ރައީސް ޑރ. މުއިއްޒު މާލެ ވަޑައިހގެންފިއި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށްރަށުގެ ޞިއްޙީ މަރުކަޒުތަކަށާއި ސްކޫލްތަކަށް […]
އަންނަ އަަހަރު އެންމެ އިސްކަމެއް ދެއްވާނީ ގެެދޮވެރިިކަމާއި ތައުލީމަށް
އަންނަ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމާއި، ތަޢުލީމީ ދާއިރާއާއި ޞިއްޙީދާއިރާގެ ހާލަތު ރަނގަޅުކުރުމަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލެއަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާލެއަތޮޅު ހިންމަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ގެދޮރު ބިނާކުރުމުގެ އެންމެ ގިނަ މަޝްރޫޢު އެއް އަހަރު ތެރޭގައި ކުރިއަށްގެންދެވޭ އަހަރަކަށް އަންނަ އަހަރު ވެގެންދާނޭ ކަމަށެވެ. ރައީސް ވިދާޅުވީ […]
މަތިވެރީ އެއާޕޯޓު އެޅުމަށް އިސްކަން ދޭނަން: ރައީސް
އެންމެ އިސްކަން ދެއްވައިގެން އަންނަ އަހަރު އަޅާ އެއާޕޯޓުތަކުގެތެރޭގައި އއ. މަތިވެރީ އެއަރޕޯޓު ހިމަނުއްވާނޭ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ އެއާޕޯޓު އެޅުމަކީ އިގްތިސާދީގޮތުން ދެކޮޅުޖެހޭ ’އެކޮނަމިކަލީ ވައިބަލް‘ ކަމެއްގޮތުގައި ވަނީ ފާހަގަވެފައެވެ. އެހެންކަމުން އަނަން އަަހަރު އިސްކަން ދީގެން އަޅާ އެއާޕޯޓުތަކުގެ ތެރޭގައި އެ އެއާޕޯޓު ހިމަނުއްވާނޭ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މި ޔަގީންކަން ރައީސް ދެއްވީ ރޭ މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މަތިވެރީގައި […]
އެމްޑީޕީގެ ބޮޑު ޖަލްސާގައި އަޅުގަނޑު ބައިވެރި ނުވަން: އުމަރު
ޑިސެމްބަރު ދިހަވަނަ ދުވަހުގެ ރޭ 8:30 ގައި ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބާއްވާ ބޮޑު ޖަލްސާގައި ބައިވެރި ނުވާނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އެމްޑީޕީން ބާއްވާ މިޖަލްސާއަކީ މިސަރުކާރުން ގާނޫނު އަސާސީއަށް ގެނެސްފައިވާ ނުބައި ބަދަލާ ގުޅިގެން ބާއްވާ ޖަލްސާއެކެވެ. މި ޖަލްސާގައި ޕީޕީއެމްއާއި ޕީއެންސީ ވެސް އެމްޑީޕީއާ އެކު ބައިވެރިވާން ވާނޭ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ. ”އެއީ ހަމަ މިބަދަލު އެޕާޓީތަކުގެ ވެރިކަންތަކުގައިގައި ވެސް ގާނޫނަށް ގެނެސް މެންބަރުން ޕާޓީގެ […]