އީސީ ހިންގަނީ ޕީއެންސީއިންތޯ ވިދާޅުވެ ތާރިގުގެ ސުވާލެއް!

އިލެކްޝަންސް ކޮމިޝަން ހިންގަނީ ޕީއެންސީއިންތޯ، ވިދާޅުވެ ކުރީގެ ސްޓޭޓު މިނިސްޓަރ އަދި އެމްޑީޕީގެ މަނަދޫ ދާއިރާގެ މިހާރުގެ ރައީސް، މުހައްމަދު ތާރިގު (މަނަދޫ ތޯރިގު) ސުވާލު ކުރައްވައިފިއެވެ. އޭނާ ޕީއެންސީގެ މެންބަރަކަށް ހެދުމަށް ބޮޑެތި އޮޅުވާލުންތައް ހިމެނޭ މެންބަރޝިޕް ފޯމެއް އޭނާ ވަނީ ސޯޝަލްމީޑިއާއަށް ދޫކޮށްފައެވެ. އޭގައި އޭނާގެ ފޮޓޯއާއި ސޮޔާއި، މަންމަގެ މައުލޫމާތު ވެސް ވަނީ ނުބައިކޮށް ކަމަށް ތާރިގު ވަނީ ވިދާޅުވެފައެވެ. ”ކަނޑައެޅިގެން އަޅުގަނޑުގެ ފޮޓޯ ނޫންކަން އެނގޭވަރު ތަފާތު އެހެން މީހެއްގެ ފޮޓޯ […]
ގުޅިއަށް ކުރެއްވި ދަތުރަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ކ. އަތޮޅު ގުޅިއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލު ކުރެއްވުމުގައި އެރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މި ދަތުރުފުޅުގައި ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްގީއަށް މުހިންމު ކަންކަން ފާހަގަކުރައްވައި، އެކަންކަމަށް އަވަސް ހައްލެއް […]
މިއަހަރު މާލީތަނަވަސްކަން އިހުސާސް ކުރެވޭނެ: ރައީސް

މި އަހަރަކީ ރާއްޖޭގެ ތަރައްގީގެ އަމަލީ މަސައްކަތާއި މާލީ ތަނަވަސްކަން ރައްޔިތުންނަށް އިހްސާސްކޮށްދިނުމުގެ އަމަލީ މަސައްކަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި، އެހާމެ ބާރަށް ހިނގާނެ އަހަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ކ. ގުޅީއަށް ވަަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވާރުތަވި އިގްތިސާދަކާއެކު ނިމިދިޔަ އަހަރަކީ އެންމެ އެދިވަޑައިގެންނެވި ގޮތަށް ކަންކަން ހިނގި އަހަރަކަށް ނުވި ކަމަށެވެ. އެހެންނަމަވެސް ފާއިތުވި އަހަރުދުވަސްތެރޭގައި އިގްތިސާދީ ބިންގާވަނީ ހަރުދަނާ ކުރެއްވިފައި ކަމަށް އެމަަނިކުފާނު […]
މިއަހަރަކީ ގެދޮރުގެ ދަތިކަން ފިލުވަންް އެންމެބޮޑު މަސައްކަތެއް ކުރެވޭނޭ އަހަރު: ރައީސް

ފެށިގެން ކުރިއަށްމިދާ 2025 ވަނަ އަހަރު ވެގެންދާނީ އެއް އަހަރުތެރޭ ގެދޮރުގެ ދަތިކަމުގެ މައްސަލަ ހައްލު ކުރުމަށް އެންމެގިނަ މަސައްކަތް އަމަލީ ގޮތުން ކުރެވޭނޭ އަހަރަށް ކަމަށް ރައީސް ޑރ. މުހައްމްދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ކ. ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މިއަދު ހަވީރުގެ ވަގުތެއްގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި އަހަރަކީ ”ބޯހިޔާވަހިކަމުގެ އަހަރަށް“ ހައްދަވާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ ވައުދުވެފައެވެ. އެގޮތުން މާލެ ފިޔަވައި ރާއްޖޭގެ […]
ގުޅީގެ ބިންހިއްކާނީ ކައުންސިލުން ބައްޓަންކޮށްފައިވާގޮތަށް: ރައީސް

