ޑިސެމްބަރ 23, 2024 08:23

ޗައިނާ: ރަސްމީ ޖާފަތުގައި ނާއިބު ރައީސް ބައިވެރިވެވަޑައިގަންނަވައިފި

”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ މެހެމާނުންގެ ޝަރަފުގައި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) އިން ބޭއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގަންނަވައިފިއެވެ. މި ޖާފަތުގައި ސީ.އައި.ޑީ.ސީ.އޭގެ ޗެއާމަން ލުއޯ ޒާއޮހުއި، އަދި ޔުނާން ޕްރޮވިންސްގެ ގަވަނަރު ވަންގް ޔޫބޮ ވާހަކަފުޅު ދެއްކެވިއެވެ. މި ޖާފަތުގައި ޗައިނާގެ ސަގާފީ ހަރަކާތްތަކެއް ހުށައަޅާފައިވެއެވެ. ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި […]

ރައީސް އދ. ބައެއް ރަށްރަށަށް ކުރެއްވި ދަތުރަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސްގެ މި ދަތުރުފުޅުގައި އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ބައްދަލުކުރައްވާފައިވެއެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށްރަށުގެ ޞިއްޙީ މަރުކަޒުތަކަށާއި ސްކޫލްތަކަށް […]

ނާއިބު ރައީސް ޗައިނާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޙުސައިން މުޙައްމަދު ލަޠީފް ޗައިނާއަށް ވަޑައިގެންފިއެވެ. މިއީ ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް ކުންމިންގ ޗަންގްޝުއި އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ޔުނާން ޕްރޮވިންސްގެ ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން ލުއޯ ހޮންގްޖިއަންގ، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮމޯޝަން ސެންޓަރުގެ ވެރިޔާ، ޓާންގް ޔިންގް […]

އެފްއެސްއެމްގެ އެމްޑީއަކަށް އާޝާން

އެސްޓީއޯގެ ދަށުން ހިންގާ ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިންޑިރެކްޓަރަކަށް ފާތިމަތު އާޝާން މިއަދު އައްޔަން ކުރައްވައިފިއެވެ. ސަރުކާރުގެ މައިވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެއްގެ އެންމެ އިސްމަގާމަކަށް އަންހެން ބޭފުޅަކު ހަމަޖެއްސެވި ފުރަތަމަ ފަހަރެވެ. އެފްއެސްއެމް ގެ ”މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ފާތިމަތު އަޝާން ހަމަޖެއްސެވިކަން އަޅުގަނޑުމެންނަށް އުފާވެރިކަމާއެކު އިޢުލާން ކުރަމެވެ،“ އެސްޓީއޯއިން ވިދާޅުވެފައިވެއެވެ. އެފްއެސްއެމް ގެ ”މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ފާތިމަތު އަޝާން ހަމަޖެއްސެވިކަން އަޅުގަނޑުމެންނަށް އުފާވެރިކަމާއެކު އިޢުލާން ކުރަމެވެ،“ އެސްޓީއޯއިން […]

ގުޅިގެން މަސައްކަތް ކުރުމުގެ ދައުވަތު އެމްޑީޕީން ޑެމްސަށް ދީފި

ސިޔާސީ މަސައްކަތް ގުޅިގެން ކުރުމުގެ ދައުވަތު އެމްޑީޕީން ދަ ޑިމޮކްރެޓްސްއަށް ރަސްމީކޮށް ދީފިއެވެ. އެ ދައުވަތު ދެއްވާފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ސޮއިކުރައްވައި ދަޑިމިކްރެޓްސްގެ ރައީސް ހަސަން ލަތީފަށް ފޮނުވި ސިޓީއަކުންނެވެ. ޑެމްސްގެ ނާއިިބު ރައީސް މުހައްމަދު ޝިފާޒު ވަނީ މިސިޓީ އެޕާޓީއަށް ލިބިފައިވާކަން ޔަގީން ކޮށްދެއްވައިފައެވެ. މި ދެޕާޓީ ގުޅިގެން ސިޔާސީ މަސައްކަތް ކުރުމުގެ މާހައުލެއް ފަހިކުރުމަށް މަޝްވަރާ ކުރަމުން އަންނަތާ މީހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންނަމަވެސް އަދާ ހަމައަށް އެދެވޭ ނަތީޖާއެއް ލިބިފައެއް […]

އދ. ގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސަށް ދަންނަވައިފި

އަރިއަތޮޅު ދެކުނުބުރީގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު އެ އަތޮޅުގެ އަތޮޅު ކައުންސިލާ މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ސުކޫލުގައި ސޯލާ ހަރުކުރުމާ ގުޅޭގޮތުން ރައިސާ މަޝްވަރާ ކުރައްވާފައެވެ. އަދި އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމަށް މަގުފަހިވާނެ ގޮތަކަށް އދ ލޮނުބޯ، ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އޭގެ އިތުރުން އަތޮޅުގެ ޞިއްޙީ ޚިދުމަތް […]

ވައިޓަލް ރަޖިސްޓްރޭޝަން ޚިދުމަތް ދިނުން ހުޅުމާލެއަށް

މ. ގްރީން ބިލްޑިން އަނދައި ހުލިވި ހާދިސާ. ވައިޓަލް ރަޖިސްޓްރޭޝަން ޚިދުމަތް ދެމުން ގެންދިޔައީ މި ގޯތިތެރޭގައި ހުރި އިމާރާތެއްގައި: ފޮޓޯ އެމްއެންޑީއެފް

މާލޭ ސިޓީކައުންސިލުން ދެމުން ގެންދިޔަ ވައިޓަލް ރަޖިސްޓްރޭޝަންގެ ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުޅުމާލެއަށް ބަދަލު ކޮށްފިއެވެ. ސިޓީކައުންސިލުން ވިދާޅުވީ އެ ޚިދުމަތް މިހާރު ލިބޭނީ ހުޅުމާލޭ އަމީން އެވެނިއުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މާލެސިޓީގެ އޮފީހުން ކަމަށެވެ. ވައިޓަލް ރަޖިސްޓްރޭޝަންގެ ޚިދުމަތް، މި ހަފުތާތޭރޭ، މާލެއިން ދޭން ފެށުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި ކަމާގުޅިގެން ރައްޔިތުންނަށް ކުރިމަތި ވަމުންދާ ދަތިތަކަށް ޓަކައި، ނިހާޔަށް މަޢާފަށް އެދޭ ކަމަށް ވެސް މާލޭ ސިޓީ […]

ރޭ މާލޭގައި ތިން މާރާމާރީއެއް ހިންގައިފި

މާލޭގެ ތިން ސަރަހައްދެއްގައި ރޭ ތިން މާރާމާރީއެއް ހިންގާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މި މާރާމާރީތައް ހިންގާފައިވަނީ މުނިޔާމަގު ދިރިޕަބްލިކް ކެފޭތެރޭގައްޔާއި،  ޝަހީދުކުޑަނެވި ތުއްތުމަނިކު ހިނގުން، ކިންޒާ ކެފޭ ކުރިމަތީގައްޔާއި، ފިލިގަސްމަގު ނޫރު މިސްކިތް ކައިރީގައި ކަމަށެވެ. ދިރިޕަބްލިކް ކެފޭ ތެރެއަށް  ވަދެ މާރާމީރީ ހިންގާފައިވަނީ ސައިކަލެއްގައި އައި ހެލްމެޓް އަޅައިގެން ތިބި ބައެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. ޝަހީދުކުޑަނެވި ތުއްތުމަނިކު ހިނގުން، ކިންޒާ ކެފޭ ކުރިމަތީ ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައި ވަނީ […]

މާމިގިލީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ

މާމިގިލީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ފައްޓަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އޭގެ އިތުރުން އެރަށު ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް، ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރިއަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވީ އދ. މާމިގިލި ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދަނގެތި ކައުންސިލްގެ އިދާރާގައި ރޭ ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ […]

ދެގެނތީ ބަނދަރުގެ މައްސަލަ ހައްލޮ ކޮށްދޭނަން: ރައީސް

އދ. ދަނގެތީގެ ބަނދަރުގެ ދަތިކަމުގެ މައްސަލަ ޙައްލުކުރުމުގެ ޢަމަލީ މަސައްކަތް، ފެށޭ ދެހާސް ފަންސަވީސް ވަނަ އަހަރު ފަށްޓަވާނެކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު އެރަށު ރައްޔިތުންނަށް، މި ޔަޤީންކަންދެއްވީ އެރަށަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ. ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ ރައްޔިތުންގެ ހުށަހެޅުންތައް ވީވަރަކުން ފުރިހަމަ ކުރެވޭ ފަދަ ގޮތަކަށް ކަމަށާއި، މަސައްކަތް ފަށާ ހިސާބުން އަހަރެއް ނުވަތަ ދޮޅު […]