ރައީސް ސާލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަނީ ބިރު ދައްކަން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ ގޮތުން ބިރު ދެއްކުމުގެ ނިޔަތުގައި ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ. އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ސެޓްލްމަންޓް ކޮމިޓީގެ މައްސަލާގައި ކުރީގެ ރައީސް ސާލިހާއި ކެބިނެޓްގައި ހިމެނޭ ބައެއް ބޭފުޅުންގެ މައްޗަށް ތަހުގީގު ހިންގަން ފާސްކޮށްފައި ވަނީ ސިޔާސީ ބޭނުމުގައި ކަމަށެވެ. ޣަފޫރު ވިދާޅުވީ ސެޓްލްމަންޓް […]
ކެނެޑާއިން ޗައިނާ މަސްއޫލުވެރިން ބްލެކްލިސްޓް ކޮށްފި
ކެނެޑާއިން ވަނީ ޗައިނާގެ ކުރީގެ އަދި މިހާރުގެ އިސް އަށް އޮފިޝަލަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ކަމަށް ބުނެފައެވެ. އެފަރާތްތަކަށް ފިޔަވަޅު އަޅާފައި ވަނީ ޓިބެޓާއި ޝިންޖިއާން ސަރަހައްދުގައި އެފަރާތްތަކުން ނިޒާމީ ފެންވަރެއްގައި އިސްވެ ތިބެގެން އިންސާނީ ހައްގުތަކާ ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެންނެވެ. ކެނެޑާގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ، 2017 ވަނަ އަހަރުން ފެށިގެން ޝިންޖިއާންގައި ޗައިނާއިން އެއް މިލިއަނަށް ވުރެ ގިނަ މީހުން ބަންދުކޮށްފައިވާ ކަމުގެ ރިޕޯޓްތައް ލިބޭތީ ކެނެޑާ […]
ޓެކްސީ ޑްރައިވަރުން ހައްޔަރު ކުރުމުން ކަންބޮޑުވޭ، ދޫކޮށްލާ: ފައްޔާޒު
ސަރުކާރުން ޓެކްސީ ލައިނެއް ފަށަން އުޅޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް އިހުތިޖާޖު ކުރި ޓެކްސީ ޑްރައިވަރުންތަކެއް ހައްޔަރުކޮށް ކާރުތައް ޓޯ ކުރުމުން އެމްޑޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ”އިހުތިޖާޖު ކުރުމަށްޓަކައި ހަޅުތާލު ކުރުމަކީ ކޮންމެ މީހަކަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހައްގެއް“ ކަމަށެވެ. އެހެން ކަމުން ހަޅުތާލުކޮށްގެން ހައްޔަރުކުރި ހުރިހާ ޓެކްސީ ޑްރައިވަރުން ދޫކޮށްލައި ޓޯކުރި ވެހިކަލްތައް ވެރިފަރާތްތަކާ ހަވާލުކުރުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ. ޓެކްސީ […]
ގްރީން ބިލްޑިން އަޅިއަށް، ގެދޮރުވެރިޔާ ސްކީމަށް އަސަރެއް ނުކުރާނެ
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ހިންގަމުންއަންނަ މ. ގްރީން ބިލްޑިންގުގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެއެވެ. މިކަމާ ބެހޭ ގޮތުން އެމިނިސްޓްރީން ވިދާޅުވީ މިނިސްޓްރީން ކުރަމުންގެންދާ ގެދޮރުވެރިޔާގެ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތަކަށް އެއްވެސް އަސަރެއް ނުކުރާނޭ ކަމަށެވެ. އެއީ އެމިނިސްޓްރީގެ ކްލައުޑު ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތެއް ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެ ބިލްޑިންގައި އަލިފާން ރޯވި ހާދިސާގައި އެއްވެސް މުވައްޒަފަކަށް އަނިޔާ ލިބިފައި ނުވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މިހާދިސާއަށްފަހު ސަލާމަތާއި […]
މުޙައްމަދު އަމީނަށް ހެދިގޮތް ނޫން ކޮންގޮތެއް ހެއްޔެވެ؟
މައްސަލަ މުޙައްމަދު އަމީނަށް ހެދިގޮތް މާނަކުރުމަކީ މި ހަފުތާގެ އެންމެ އަޑުގަދަ މައުޟޫއެވެ. މުޙައްމަދު އަމީނަށް ހެދިގޮތް މާނަކުރުމުގައި ބަލަންޖެހޭނީ ”ހެދިގޮތަށް“ އެކަންޏެއް ނޫނެވެ. މުޅި މަފުހޫމަށެވެ. ފުރަތަމަ އެންމެ ސާދާ ސުވާލެވެ. މުޙައްމަދު އަމީނަށް ގޮތެއް ހެދިހެއްޔެވެ؟ ހެދީ ކޮން ގޮތެއް ހެއްޔެވެ؟ އޭގެ ސަބަބާއި ސިއްރަކީ ކޮބައިހެއްޔެވެ؟ ޖަވާބަކީ މުޙައްމަދު އަމީނަށް މައިގަނޑު ދެ ގޮތެއް ހެދިއެވެ. އެއްގޮތަކީ ވެރިކަމުން ވަކިކުރުމެވެ. އަނެއް ގޮތަކީ އެމަނިކުފާނުގެ ހަށިކޮޅަށް ލާއިންސާނީ އަނިޔާކުރުމެވެ. އޭގެ ސަބަބާއި ސިއްރު […]