.
ލީބިޔާއާއި ޓިއުނީޝިއާގެ ސަރަހައްދުގެ މައްސަލަ ޖެހެން އުޅެނީ
ޓިއުނީޝިއާގެ މަސްއޫލުވެރިން ލީބިޔާއާ ދެމެދު އޮންނަ ސަރަހައްދީ ރޮނގާމެދު ވާހަކަ ދެއްކުމުން ލީބިޔާއިން ނުރުހުން ފާޅުކޮށްފިއެވެ. ލީބިޔާގެ އަބްދުލްހަމީދު އައްދީބާގެ ވަގުތީ ސަރުކާރުން ބުނެފައި ވަނީ މިއީ ދިހަ އަހަރު ކުރިން ނިމިފައި އތް މައްސަލައެއް ކަމަށެވެ. ޓިއުނީޝިއާގެ ޑިފެންސް މިނިސްޓަރު ޚާލިދު އަލް ސުހައިލީ ވަނީ ލީބިޔާގެ ބޯޑަރާ ބެހޭ ގޮތުން ވިދާޅުވީ ލީބިޔާއާ ދެމެދު އޮންނަ ސަރަހައްދުގެ އެންމެ އިންޗިއެއް ދޫކޮށްލުމަށްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އަންގާރަ ދުވަހު ޑިފެންސް މިނިސްޓްރީގެ ބަޖެޓް ޕާލަމެންޓަށް […]
ޖަރުމަންވިލާތަށް ޕޫޓިން ދޮންފުތު ވެއްޖެ
ފިނި މޫސުމް ލައިގަންނާތީއާއި ދުނިޔޭގައި ހަނގުރާމައެއް ހިނގައިގެން ތެލާއި ގޭހަށް ބުރޫއަރާފާނެތީ ޕޫޓިންގެ ހިތް ހަލާލު ހޯދުމަށް ޖަރުމަނުން މަސައްކަތް ފަށައިފިއެވެ. ޖަރުމަންގެ މަގުބޫލުކަން ގެއްލިފައިވާ ޗާންސެލަރ އޮލްފް ޝޫލްޒް ވަނީ ގަޑިއިރުވަންދެން ޕޫޓިންއާ ވާހަކަދައްކަވާފައެވެ. ޖަރުމަނުން ބޮޑާހާކައި ރަޝިޔާ ބާކީ ކުރުމަށްފަހު ދެ އަހަރަށް ފަހު ޕޫޓިންއާ ވާހަކަ ދެއްކުމަށް ޝޫލްޒް ދެ ގާޑިއިރު ހޭދަ ކުރެއްވުމުން މީހުން ވަނީ މަލާމާތް ކޮށްފައެވެ. ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމާއެކު ޔޫރަޕްގެވެރިންވެސް ތިބީ ވާނުވާނޭނގުމެއް ގެ ތެރޭގައެވެ.
ގިތަލެއްގެ މައްސަލާގައި އެމެރިކާ ހައިރާންވެފައި
ކިރިގީޒިސްތާނުން ވަގަށް އެތެރެ ކުރި ގިތަލެއް ކްލޯން ކޮށްގެން އެމެރިކާގައި މައްސަލައަކަށް ވެއްޖެއެވެ. ކިރިގީޒިސްތާނުން ގެނައި ގިތަލަކުން ދިރޭ ފަނި ނަގައިގެން އޭގެ ނަސްލުތައް ކުލޯނު ކުރި މީހާ ވަނީ 6 މަހަށް ޖަލަށް ލާފައެވެ. އޭނާ ވަނީ 10 ހާސް ޑޮލަރަށް މަގުން މި ވައްޔަރުގެ ބިޔަ ބަކަރި ވިއްކާފައެވެ. ހަ ފޫޓޫ އުސް މި ބިޔަ ބަކައްޓަކީ ނާދިރު ވައްތަރެކެވެ. އެމެރިކާ ގެ މޮންޓާނާއިން ވިސްނަމުން ދަނީ އެމީހާ ކްލޯން ކުރި ޖަނަވާރުތަކަށް ހަދާނެ […]