ނުވަ ސެޓުލްމަންޓު އެއްބަސްވުން ބާތިލްކޮށްފި
ސަރުކާރުން ކުންފުނިތަކާއެކު ވެފައިވާ 9 ސެޓުލްމަންޓު އެއްބަސްވުން އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބާތިލުކޮށްފިއެވެ. އޭޖީ އޮފީހުން ބުނީ، 2022 ވަނަ އަހަރުގެ ޑިސެމްބަރ 28 ގައި ނެރެފައިވާ ނޯޓިސް ނަންބަރު 2022/ޖީ-42 އަށް ގެނެވުނު އިސްލާހުތައް ބާތިލުކުރަން ނިންމާފައިވާ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި އަހަރުގެ ޖަނަވަރީ 21 ގައި އަންގާފައިވާ އެންގުމަކާ ގުޅިގެންނެވެ. އަދި މިކަމާ ގުޅިގެން އޭޖީ އޮފީހުން ވަނީ ”އިސްލާހު ގެނައުމުގެ ނޯޓިސް“ ނަންބަރު 2023/12 ވެސް […]
ޕީޖީގެ އަމުރާ އެއްގޮތަށް ފުލުހުންނާއި އޭސީސީން ތަހުގީގު ފަށައިފި
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ކުރެއްވި އަމުރާ އެއްގޮތަށް، ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާއްސަ ތަހުގީގެއް ފަށައިފިއެވެ. ޕީޖީ އޮފީހުން ވިދާޅުވެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފޯމު ބަލައިގަތުމާއި، ގޯއްޗާއި ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަން ޕީޖީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިއީ އާންމު މަސްލަހަތު […]
ސްރީލަންކާ އިންޑިއާ ތެޔޮ ހޮޅި ޔޫއޭއީގެ އެހީއާއެކު
އިންޑިއާއިން ސްރީލަންކާއަށް ތެލާއި ގެސް ސަޕްލައި ކުރުމަށް ބިނާ ކުރާ ޕައިޕްލައިން ބިނާ ކުރާނީ ޔޫއޭއީއާ ގުޅިގެންނެވެ. މި ޕައިޕްލައިން ބިނާ ކުރުމުގެ މަސައްކަތަކީ، ސްރީލަންކާއިން ހަކަތަ އިމްޕޯޓު ކުރުމަށް ބޭރު ފައިސާއަށް ބާރޯސާވާ މިންވަރު ކުޑަ ކުރުމަށް ކުރާ މަސައްކަތުން ބައެކެވެ. އިންޑިއާއަށް ސްރީލަންކާގެ ރައީސް އަރޫނާ ކުރާމަ ޑިސަނާޔަކަ ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެއްބަސްވެފައި ވަނީ، ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އިތުރުން ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ސްރީލަންކާއަށް ހަކަތަ އުފެއްދުމަށް […]
ސަރަހައްދު ފިނިކުރުމަށް އިންޑިއާ ޗައިނާ ބައްދަލުކޮށްފި
އިންޑިއާއާއި ޗައިނާގެ ދެމެދު ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ގައި އަހަރުތަކެއް ވަންދެން އުފެދިފައިވާ ހަމަނުޖެހުން ފިނި ކުރުމަށް، އިންޑިއާ އާއި ޗައިނާ އިން ބައްދަލު ވުމެއް ބާއްވައިފިއެވެ. ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ބެއިޖިންގައި ބޭއްވި ބައްދަލުވުމަކީ، ޚާއްސަ މަންދޫބުންގެ 23 ވަނަ ބައްދަލުވުމެވެ. އެއީ 2020 ވަނަ އަހަރު ސަރަހައްދުގައި ހަމަނުޖެހުން ހިނގައި ހޫނުވުމަށްފަހު ފުރަތަމަ ފަހަރަށް ދެ ފަރާތުން އިސްވެރިން މަޝްވަރާގެ މޭޒު ދޮށަށް އެއްވުމެކެވެ. އިންޑިއާގެ ފަރާތުން އިންޑިއާގެ […]
ދެ ސްކީމާގުޅޭ ޖިނާއީ ތަހުގީގެއް ހިންގަމް ޕީޖީ އަމުރުކުރައްވައިފި
