އެޗުޑީސީގެ ތަހުގީގާ މައުރޫފާއި، ސުޖާއު މަޝްވަރާ ކޮށްފި

މިހާރު ކުރިއަށްދާ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭގޮތުން ހިނގަމުންދާ ތަހުގީގާ ބެހޭގޮތުން އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރ މައުރޫފް ޖަމީލާއި، ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއާ ދެބޭފުޅުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މި މަޝަވަރާ ކޮށްފައިވަނީ މި ދެބޭފުޅުން މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. ފުލުހުން ވިދާޅުވީ މި ދެބޭފުޅުން މިއަދު ބޭއްވި ބައްދަލުވުމަކީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ މައުރޫފް ޖަމީލް ހަވާލުވެވަޑައިގަތުމަށްފަހު ތައާރަފު ވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ. މިބައްދަލުވުގައި ކުރެވުނު މަޝްވަރާގެ ތަފްސީލެއް […]

ހުރިހާ އަތޮޅެއްގައި މަތީ ތައުލީމުގެ މަރުކަޒުތައް ގާއިމުކުރަނީ

މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ތައުލީމުގެ މަރުކަޒުތައް ގާއިމުކުރުމަށް މަތީ ތައުލީމާ ބެހޭ މިނިސްޓްރީން ނިންމައިފި އެވެ. މި މަޝްރޫއު ފަސް އަހަރު ތެރޭގައި ނިންމުމަށް ވަނީ ނިންމައިފައެވެ. މަތީ ތައުލީމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ އާބާދީ ބޮޑެތި ރަށްރަށުގައި މި މަރުކަޒުތައް ގާއިމުކުރާނެ ކަމަށެވެ. އަދި މި މަރުކަޒުތަކުގައި އަމިއްލަ ފަރާތްތަކަށްވެސް އެކި ޕްރޮގްރާމްތައް ހިންގޭނެ ގޮތަށް ފަރުމާކުރާނެ ކަމަށް ވިދާޅުވި އެވެ. މިހާރުވެސް ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށީ […]

އެޗުޑީސީން ފަސް ލެޕްޓޮޕް ވަގަށް ނަގައިފި

ފޮޓޯ އެޗުޑީސީ

އެޗުޑީސީން ފަސް ލެޕްޓޮޕެއް ވަގަށް ނަގައިގެން އެމައްސަލަ މިއަދު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ހުށަހަޅާފައިވަނީ އެޗުޑީސީން ކަމަށެވެ. ލެޕްޓޮޕްތައް ވަގަށް ނަގައިފައިވަނީ ފަރުކޮޅުގައިހުރި އެޗުޑީސީގެ ޕްރޮޖެކްޓް އޮފީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ މިވަގުތުހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައިގެ ތަހުގީގަށް އޭނާގެ ފަރާތުން އެއްބާރުލުން ލިބެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިހާތަނަށް ލެޕްޓޮޕްތައް ފެނިފައެއް ނުވެއެވެ. […]

ފޮޓޯއިން: މިއަދުގެ ދުނިޔެ

އަސަދުގެ ދެ ބަފައިންގެ ވެރިކަމުގައި ނިޒާމުން ގެއްލުވާލާފައިވާ މީހުންގެ ފޮޓޯތައް އާއިލާތަކުން އާންމު ކުރުމުން، ދިމިޝްޤްގައި މަރުޖާ މައިދާނަށް މީހުން ޒިޔާރަތް ކޮށްފައި ވެއެވެ. ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓް ހަމަލާތައް އަދިވެސް ދަނީ ދޭރުލްބަލަޙަށް ދެމުންނެވެ. އެންމެ ފަހުގެ އިންޒާރުގައި ކަމާލް އަދަވާން ހަސްފަތާލް ހުސްކުރުމަށް އަންގާފައި ވެއެވެ. ޖަރުމަންގައި ދިރިއުޅުނު ސައޫދީ މުރުތައްދު ޑޮކްޓަރަކު ކާރު ވައްދާލައިގެން ކްރިސްމަސް މާރުކޭޓަކަށް ދިން ހަމަލާގައި މަރުވި މީހުންގެ ހަނދާނުގައި މާ ބަހައްޓާފައި. ސައުދީ މިމީހާ ފޮނުވައި ދޭން […]

މަރާމާރިއަކާ ގުޅިގެން ހޮޅުދޫން މީހަކު ހައްޔަރު ކޮށްފި

ނ. ހޮޅުދޫގައި ހިންގި މާރާމާރީއަކާ ގުޅިގެން އެރަން މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެމީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށެވެ. ހައްޔަރު ކޮށްފައިވަނީ އެރަށު ނިއުލައިފް މޫސާ ރިމްޒީ (30އ) ކަމަށް ފުލުހުން ވިދާޅުވިއެވެ. ފފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ. ފުލުހުން ވިދާޅުވީ އޭނާ ހައްޔަރު ކުރީ ޑިސެންބަރު 19 ވަނަ ދުވަހު ހޮޅުދޫގައި ހިންގި ހަމަނުޖެހުމެއްގެ ތެރެއިން، މާރާމާރީއެއް ހިންގައިގެން ކަމަށެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ […]

