ސިގިރެޓު ހަދަން ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރުން މަނާކޮށްފި

އަމިއްލައަށް ބިޑި އާއި ސިގިރެޓު ހަދަން ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފިއެވެ. މިތަކެތި ރާއްޖެއަށް އެތެރެ ކުރުން މަނާކަން ކަސްޓަމްސަށް އަންގާފައިވަނީ ހެލްތުމިނިސްޓްރީން ކަސްޓަމަށް ފޮނުވި ސިޓީއެއްގައެވެ. ރާއްޖޭގައި ސިގިރެޓު ފޮށްޓެއް އަގު 250 ރުފިޔާއަށް އެރުމުން އެއިން އިސްތިއުމާލުކުރާ މީހުން ފެށީ އަމިލައަށް ބިޑި ނުވަތަ ސިގިރެޓު ހަދާށެވެ. އެކަން ކުރުމަށް ދުންފަތާއި ސިގިރެޓު އޮޅާ މެޝިން އެމީހުން ބޭނުންކުރަން ފެށިއެވެ. އެއާއެލު ރާއްޖެއަށް އެބާތްވަތްތައް އެތެރެ ކުރުން އިންތިހައަށް އިތުރުވެގެންދިޔައެވެ. މި ބާވަތްތައް […]

ހަތަރު އަހަރަށްފަހު ފަންސަވީސް އަހަރުގެ ހުކުމެއް

ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގި މައްސަލައެއް 4 އަހަރު ފަހުން ނިމުމަކަށް އައިސްފިއެވެ. ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި، ދައުވާ ލިބުނު ފަރާތަށް 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. މައްސަލައިގެ ދައުވާ ލިބުނު ފަރާތަކީ އެކުއްޖާއާ ގާތް ގުޅުމެއް އޮންނަ، އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހެކެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މި މައްސަލައިގައި ދެ ދައުވާއެއް ކުރި ކަމަށާއި، އެ ދެ ދައުވާވެސް ސާބިތުވެފައިވާ ކަމަށެވެ. ކޯޓުން މައްސަލަ ނިންމުމުގައި […]