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ”ބިންވެރިޔާ“ އަދި “ގެދޮރުވެރިޔާ“ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އައްބާސް ޝަރީފް އަމުރު ކުރައްވައިފިއެވެ. ޕީޖީ މިއަމުރު ކުރެއްވީ ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ މައްޗަށެވެ. ފުލުހުން ވިދާޅުވީ ދެ މުއައްސަސާ ގުޅިގެން ތަހުގީގެއް ހިންގަން ތައްޔާރުވަމުން ގެންދާކަމަށެވެ. މިފަދަ އަމުރެއް ޕީޖީކުރެއްވީ ގޯއްޗާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައާއި، ދޫކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް އަމަލުކޮށްފައިވުމުގެ ކަންބޮޑުވުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައިސްގެންނެވެ. ”މި ކަމަކީ އާންމު […]
ވައްކަމާއި ފަސާދައަކީ މިސަރުކާރު ހިންމުގެ ވައްޓަފާޅި: ޑެމްސް
ވައްކަމާއި ފަސާދައަކީ މިސަރުކާރު ހިންގުމުގެ ވައްޓަފާޅި ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ. އެޗުޑީސީން އުސޫލުން ބޭރުން ހުޅުމާލެއިން ވަގަށް ގޯތި ކަނޑައި ދޫކޮށްފައިވާ މައްސަލާގައި ނެރުނު ބަޔާނެއްގައި އެ ޕާޓީން ބުނެފައިވަނީ ”ސަރުކާރުގެ ޒިންމާދާރު އިސް މަގާމްތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ބޭބޭފުޅުންނާ މެދު ތަކުރާރުކޮށް އާންމުކޮށް އިވި ފެންނަމުން މިދާ ކަންކަމުން ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަކީ މިސަރުކާރުގެ ހިންގުމުގެ ވަށްޓަފާޅިކަން މާބޮޑަށް މިދަނީ ސާފުވަމުންނެވެ.“ ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް […]
މާލޭ ރަށްވެހިންގެ ޖަމިއްޔާގެ ކަންބޮޑުވުންތައް ޑެމްސާ ހިއްސާކޮށްފި
މާލޭ ރަށްވެހިންގެ ޖަމިއްޔާއާއި، އެ ޖަމިއްޔާއާއި ގުޅިފައިވާ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުގެ ރަށްވެހިން ތަމްސީލު ކުރާ ޖަމިއްޔާތަކުގެ އެކްޒެކެޓިވް ކޮމިޓީތަކުގެ މެމްބަރުން ދަ ޑިމޮކްރެޓްސް ޕާޓީގެ ލީޑަރޝިޕާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދު ކަމުގައިވާ، ކުރީގެ ސަރުކާރުން ގޯތި ނުވަތަ ފްލެޓް ލިބޭނެކަމަށް ލިޔުންދީފައިވާ އެއްވެސް ފަރާތެއް އުނިކުރުމެއްނެތި، އެފަރާތްތަކަށް ގޯއްޗާއި ފްލެޓް އެތަނަކުން އެމިންގަނޑަކަށް ލިބޭނެކަމަށް ކަށަވަރުކުރުމަށްޓަކައި، އެ ޕާޓީއާއި އެ ޖަމިއްޔާތައް އެކުގައި މަސައްކަތްކުރުމަށް ވަނީ މަޝްވަރާކޮށް […]
ފަޟުލް ހިމެނޭ ގޮތަށް އެޗުޑީސީގެ ބޯޑު ސަސްޕެންޑް ކޮށްފި
އެޗުޑީސީގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތަކާ ގުޅިގެން ފުލުހުން އެތަނަށް ވަދެ ކުރަމުންދާ ތަހުގީގަށް ޖާގަ ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން މިއަދުން ފެށިގެން އެކުންފުނީގެ ސީއީއޯ އަހުމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން ސަސްޕެންޑް ކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ އެބޯޑުން ވަކިގޮތެއް އަންގަން ދެން އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު ވެސް މިއަދުން ފެށިގެން އޮފީހަށް ނުނުކުމެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އިއްޔެއިން ފެށިގެން […]