ޑިސެމްބަރ 23, 2024 17:40

ޒަކިއްޔާގެ މަރު: ވަޅިން ފިންގަރ ޕްރިންޓް ނެގުމުގެ މަސައްކަތް ކުރިއަށްދަނީ

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ހާދިސާ ހިނގި ތަނުން ފެނުނު ވަޅިން ފިންގަޕްރިންޓް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ އިސްވެރިޔާ ހަސަން ސާމިހު ވިދާޅުވީ ހާދިސާ ހިނގި ތަނުން ފެނުނު ވަޅިއަކީ ޒަކިއްޔާމެން ގޭގައި ގެންގުޅޭ ވަޅިއެއް ކަމަށެވެ. ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ފަރާތުގައި […]

ނައީމާގެ މަރު: ދައުލަތުން ބައެއް ހެކި ކޯޓަށް ހުށަހަޅައިފި

ނ. މަނަދޫގައި ނައީމާ މޫސާ މަރާލި މައްސަލައިގައި ދައުވާލިބޭ އަބްދުލް ވާހިދު ރިފާސްގެ ސެލް ލޮކޭޝަނާއި ކޯލް ރެކޯޑިންތައް ދައުލަތުން މިއަދު ކޯޓަށް ހުށަހަޅައިފި އެވެ. މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ރިފާސްގެ އިތުރުން އަހްޒަމް އަބްދުއްޝަކޫރު އަދި ހަސަން ފަވާޒުގެ ސެލް ލޮކޭޝަނާއި ކޯލް ރެކޯޑިންތައް ހިމެނެ އެވެ. މީގެ އިތުރުން ނައީމާ މަރާލި ވަގުތު ބޭނުންކުރި މާސްކާއި އަންގި އަދި ދެ ވަޅި ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. […]

ޤުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

އަންނަ ރަމަޟާން މަހު، މާލޭ ސިޓީކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މާލޭ ސިޓީކައުންސިލުން ވިދާޅުވީ ކުރިން މިމުއްދަތުވަނީ  30 ނޮވެންބަރަށް ހަަމަވެފައެވެ. މުއްދަތު އިތުރުކުރީ ބައެއް ފަރާތްތަކުން މުއްދަތު އިތުރުކޮށްދޭން އެދެމުން ދިއުމުން ކަމަށެވެ. މި ދެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ  2 ޑިސެންބަރު 2024 ވަނަ ދުވަހުން ފެށިގެން 11 ޑިސެންބަރަށެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ދެ ގޮތްޕަކަށް ބަހައިލެވިފައިވެއެވެ. އެއީ […]

ދެހާސް ސައުވީސް: ޕާކިސްތާނަށް ބަނަ އަހަރެއް

އެތައް ގޮތަކުން ބަލާއިރު 2024 ވަނަ އަހަރަކީ ޕާކިސްތާނަށް އާދަޔާ ޚިލާފު ނާކާމިޔާބީތަކަކާ ކުރިމަތިވި އަހަރެކެވެ. އިގްތިސާދު އަނދަވަޅަކަށް ވެއްޓުމުން، އައިއެމްއެފްގެ އިތުރު ބެއިލްއައުޓެއް ހޯދަން ޖެހުނު އަހަރެކެވެ. އައު ސަރުކާރެއް ވެރިކަމަށް އައި ނަމަވެސް މެދުނުކެނޑި މުޒާހަރާތަކާ ކުރިމަތިލާންވެސް ޖެހުނު އަހަރެކެވެ. އޭގެ އިތުރުން އެކި ސަރަހައްދުތަކުގައި ޓެރަރިސްޓް ހަމަލާތަކާއި މަގުމަތީގެ ޖަރީމާތައްވެސް ގިނައިން ފެނުނު އަހަރެކެވެ. ލާހޯރާއި އެހެން ބޮޑެތި ސިޓީތަކުގައި ދުން ބޯވެ ވައި ނުސާފުވެ، އާދަޔާ ޚިލާފަށް ފިނި ގަދަވެފައި ވެއެވެ. […]

އިގްތިސާދަށް ހުރަސް އެޅޭނީ މަސައްކަތް ކުރާނެ މީހުން ނެތުމުން

ޗައިނާގެ ޖިއާންގްސޫ ޕްރޮވިންސްގެ ޒޫޒޯގެ ފެންގް ކައުންޓީގައި ހުންނަ ކޮމިއުނިސްޓް ޕާޓީގެ ސޯޝަލް ވޯކް ޑިޕާޓްމަންޓުން ކުރި ސާވޭއެއްގައި ދައްކަނީ، އެ ޕްރޮވިންސްގައި ހުނަރުވެރިންގެ މަދުކަމާއި އަދި މީހުން ގިނަ ވަގުތު ވަޒީފާ އަދާ ކުރަން ޖެހިފައިވާ ކަމާއި އޭގެ ބަދަލުގައި އެމީހުންނަށް ލިބޭ އާމްދަނީގެ މަދުކަމެވެ. އެހެންވެ، ސޯޝަލް ވޯކް ޑިޕާޓްމަންޓުން ވަނީ މީހުންނަށް މުސާރައާއި އިނާޔަތްތައް އިތުރު ކުރުމަށް ގޮވާލާފައެވެ. މި ޕްރޮވިންސްގައި ހޯދި ހޯދުންތައް، ކޮމިއުނިސްޓް ޕާޓީގެ ޕީޕަލްސް ޑެއިލީގެ އޮންލައިން ވަރޝަންގައި […]

ޖަޕާނުގައި އަންހެނުން ވެރިކަން ކުރާ ކުންފުނިތައް

ޖަޕާނުގައި އަންހެނުން އިސް ދައުރު އަދާކުރާ ކުންފުނިތަކުގެ ނިސްބަތް ކުޑަކޮށް އިތުރު ވެއްޖެއެވެ. 2024 ވަނަ އަހަރު އަންހެނުން ހިންގާ ކުންފުނިތަކުގެ ނިސްބަތަކީ، %8.4 އެވެ. އޭގެ ކުރީ އަހަރު އެނިސްބަތް އުޅުނީ %8.3 ގައެވެ. މިއީ 2020ގައި އެންމެ 8 ޕަސެންޓްގައި އޮތުމަށްފަހު މަޑުމަޑުން މަތިވަމުންދާ ނިސްބަތެކެވެ. ނަމަވެސް1990 ވަނަ އަހަރުން ފެށިގެން މި ނިސްބަތް ވަނީ ގާތްގަނޑަކަށް ދެގުނައަށް އިތުރުވެފައެވެ. މިމައުލޫމާތު ހާމކޮށްފައި ވަނީ އަމިއްލަ ވިޔަފާރީގެ ޑޭޓާ ބަލަހައްޓާ ޓެއިކޯ ޑޭޓާބެންކުންނެވެ. އަންހެނުން […]