ކ. ގުޅީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ، ކައުންސިލުން ބައްޓަން ކޮށްފައިވާގޮތަށް، އިތުރު ބަދަލެއް ނުގެނެސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެރަށަް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވަހަކަފުޅުގައެވެ. ބިން ހިއްކާނޭ ކަމުގެ ޔަގީންކަން ދެއްވުމުންގެ ގޮތުން ރައީސް ވިދާޅުވީ ބަންޑް ވޯލް ޖަހައި، ފަސްއަޅައި ނިމިގެން ނޫނީ، ގުޅީގެ ބިންހިއްކުމުގެ މަޝްރޫއު ދެން ނުހުއްޓޭނޭ ކަމަށެވެ. ގުޅީ ބިންހިއްކުމުގެ މަޝްރޫއަކީ ކުރީ ސަރުކާރުން […]
ޗައިނާގައު ފެތުރޭ ބަލިތަކުގެ ސަބަބުން ކުއްލި ހާލަތެއްނެތް: އެޗުޕީއޭ

ޗައިނާގައި ފެތުރެމުންދާ ބަލިތަކާ ގުޅިގެން ކުއްލި ހާލަތެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. ޗައިނާގައި މިވަގުތު ފެތުރެމުންދާ ބަލިތަކާ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ އެއީ ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމުގައި ދިމާވާ ކަމެއް ކަމަށެވެ. އަދި އެ ގައުމުގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. ނަމަވެސް މި ދުވަސްވަރަކީ ރާއްޖޭގައި ވެސް ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވެދާނެ ދުވަސްވަރެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ. […]
ގުޅީ ރައްޔިތުން ބޭނުންވާ ކަންކަން ރައީސަށް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު، މާލެއަތޮޅު ގުޅީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ މިއަދު ހަވީރު ބައްދަލު ކުރައްވައިފިއެވެ. ގުޅީ ކައުންސިލްގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެ ރަށަށް ދިމާވެފައިވާ ދަތިކަމުގެ ވާހަކަ ރައީސަށް ދަންނަވާފައެވެ. އެގޮތުން ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމުގެ ވާހަކަ ހިމެނެއެވެ. ރަށުގައި އައު ކައުންސިލް އިދާރާއެއް ގާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ. އެކަމަށްޓަކައި ކައުންސިލުންވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ. މީގެ އިތުރުން ކައުންސިލަރުން ވަނީ […]
އުޖާލާ މުސްތަގުބަލެއްގެ ތަޅުދަނޑިއަކީ ތަޢުލީމު: މާލޭ މޭޔަރު

އުޖާލާ މުސްތަގުބަލެއްގެ ތަޅުދަނޑިއަކީ ތަޢުލީމު ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ދިރާސީ އަހަރުގެ ފަހު ޓާމުގެ ކިޔެވުން މިއަދު ފެށުމާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ވިދާޅުވީ ”ހަނދާން ބަހައްޓަންވީ، އުޖާލާ މުސްތަގުބަލެއްގެ ތަޅުދަނޑިއަކީ ތަޢުލީމު ކަމެވެ.“ އާޒިމް ވިދާޅުވީ މިއަދަކީ ޗުއްޓީގެ އުފާވެރި ދުވަސްތަކަކަށް ފަހު، އަނެއްކާވެސް ”ސުކޫލުތަކުގެ ދޮރުތައް ހުޅުވާލައި އުނގެނުމާއި ދަސްކުރުމުގެ ދުވަސްތައް އަލުން ފަށައިގަންނަން“ ތައްޔާރުވާންވީ ދުވަސް ކަމަށެވެ. އެހެން ކަމުން ހުރިހާ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެން […]
މީހުން ޙައްޖަށް ގެންދިއުމުގެ އުސޫލަށް ބަދަލު ގެންނަނީ

އަންނަ އަހަރުން ފެށިގެން ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެނައުމަށް ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މި މިކަން މިގޮތަށް ކުރައްވަން ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިއަދުއެވެ. މިއީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. ރައީސް މި ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް […]
ރައީސަށް ގުޅީން ހޫނު މަރުހަބާއެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެ އަތޮޅު ގުޅިއަށް މިއަދު ވަޑައިގެންފިއެވެ. އެމަނިކުފާނު އެރަށަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. މި ދަތުރުފުޅަކީ، 2024ވަނަ އަހަރު އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރު ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅު ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މި ދަތުރުފުޅުތަކުގައި ރަށްރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވައި، ތަރައްޤީގެ މަޝްރޫޢުތައް […]
