ޑިސެމްބަރ 22, 2024 22:15

ބެންގަލޫރުގައި އެމެރިކާގެ ކޮންސިއުލޭޓެއް ހުޅުވަނީ

އިންޑިއާގެ ބޮޑެތި ސިޓީތަކުގައި އެމެރިކާގެ ޑިޕްލޮމެޓިކް ޕްރެޒެންސް އިތުރުކުރުމަށް އެމެރިކާއިން ބުނެފައިވީ ނަމަވެސް މިހާތަނަށް އެކަން ކޮށްފައެއް ނުވެއެވެ. ނަމަވެސް އެމެރިކާއިން މިހާރު އިއުލާން ކޮށްފައި ވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ބެންގަލޫރުގައި އާ ކޮންސިއުލޭޓެއް އިފްތިތާހު ކުރާނެ ކަމަށެވެ. އިންޑިއާގައި ހުންނަވާ އެމެރިކާގެ ސަފީރު އެރިކް ގާސެޓީ މިކަން އިއުލާން ކުރެއްވީ ޔޫއެސް-އިންޑިއާ ބިޒްނަސް ކައުންސިލް (ޔޫއެސްއައިބީސީ) އިން އިންތިޒާމްކޮށްގެން ބޭއްވި އިންޓަރެކްޓިވް ސެޝަނެއްގަ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިންޑިއާގެ […]

އަންހެނެއްގެ އަތުން ފޭރެން އުޅުނު ފިރިހެނަކު ހައްޔަރު ކޮށްފި

ސައިކަލެއްގައި ދިޔަ އަންހެނަކު ހުއްޓުވައި ފޭރެން އުޅުނު ފިރިހެނަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ މިމައްސާލާގައި ހައްޔަރު ކޮށްފައިވަނީ ވ. ފިޔަބަރި، ހަސަން އިސާމް (30އ) ކަމަށެވެ. އެ އަންހެން މީހާއަތުން އިސާމް ފޭރެން އުޅުނީ އިއްޔެގެ ވަގުތެއްގައި އެ އަންހެން މީހާ އަލިކިލެގެފާނު މަގުން ސައިކަލުގައި ދަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ އަންހެން މީހާ އަތުން ފޭރުމަށް ދެފަހަރު އިސާމް ވަނީ މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެމީހާ ވަނީ ސައިކަލް ދޫކޮށްލާފައި ދުވެގޮސްފައެވެ. […]