ފަލަސްތީނުގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެ

ދިރިއުޅުމުގެ ހައްގު ހޯދުމަށް އަދުލުއިންސާފާއި ސުލްހަވެރިކަމާއެކު ފަލަސްތީނުން ކުރަމުންދާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ދެއްވި މެސެޖުގައެވެ. ރައީސް ވިދާޅުވެފައިވަނީ ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ދޭ އެއްބާރުލުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުން ހިއްސާކުރާ ކަމެއް ކަމުގައެވެ. މިއަދާހަމައަށްވެސް ފަލަސްތީނުގެ އެކި ޖީލުތަކުގެ ރައްޔިތުން ކުރިމަތިލަމުން ގެންދާ އަނިޔާވެރިކަމާއި، ފަސާދައާއި، […]
