މަޒުހަބީ އަނިޔާވެރިކަމުގައި 130 މަރު
ޕާކިސްތާނުގެ ޚުއްރަމް ޑިސްޓްރިކްޓްގައި ހިނގާ މަޒުހަބީ ހަމަނުޖެހުންތަކުގައި ޝީއީންނާއި ސުންނީ ޖަމާއަތްތަކާ ދެމެދު މަރުވެފައިވާ މީހުންގެ އަދަދު 130 އަށް ވުރެ ގިނަ ވެއްޖެ އެވެ. މި ހަމަނުޖެހުން ފެށެން ދިމާވީ ނޮވެމްބަރު 21 ވަނަ ދުވަހު ޝީޢީންގެ އާއިލާތަކެއް ދަތުރު ކުރަމުން ދިޔަ ގާފިލާތަކަކަށް ބަޑި ޖެހުމުގެ ސަބަބުންނެވެ. އެ ހަމަލާގައި 52 މީހުން މަރުވުމުން ބަދަލު ހިފުމުގެ ހަމަލާތަކެއް މުޅި ހިސާބުގައި ފެތުރިގެން ދިޔައެވެ. ޚުއްރަމް ޑިސްޓްރިކްޓަކީ، ސުންނީގެ ބަސްތީތަކުން ވަށާލެވިފައިވާ ޝިއާ މުސްލިމުންގެ […]
ރައީސް ޝީ ސިފައިންގެ ކޮންޓްރޯލްގައި
ޗައިނާގެ ރައީސް ޝީ ޖިންޕިން ގެންދަވަނީ ޗައިނާގެ ސިފައިންގެ މައްޗަށް އޭނާގެ ކޮންޓްރޯލް ވަރުގަދަ ކުރައްވަމުންނެވެ. 1938 ވަނަ އަހަރު މާއޯ ޒެޑޮންގް ވިދާޅުވި މަޝްހޫރު ބަސްފުޅު ކަމަށްވާ ”ސިޔާސީ ބާރު ގަދަ ވާނީ ބަޑިއެއްގެ ފަލަކޮޅުން“ އެއީ ރައީސް ޝީގެ ފިކުރުގައި މުހިންމު ބަސްފުޅެކެވެ. 2024 ވަނަ އަހަރުގެ ޖޫން މަހު ޗައިނާ ސިފައިންގެ އިސް އޮފިސަރުންނާ މުޚާތަބު ކުރައްވަމުން ޝީ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ކޮމިއުނިސްޓް ޕާޓީއަށް ”ވަފާތެރި އަދި އިތުބާރު […]
މާޅޮހު ކައުންސިލުން ގިނައަދަދެއްގެ ފައިސާ ގެއްލިއްޖެ
އއ. މާޅޮހު ކައުންސިލުން 492,867 ރުފިޔާ ގެއްލިފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެ އެވެ. މިދިޔަ ހަފުތާގައި ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2017 އަދި 2018 ވަނަ އަހަރު ކައުންސިލުގެ ބޭންކް އެކައުންޓުތަކުންނާއި ތިޖޫރީން ނެގި ފައިސާގެ ތެރެއިން މި އަދަދުގެ ފައިސާ ގެއްލިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކައުންސިލުގެ އެކައުންޓުން ނެގި ފައިސާގެ ތެރެއިން ތިޖޫރީއަށް ނުވައްދާ 255,584 ރުފިޔާ އާއި ކައުންސިލް އިދާރާގެ އެކި ބޭނުންތަކަށް ކަމަށް ބުނެ އޮޅުވާލައިގެން […]
ޓެކުހަށް މަކަރު، މީރާއިން ޕީޖީއަށް
ކ. މާފުށީގައި ހިންގާ ކާނި ހޮޓެލްސްގެ ހަތަރު ގެސްޓްހައުސްއިން ޓެކުހަށް މަކަރުހެދިކަމަށް ބުނެ އެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅައިފި އެވެ. މީރާއިން ބުނީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް، ކާނި ހޮޓެލްސްގެ ނަމުގައި ހިންގާ ހަތަރު ގެސްޓްހައުސްއިން ހުށަހެޅި ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައިފައިވާ ކަމަށެވެ. މި މައްސަލައިގައި ކާނި ހޮޓެލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑާއި އަސްނާ އިންވެސްޓްމަންޓްސް […]
ނަތަންޔާހޫއަށް ޝެމްޕޭން ނުބައި ކަމަށް ބުނެފި
ރިޝްވަތުގެ މައްސަލާގައި ޓެލްއަވީވްގައި ޝަރީއަތް ކުރަމުންދާ އިޒްރޭލުގެ މުޖުރިމު ނަތަންޔާހޫ ވަނީ ޝަރީއަތުގެ މަޖިލީހުގައި އޭނާއަކީ ކުށެއް ނެތް މީހެއްކަން ސާބިތުކޮށް ދޭން މަސައްކަތް ކޮށްފައެވެ. އިޒްރޭލު ބަންޑާރަ ނާއިބް އޮފީހުން ވަނީ އޭނާއާ ދެކޮޅަށް އެތައް ހާސް ހެކި ހުށަހަޅާފައެވެ. ނަމަވެސް އޭނާ ރިޝްވަތުގެ ގޮތުގައި ނަގާފައިވާ އަގު ބޮޑު ސުއްޓާ ބެހޭ ގޮތުން ސުއާލު ކުރުމުން ބުނެފައި ވަނީ ތިމަން ބައެއް ފަހު ސުއްޓާ ބޯކަމަށާއި ނަމަވެސް ސުއްޓާއެއް އެއްކޮށް ހުސްކޮށް ނުލެވޭ ކަމަށެވެ. […]
އެމެރިކާއާ ނުލައި ކޮލޮމްބޯ ބަނދަރު ތަރައްގީ ކުރަނީ
އަދާނީ ކުންފުނީން ސްރީލަންކާގައި ބިނާ ކުރާ ބަނދަރު ޕްރޮޖެކްޓަށް އެމެރިކާއިން ލޯނު ނުދޭން ނިންމުމުން އަމިއްލަ ފައިސާއިން އެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަން އަދާނީން ނިންމައިފިއެވެ. އަދާނީ ޕޯޓްސް އެންޑް އެސްއީޒެޑް ލިމިޓެޑުން ބުނީ ލަންކާ ބަނދަރުގެ މަޝްރޫއު ”އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރަށް އޮތް“ ކަމަށާއި ކެޕިޓަލް މެނޭޖްމަންޓް ސްޓްރެޓެޖީއާ އެއްގޮތަށް އަމިއްލަ ފައިސާއިން މަޝްރޫއަށް ފައިސާ ހޯދާނެ ކަމަށެވެ. އެ ކުންފުނިން ބުނީ 2023 ވަނަ އަހަރު އެމެރިކާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް […]
ހައްގުތައް ހޯދައިދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރު
އެމްޑީޕީ އޮތީ ރައްޔިތުންނާއެކުގައި ކަމަށާއި ރައްޔިތުން އަތުން ގެއްލިފައިވާ ހައްގުތައް އަނބުރައި ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވަން އެޕާޓީ އޮތީ ތައްޔާރަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރޭ ވިދާޅުވެއްޖެއެވެ. ”ގާނޫނުއަސާސީގެ ދިފާއުގައި“ ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ”އެމްޑީޕީ މިއޮތީ ރައްޔިތުންނާ އެކީގައި މި ހައްގުތައް ހޯދައި ދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ތައްޔާރަށް،“ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ބާރުއޮތީ […]