ޕީއެސްއެމްގެ އެމްޑީއަކަށް ނަސްރީން އައްޔަން ކޮށްފި

އިބްރާހީމް ނަސްރީން

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރަކަށް ލ. އިސްދޫ، މާގަސްދޮށުގޭ، އިބްރާހީމް ނަސްރީން މިއަދު އައްޔަން ކުރައްވައިފިއެވެ. ޕީސީބީން މިއަދު ވިދާޅުވެފައިވަނީ އޭނާ އައްޔަން ކޮށްފައިވަނީ އެމްޑީ ކަމާއި ޑިރެކްޓަރުންގެ ބޯޑަށް ކަމަށެވެ. ނަސްރީނަކީ މަތީ ތައުލީމަށްފަހު ޕީއެސްއެމްގައި ވަޒީފާ އަދަކުރައްވަމުން ގެންދަވާ ގާބިލް ބޭފުޅެކެވެ. ސޯޝަލް މީޑިއާގައި މީހުން ފާޅުކޮށްފައި ޝުއޫރުތަކަށް ބަލާއިރު ނަސްރީނަކީ ނަޒާހަތްތެރި ބޭފުޅެކެވެ. އެމްޑީކަމަށް ނަސްރީން ހަމަޖައްސަވައި ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއަރޕަރސަން ކަމުގެ މަގާމަށް ވެސް […]

ފެނަކައިގެ އައު އެމްޑީއަކަށް ނަޖާހު

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އައު އެމްޑީއަކަށް މޭޖަރ މުހައްމަދު ނަޖާހު (ރިޓަޔަރޑް) މިއަދު އައްޔަން ކޮށްފިއެވެ. ބީސީބީން ބުނެފައިވަނީ ނަޖާހު އައްޔަން ކުރައްވާފައިވަނީ އެމްޑީކަމާއި ބޯޑުމެމްބަރު ކަމަށެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމް ހުސްވީ ކުރީން އެމަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވުމުންނެވެ. ނަޖާހު އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ ހެޕީމާކެޓުގައެވެ. މިކަމާ ގުޅިގެން، މިނިސްޓަރ އަލީ އިހުސާނުގެ ބާރުގެ ދަށަށް ފެނަކަ ދިޔައީ ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކުން ދަނީ އެވާހަކަ […]

ޝިންޖިއާންގެ ރާބިއާ ޤަދީރު ސެންޓަރ ތަޅާލައިފި

އުއިގޫރު މުސްލިމުންގެ ޝަޚުސިއްޔަތު ފަނޑުކޮށްލުމަށް ކުރިއަށްދާ ކެމްޕޭންގެ ރަމްޒު ފިޔަވަޅެއްގެ ގޮތުން ޗައިނާއިން ވަނީ ޝިންޖިއާންގެ އުރަމްކީގައި ހުންނަ މަޝްހޫރު ރާބިޔާ ޤަދީރު ޓްރޭޑް ސެންޓަރު (ފޮޓޯގައި) ތަޅާލާފައެވެ. 1990 ވަނަ އަހަރު ބިނާކުރި ހަތް ބުރީގެ މި ކޮމްޕްލެކްސް ރަމްޒުކޮށްދެނީ އުއިގޫރުގެ ހުނަރުވެރި މަސައްކަތްތެރިކަމާއި ވިޔަފާރިވެރިކަމާއި ސަގާފީ ތަރިކަ އެވެ. 30،000 އަކަމީޓަރުގެ ސަރަހައްދެއްގައި ހަދާފައިވާ މި ކޮމްޕްލެކްސްގައި 600 އަށް ވުރެ ގިނަ ފިހާރަތަކާއި މީހުން ބައްދަލުވުންތައް ބާއްވާ އިޖުތިމާއީ މަރުކަޒުތައް ހަދާފައި ވެއެވެ. […]

އުންމީދު ކުރަނީ މައުރޫފު ކަންކަން އިސްލާހު ކުރައްވާނޭ ކަމަށް: ނަޝީދު

ގޯތި ބަހާފައިވާ ގޮތާމެދު އެޗުޑީސީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށްފަހު އެތަނުގެ އެމްޑީއަކަށް ކުރިން ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމުން އަލަށް އެމްޑީ ކަމަށް އައްޔަން ކުރެއްވި މައުރޫފް ޖަމީލް އެތަނުގެ އެންމެހާ ކަންކަން އިސްލާހުކުރައްވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ނުހައްގުން ގޯތި ބަހާފައިވާ މައްސަލައާ ގުޅޭގޮތުން މިފަހަރުވެސް ދެންނެވެންއޮތީ ކުރިން ވިދާޅުވި ވާހަކަ ކަމަށެވެ. ”ކުރީގައިވެސް ލިސްޓް ހަދާފައިވަނީ ބޭއިންސާފުން އެތައް ބަޔަކަށް […]

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހެއްގެ މައްސަލަ ބަލަންް ފަށައިފި

އައިޖީއެމްޗުގެ ޑިއުޓީއަށް ތިބި ފުލުހުންނަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށް އޭނާ ގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި ކަމަށް ފުލުހުން ވިިދާޅުވެއްޖެއެވެ. މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ މ. ސްޓަރ މުހައްމަދު ރަޒީން (48އ) އެވެ. މީނާގެ ބަންްްދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން އޭނ 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ދީފައެވެ. މިހާދިސާ ހިނގާ ފައިވަނީ ޑިިސެންބަރު 21 ވަނަ ދުވަހު ހަވީރުއެވެ.