މަރުވަމުންދާ ތަރިއެއްގެ ފޮޓޯއެއް ނަގައިފި
އަހަރެމެންގެ މިލްކީވޭގެ ބޭރުގައި އޮންނަ ގެލެކްސީއެއްގައި މަރުވަމުންދާ ތަރިއެއްގެ ކްލޯޒް އަޕް ތަސްވީރެއް ސައިންސްވެރިން ވަނީ ނަގާފައެވެ. ޑަބްލިޔުއޯއެޗް ޖީ64 ގެ ނަމުން މަޝްހޫރު މި ތަރި އޮންނަނީ އަހަރެމެންގެ ގެލެކްސީގެ އެންމެ ގާތް އެއް އަވަށްޓެރިއެއް ކަމަށް ބެލެވޭ އާދަޔާ ހިލާފު ޑްވާފް ގެލެކްސީއެއް ކަމަށްވާ ބޮޑު މެޖެލަނިކް ކްލައުޑްގަ އެވެ. ބޮޑު މެޖެލަނިކް ކްލައުޑް އޮންނަނީ ސްވޯޑްފިޝް ކޮންސްޓެލެޝަންގައެވެ. މި މެޖެލަނިކް ކްލައުޑް ވިލާގަނޑާއި ދުނިޔެއާ ދެމެދު އޮންނަ ދުރުމިނަކީ ގާތްގަނޑަކަށް 163،000 އަލި […]
ކުޑަ ކުއްޖަކާ ބެހުނު މީހާ ނަން އަނބުރާ ގެންގޮސްފި
އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވި މެޓް ގޭޓްސް ނަން އަނބުރާ ގެންދަވައިފިއެވެ. ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވީ، މީގެ ދުވަސްތަކެއް ކުރިން ކޮންގްރެސް އިން ކުރި ތަހުގީގުގެ ނަތީޖާ ޝާއިއުކުރުމުންނެވެ. އޭނާއަށް ތުހުމަތު ކޮށްފައި ވަނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި އުމުރުން ދުވަސްވީ އަނެހނަކާއެކު ކަސްބީ މުއާމަލާތް ހިންގުމުގެ ޖަރީމާއެކެވެ.
ކެންޔާއިން އަދާނީގެ އެއްބަސްވުންތައް ބާތިލުކޮށްފި
އެމެރިކާގައި އިންޑިއާގެ ސާދާގަރު ގައުތަމް އަދާނީގެ މައްޗަށް ދައުވާ އުފުލުމާ ގުޅިގެން ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ، ވަނީ ކެންޔާއިން އަދާނީ ގްރޫޕާ އެކު ހެދި އެތައް ޑީލެއް ކެންސަލް ކުރުމަށް އަމުރު ކުރައްވާފައެވެ. ރޫޓޯ ވިދާޅުވީ ކެންޔާގެ ޖޫމޯ ކެންޔާޓާ އެއާޕޯޓުގެ ކޮންޓްރޯލް އިންޑިއާގެ އަދާނީ ގްރޫޕާ ހަވާލުކުރާ އެއްބަސްވުންވެސް ކެންސަލްކޮށްފައިވާ ކަމަށެވެ. ސަބަބަކީ އެ ކުންފުނީގެ ޗެއާޕާސަން ގައުތަމް އަދާނީ އާއި އެހެނިހެން އިސް ސްޓޭކްހޯލްޑަރުންގެ މައްޗަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން […]