ޑިސެމްބަރ 23, 2024 12:43

މަސްވެރިންގެ ހައްގުގައި ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ބަސްބުނެފި

ފަރެސްމާތޮޑާ ބާޚިރާ ދޯނިން ހުޅުމާލެއަށް މަސްކިރަނީ/ފޮޓޯ ހިރި

ފަރެސްމާތޮޑާ މަސްވެރީން ބާނާ މަހަށް ފައިސާ ނުލިބި ލަސްވަމުންދާތީ އެކަމާ އެރަށު ކައުންސިލްގެ ރައީސް އަހުމްދު އިމްތިޔާޒު ކަންބޮޑުވުން ފާޅު ކުރައްވައފިއެވެ. އެފްބީގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ ”މަސްވެރިން ބާނާ މަހަށް ފައިސާނުލިބި ލަސްވުމަކީ މަސްވެރި ރަށްރަށުގެ އިގްތިސާދު ފުނޑު ފުނޑުވެ މަސްވެރި އާއިލާތައް ދަރަނިވެރިވެ، ވޭނާއި ކެކުޅުން ތަހައްމަލް ކުރަން ޖެހޭ ކަމެއް،“ ކަމަށެވެ. އެހެންނަމަވެސް މަސްވެރީންގެ ކެކުޅުމުގެ އަޑުއަހާނޭ ބަޔަކު ތިބިހެން ހީނުވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ”މިއަދު މިބާނާ މަދު މަސްކޮޅުގެ ފައިސާވެސް […]

ފުލުހަކަށާއި އާންމު މީހަކަށް ހަމަލާދޭން އުޅުނު މީހަކު ހައްޔަރު ކޮށްފި

ފުލުހަކަށާއި އާންމުންގެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދޭން އުޅުނު މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެމީހާ ފުރަތަމަ ހަމަލާދޭން އުޅުނީ ހުޅުމާލޭ ފޭސް އެކެއްގައި އުޅުނު އާންމުންގެ މީހަކަށް ކަމަށެވެ. ފުލުސް މީހާއަށް ތޫނުއެއްޗަކުން ހަމަލާ ދޭން އުޅުނީ ހަމަލާދިން މީހާ ހައްޔަރު ކުރަން އުޅުމުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ މިއަދު 18:30 އެހައިކަންހާއިރު ކަމަށެވެ. ހައްޔަރު ކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއާ ބެހޭ […]

ލުބްނާނުގެ މިނިވަންދުވަހުގެ ތަހުނީޔާ ރައީސް ފޮނުއްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު/ފޮޓޯ ރައީސް އޮފީސް

ލުބުނާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ އެގައުމުގެ ބޮޑުވަޒީރު މުޙައްމަދު ނަޖީބު ޢަޒްމީ މީޤާތީއަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ތަހުނިޔާގެ މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ލުބުނާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް ފޮނުއްވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޒާމާންތަކެއް ވަންދެން ދެގައުމުގެެ ދެމެދުގައި ބާއްވަމުން އައިސްފައިވާ އަޚްވަންތަ ކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވެފައިވެއެވެ. […]

ވޯޓާމެލަން އިންޑެކްސްގައި 400 ކުންފުނި

ޔޫކޭގެ 400 ކުންފުންޏަކުން އިޒްރޭލުގެ ޖެނޮސައިޑަށް އެހީތެރިވެދޭ ކަމަށް ލިސްޓުކޮށް ޑޭޓާބޭސް އެއްގައި ޑޮކިއުމެންޓް ކޮށްފިއެވެ. ޕްރޮގްރެސިވް އިންޓަރނޭޝަނަލް އިން ލިސްޓު ކޮށްފައިވާ ކުންފުނުތަކުގެ ތެރޭގައި މާރެސްކްއާއި އެއަރބީއެންބިއާއި މައިކްރޯސޮފްޓާއި އެމެރޒޮންއއި ބަރކްލީޒް ބެންކުވެސް ހިމެނެއެވެ. މިލިސްޓަށް ދީފައިވާ ނަމަކީ ވޯޓާމެލަން އިންޑަކްސް އެވެ.

ޔޫރަޕްގެ ނޫސްތަކުގެ ބޭރުގަނޑުގައިވެސް މުޖުރިމު ނަތަންޔާހޫ

މުޖުރިމު ނަތަންޔާހޫގެ ފޮޓޯ ޔޫރަޕްގެ ނޫސްތަކުގެ ބޭރުގަނޑުގައިވެސް ޖަހައިފިއެވެ. ފްރާންސްގެ ނޫސް ލައުމެނިޓީގެ ބޭރުގަނޑުގައިވެސް ނަޔަންޔާހޫގެ ފޮޓޯ ޖަހާފައި ބުނެފައި ވަނީ ”ނަތަންޔާހޫ އަކީ ހަނގުރާމައިގެ ޖަރީމާތަކުގެ މުޖުރިމެއް“ ކަމަށެވެ.

ފްރާންސަށް ނަތަންޔާހޫއަށް އެތެރެވާކަށް ނުކެރޭނެ

ނަތަންޔާހޫ އެތެރެ ވެއްޖެނަމަ ފްރާނުން އޭނާ ހައްޔަރުކޮށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓާ ހަވާލު ކުރާނެ ކަމަށް މެކްރޮން ރައީސް ވިދާޅުވެއެވެ. އެއާއެކު ޗެކް ރިޕަބްލިކް، ހަންގޭރީ، ޕޮލެންޑް، ގްރީސް، ޖަރުމަން، އިނގިރޭސިވިލާތް، ސްޕެއިން، އޮސްޓްރޭލިއާ، ކެނެޑާ، ސީޝެލްސް، ދެކުނު އެފްރިކާ، ސައިޕްރަސް، ދެކުނު ކޮރެއާ، އާޖެންޓީނާ، އަދި ބްރެޒިލް ފަދަ ގައުމުތަކަށް ނަތަންޔާހޫ އެތެރެވެއްޖެނަމަ ހައްޔަރުކޮށް އިންޓަރނޭޗަނަލް ކްރިމިނަލް ކޯޓާ ހަވާލު ކުރާނެއެވެ. މީގެ އިތުރުން އެތައް ދައުވާއެއް ނަތަންޔާހޫއާ ދެކޮޅަށް އިޒްރޭލުގެ ކޯޓަށްވެސް ހުށަހެޅިފައި ވެއެވެ. […]

ނަތަންޔާހޫއަކީ ޝަރީއަތަށް ބޭނުންވެފައިވާ މުޖުރިމެއް: އެމްނެސްޓީ

ނަތަންޔާހޫ ހައްޔަރު ކުރުމަށް ނެރުނު އަމުރަށް އެމްނެސްޓީ އިންޓަރނޭޝަނަލުން އުފާފާޅުކޮށްފިއެވެ. އެމްނެސްޓީ އިންޓަރނޭޝަނަލްގެ ސެކްރެޓެރީ ޖެނެރަލް އިޒްރޭލުގެ ނަތަންޔާހޫއަށް ދިމާއަށް ވިދާޅުވީ ”ކަލޭ ތިޔައީ މިހާރު ރަސްމީކޮށް ޝަރީއަތަށް ބޭނުންވެފައިވާ މީހެއް“ ކަމަށެވެ. އެސްޖީ އެގްނިސް ކަލަމާޑް ވަނީ ނަތަންޔާހޫ ހައްޔަރުކުރުމަށް އަމުރު ނެރުމުން އެކަމާ ގުޅިގެން ނޫސްކޮންފަރެންސެއް ބާއްވާފައެވެ. އެމްނެސްޓީއަކީ ނަތަންޔާހޫގެ ހަނގުރާމައިގެ ޖަރީމާތައް ޑޮކިއުމެންޓް ކޮށްފައިވާ އެންޖީއޯއެކެވެ.

ކެނެޑާއަށް ނަތަންޔާހޫއަށް ވަންނާކަށް ނުކެރޭނެ

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓގެ އަމުރަށް ހުރިހައި ގައުމަކުންވެސް ތަބާވުމަށް ކެނެޑާއިން ގޮވާލައިފިއެވެ. އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހުއާއި ކުރީގެ ދިފާއީ ވަޒީރު ގެލެންޓު ކެނެޑާއަށް އެތެރެ ވެއްޖެނަމަ އެދެމީހުން ހައްޔަރުކޮށްފައި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓާ ހަވާލު ކުރާނެ ކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޫ ވިދާޅުވެއްޖެއެވެ. ނަޔަންޔާހޫއަށް ދުނިޔޭގެ 124 ގައުމަކަށް ދެނެއް އެތެރެ ނުވެވޭނެއެވެ. އޭނާއަކީ ދުނިޔޭގެ ނަޒަރުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ، ހިޓްލަރާ އެއްފެންވަރުގެ މުޖުރިމެކެވެ.

ޒަޔަނިސްޓުން ނައްތާލުމުގައި ހިޒުބު ކާމިޔާބު

ހިޒްބުالله އިން ވަނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް ހިފާފައިވާ ފަލަސްތީނާއި ލުބުނާނުގެ ބޯޑަރުގައި ޒަޔަނިސްޓު ސިފައިންގެ 110 އަށް ވުރެ ގިނަ ސިފައިން މަރާލަފައެވެ. އަދި  1،050 އަށް ވުރެ ގިނަ ސިފައިން ޒަކަމް ކޮށް ނުކުޅައްދައިފައެވެ. އަލްމަނާރް ޓީވީ  

ޓިކްޓޮކްގެ އަގު 300 ބިލިއަންގައި

ޓިކްޓޮކްގެ ވެރިޔާ ޗައިނާގެ ބައިޓްޑާންސް ކުންފުނިން ލަފާކުރާ ގޮތުގައި ޓިކްޓޮކްގެ އަގު 300 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފިއެވެ. މި އަދަދަކީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބައިޓްޑާންސްއިން ލަފާ ކުރި އަދަދާ އެއްގޮތް އަދަދެކެވެ. އެކަމަކު އޭގެ އަހަރެއް ފަހުން ކުންފުނީގެ އަގު %26 ދަށްވެ، 223 ބިލިއަން ޑޮލަރަށް އެރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، […]