ޗައިނާއަށް ޓްރަމްޕް ދަތިކުރާނެ
ޓްރަމްޕްގެ ދެވަނަ ރިޔާސީ ދައުރުން ޗައިނާގެ އިގްތިސާދަށާއި ވިޔަފާރިތަކަށް ކުރާނެ އަސަރަށް ބަލާއިރު، އޭނާގެ ކެމްޕޭން ވައުދުތަކާ އެއްގޮތަށް އެމެރިކާއަށް އިމްޕޯޓްކުރާ ހުރިހާ އެއްޗަކުން ހެން އެމެރިކާއިން ޑިއުޓީ ނަގާނެ ކަމަށް ބެލެވެއެވެ. ދުނިޔެ ވިޔަފާރީގެ ހަނގުރާމައަކަށް ވަނުމަށް ފުރުސަތު އޮތްކަމަށް ބެލެވޭއިރު، މުހައްލިލުން ދެކެނީ ޗައިނާއިން އެމެރިކާގެ ހުރަސްތައް ފަހަނައަޅައި ދާނެ ގޮތްތައް ހޯދާނެ ކަމަށެވެ. ދުނިޔޭގެ ސޯލާ މާކެޓް ކޮންޓްރޯލު ކުރަނީ ޗައިނާއިންނެވެ. ސޯލާ ޕެނަލް އުފެއްދުމުގެ ޗޭންގެ ކޮންމެ މަރުހަލާއެއްގައި ވެސް ޗައިނާގެ […]
ފައްޔާޒު މަސްވެރީންގެ ހާލަތު އޮޅުން ފިލުވައިފި
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެޕާޓީގެ އިސް ބައެއް ބޭފުޅުން މަސްމާރުކޭޓު ސަރަހައްދަށް މިއަދު ވަޑައިގެން މަސްވެރީންގެ ޝަކުވާ އަޑުއައްސަވައިފިއެވެ. މަސްމާރުކޭޓު ސަރަހައްދުގެ އިތުރުން އޮޑިދޯނިފަހަރަށް އަރުއްވައި ފައްޔާޒު ވަނީ މަސްވެރީންނާ ބައްދަލުކޮށް ހާލަތު އޮޅުންފިލުވައިފައެވެ. މަސްވެރީންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުންނުދާ ޝަކުވާއެވެ. ބައެއް މަސްވެރީން ބުނެފައިވަނީ މަސްވެރީން ކިރުވާފައިވާ މަހަށް ދޭންވާ ފައިސާ ސަރުކާރުން ބުނެފައިވާ ގޮތަށް ނުލިބޭ ކަމަށެވެ. ފަންސަވީސް ރުފިޔާއިން ސޯޅަ ރުފިޔާއަށް މަހުގެ އަގު […]
ޤުރުބާނީ (ހަތަރުވަނަ ބައި)
ޝަހާގެ އުންމީދު އައުވެގެން ދިޔަ ކަހަލައެވެ. އެހެނީ ފާތުންނަކީ، މި ދުނިޔޭގައި ޝަހާ އެންމެ އިތުބާރުކުރާ ފަރާތެވެ. ފާތުންއަކީ، ޝަހާގެ ޙަޔާތުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް އަބަދުވެސް ޝަހާގެ އެންމެ ގާތުގައި ހުންނަ މިތުރެވެ. ޝަހާގެ ހިތްވަރުވެސް މެއެވެ. ފާތުންނަށް ޓަކައި ޝަހާވެސް ހަމަ އެފަދައެވެ. ވީއިރު ޝަހާ ދެރަވެ، ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތެވެ. ފާތުން މިރޭ ޝަހާއަށް އެދިން ޔަޤީންކަމަކީ އޭގެ އަލިގަދަ ހެއްކެކެވެ. ޝަހާ އެކުރަމުން ގެންދާ ފިކުރުން ދުރުކުރުމުގެވެސް ނިޔަތުގައެވެ. މިކަމައިގެން […]