ނިޔަދުރުމާގޭގެ ގުދަނެއްގައި ރޯވިއަލިފާން ނިއްވާލައިފި

ނިޔަދުރުމާގޭ ގުދަނުގައި ރޯވުން/ފޮޓޯ އެމްއެންޑީއެފް

މާފަންނު ނިޔަދުރުމާގޭގެ ދިހަވަނަ ފަންގިފިލާގައި ހުރި ގުދަނެއްގައި ރޯވި އަލިފާން، ނިއްވާލައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެ ގުދަނުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ފަސްގަޑި ފަންސާސްފަހެއްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިރޭ ހަތްގަޑި ސާޅީސް ފަހެއްގައި ކަމަށް ވިދާޅުވިއެވެ. މި ހާދިސާގައި […]

ބުޅާފެސިލިޓީގެ ޚިދުމަތް ޑިސެންބަރުގައި ފަށައިގަނެވޭނެ

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ބުޅާ ފެސިލިޓީގެ ޚިދުމަތް އަންނަ ޑިސެންބަރު މަސްތެރޭގައި ފެށޭނޭ ކަމަށް މާލޭސިޓީ ކައުންސިލުން ބުނެފިއެވެ. އެތަނުން ބުނީ ބުޅޭ ފެސިލިޓީގެ ޚިދުމަތް ފެށޭނީ ޑިސެންބަރު ފުރަތަމަ ހަފްތާތެރޭގައި ކަމަށެވެ. އެތަނުގެ ޚިދުމަތް ފަށައިގަތުމަށް ކުރަންޖެހޭ މަސައްކަތް މިހާރުވެސް ކުރަމުންއަންނަ ކަމަށް ސިޓީކައުންސިލުން ބުންޏެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ އެތަނަށް ބޭނުންވާ މީހުނާއި ތަކެތި ހޯދުމުގެ މަސައްކަތް ކަމަށް ވެސް ބުނެފައިވެއެވެ. މިތަނަކީ މާލޭ ސިޓީކައުންސިލާ ހަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ ތަނެކެވެ. […]

ދަ ޑިމޮކްރެޓްސް އިން ގާނޫނުއަސާސީގެ ދިފާއުގައި ނުކުންނަނީ

ޑެމްސްގެ އިސްބޭފުޅުން ޖަލްސާއެއްގައި/ފޮޓޯ މިހާރު

ދަ ޑިމޮކްރެޓްސް ޕާޓީން ކަންމަތީ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. މިއީ ގާނޫނުއަސާސީގެ ދިފާއުގައި ބާއްވާ ޖަލްސާއެއް ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެރޭ 8:45 ގައެވެ. ޖަލްސާ ކުރިއަށްދާނީ މާފަންނު ބޮނޑިބަތް ޕާކުގައި ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މި ޖަލްސާގައި ވާހަކަ ދައްކަވާ ބޭފުޅުންގެ ތެރޭގައި އެޕާޓީގެ ރައީސް ހަސަން ލަތީފާއި ނާއިބު ރައީސް މުހައްމަދު ޝިފާޒާއި، ކުރީގެ އެމްޕީން ކަމަށް ކަމަށްވާ އަލީ އާޒިމާއި، މުހައްމަދު ރަޝީދާއި، […]

މިއަހަރު ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި އިތުރުވެއްޖެ

މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 190 މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 14 ޕަސަންޓު އިތުރު އަދަދެކެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވި ގޮތުގައި މިހާރު ހުށަހެޅޭ ގިނަ މައްސަލަތަކަކީ ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިއަހަރު މަސްތުވާތަކެތި އެތެރެކުރުމުގެ 17 މައްސަލަ ވަނީ ކޯޓަށް ހުށަހަޅައިފައެވެ. މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް މިދިޔަ އަހަރާ އަޅާބަލާއިރު 112.5 ޕަސަންޓު އިތުރުވެފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ. މިއީ ފުލުހުންނާއި ކަސްޓަމްސްއިން […]

ތިނަދުއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލްކޮށް ދިމުމަށްއެދި ހައިކޯޓަށް

ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމަށް އާބާދީ އޮޅުވާލައިގެން ކަމަށް ބުނެ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ގާނޫނީ ވަކީލު އަހުމަދު ރާގިބެވެ. އެ މައްސަލާގައި ބުނެފައިވަނީ ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާކަމަށް ދެއްކުމަށް ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިސްޓެއް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެ ލިސްޓުގައި މަރުވެފައިވާ 115 މީހުންގެ ނަން ހިމަނައި، އެކެއްގެ އައިޑީކާޑު ތަކުރާރުކޮށް ބޭނުން ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް […]