ޑިސެމްބަރ 23, 2024 08:20

އެޗުޑީސީގެ މައްސަލަ ބަލައިދިނުމަށް މަޖިލީހަށް ސިޓީއެއް

އެޗުޑީސީން ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރުދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިއަދު ސިޓީއެއް ފޮނުވައިފިއެވެ. އެސިޓީގައި އޭނާ ވިދާޅުވެފައިވަނީ އެޗުޑީސީން މިހާތަނަށް އުސޫލުން ބޭރުން ފަންސާހަށްވުރެ ގިނަ ގޯތި ވިއްކާފައިވާ ކަމަށެވެ. އެ ގޯތިތަކުގެ އަގު  400 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. މި މުއާމަލާތަކީ ދައުލަތަށް އެއްވެސް […]

އެޗުޑީސީގެ އެމްޑީ މަގާމުން ވަކިކޮށް ފިޔަވަޅު އަޅަން އެމްޑީޕީން ގޮވާލައިފި

ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނެސްގެން ގޯތީގެ ރެޖިސްޓްރީ ހަދައި ހައްގުވެރި ނޫން އެތައް ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދީފައިވާތީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންޑިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު މަގާމުން ވަކިކޮށް އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ. އެޗްޑީސީ އެމްޑީ ކަމުގެ މަގާމަށް މިނިސްޓަރެއްގެ ފެންވަރުގައި އައްޔަން ކުރައްވާފައިވާ ފަޟުލް ރަޝީދާމެދު ފިޔަވަޅު އަޅަން އެމްޑީޕީން ސަރުކާރަށް ގޮވާލީ  އެ ޕާޓީގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް […]

ކުޑަކުދިންތަކަކާ ބެހުނު މީހެއްގެ މައްސަލަ އަލުން ބަލަން އަމުރުކޮށްފި

ކުޑަކުދިންތަކަކާ މީހަކު ބެހުނު މައްސަލައެއް މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލި ނިންމުން ހައިކޯޓުން  ބާތިލުކޮށްފި އެވެ. މިއީ ގދ. އަތޮޅުގެ ރަށެއްގައި ހިނގި މައްސަލައެކެވެ. މައްސަލައިގެ ތަފުސީލުތަކަށް ބަލާއިރު، 2005 ވަނަ އަހަރުން ފެށިގެން އުމުރުން 13 އަދި 14 އަހަރުގެ ދެ ކުދިންނާ މީހަކު އެކި ދުވަސްމަތިން ބެހުނު އިރު، އެކަމާ އަޅާނުލައި ހުރި މީހެއްގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް ކޮށްފަ އެވެ. އެއީ ދަރިން ބެލެހެއްޓުމުގެ ވާޖިބާއި ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ދައުވާ […]

އައްމަޓީ ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ކޯޓުން ދީފި

ޚިޔާނާތުގެ އެތައް ދައުވާއެއް އުފުލިފައިވާ އަހުމަދު މޫސާ (އައްމަޓީ) އަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފި އެވެ. މިގޮތުން އޭނާއަށް 14 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެއީ މީހަކު ޖާމިނުވާ ގޮތަށް ކަފާލާތުގެ ދަށުން ދިން ހުއްދައެކެވެ. ކްރިމިނަލް ކޯޓުން ބުނީ އައްމަޓީ ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނީ ކޯޓުން ކަނޑައެޅި ޝަރުތުތަކެއް ފުރިހަމަ ކުރުމުން ކަމަށެވެ. އަދި މިކަމަށް ދައުލަތުން ވެސް އިއުތިރާޒު ނުކުރާ ކަމަށް ކޯޓުން ބުންޏެވެ. […]

ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލަ ބަލަން ފަށައިފި

ކުރީ ސަރުކާރުން ފަށާފައިވާ ”ބިންވެރިޔާ ސްކީމް“ ގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗުޑީސީ އިން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ބަލަން ފަށައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މައްސަލާގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައިފައެވެ. މިހާތަނަށް ފެންނަންހުރި މައުލޫމާތުތަކަށް ބަލާއިރު އެޗުޑީސީން ވަނީ ދެ މީހަކަށް އެއްގޯޗެއް ދީފައެވެ. އޭގެ ތެރޭގައި އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބޭ މުހައްމަދު ފަޒީލް ރަޝީދު ހިމެނެއެވެ. މި މައްސަލާގައި އެމްޑީ […]

ސްޓެލްކޯ ރިސާޗް ފައުންޑޭޝަން އިފްތިތާހުކޮށްފި

ސްޓެލްކޯ ރިސާޗް ފައުންޑޭޝަން މިއަދު އިފްތިތާހު ކޮށްފި އެވެ. މި ފައުންޑޭޝަން އިފްތިތާހުކޮށްދެއްވީ ސްޓެލްކޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެވެ. ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ މަގްސަދަކީ ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ، އައު ހަރުފަތަކަށް ގެންދިއުން ކަމަށް އެކުންފުނީން ވިދާޅުވެފައިވެއެވެ. އެގޮތުން ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާރޓްސް އަދި މެތެމެޓިކްސް (STEAM) ދާއިރާތައް ކުރި އެރުވުމަށް އެންމެ ޒަމާނީ ދިރާސާތަކާއި، އަލަށް ތައާރަފްވަމުންދާ ޓެކްނޮލޮޖީ ހޯދުމާއިއެކު، […]

ބްރިޖު ހައިވޭގައި އެކްސިޑެންޓެއް، އެކަކަށް އަނިޔާ

ސިނަމާލެ ބްރިޖު ހައިވޭ ގައި މިރޭ އެކްސިޑެންޓެއް ވެއްޖެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މި އެކްސިޑެންޓުގައި މީހާކަށް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ފޮނުވާލައިފައެވެ. އެކްސިޑެންޓު ހިނގީ ދުއްވާފައި ދިޔަ ސައިކަލެއް ދެ ކާރެއްގައި ޖެހިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.

މާލޭގެ މަގުތަކުގައި ހުރި އެއްޗެހި ނަގަން އަންގައިފި

ފޮޓޯ ވެމްކޯ

މާލެ ސިޓީގެ މަގުތަކުގައި ހިނގާ މީހުނާއި ދުއްވާ އުޅަނދުފަހަރަށް އުނދަގޫވާ ގޮތަށް މަގުތަކާއި ގޯޅިތަކުގައި ބަހައްޓާފައިހުރި އެއްޗެހިތައް ޑިސެންބަރު 22 ވަނަދުވަހު 18:00 ގެ ކުރިން ނެގުމަށް މާލޭ ސިޓީކައުންސިލުން އަންގައިފިއެވެ. ނެގުމަށް އަންގާފައިވާ ތަކެތީގެ ތެރޭގައި ޕެލަޓާއި، ބައު ސާމާނާއި ކުންޏާއި، ކުނިވާ ބާވަތުގެ ތަކެތި ހިމެނެއެވެ. މިއެއްޗެހު ނަގަން އެންގީ އެފަދަ ސާމާނު މަގުތަކުގައި ބަހައްޓަމުންދާކަން ފާހަގަ ކުރެވިގެން ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވިއެވެ. ”މި މުއްދަތު ހަމަވާއިރު ނުނަގައިހުރި ތަކެތި، މާލެ […]

ނާއިބު ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ގެ ތިން ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ވަނީ ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމްގެ ތިންވަނަ ބައްދަލުވުން އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވާފައެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންނާއި ޗައިނާ ސަރުކާރުގެ […]

ވަރަށް އަވަހަށް އެމްޑީޕީއަށް ޖަވާބު ދޭނަން: ޝިފާޒު

މުހައްމަދު ޝިފާޒު

ސިޔާސީ މަސައްކަތް ގުޅިގެން ކުރުމަށް އެމްޑީޕީން ދަ ޑިމޮކްރެޓްސް ޕާޓީއަށް ދިން ދައުވަތަށް ވަރަށް އަވަހަށް ރަސްމީކޮށް ޖަވާބު ދެއްވަން ތައްޔާރުވަމުންދާ ކަމަށް ޑެމްސް އިން ބުނެފިއެވެ. އެޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ އެމްޑީޕީން ދީފައިވާ ދައުވަތަށް ޖަވާބު ދިނުމަށް އެޕާޓީގެ ނެޝަނަލް ކައުންސިލްގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނޭ ކަމަށެވެ. އެބައްދަލުވުމަށްފަހު އެމްޑީޕީއަށް ޖަވާބު ދެއްވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ”އެ ދައުވަތާ ބެހޭގޮތުން ޕާޓީން މަޝްވަރާކޮށްފައި ނިންމި ގޮތެއް ވަރަށް އަވަހަށް […]