މުއައްސަސާތައް އެކަށައަޅުއްވާފައިވަނީ ރައީސަށް ވައްކަން ކޮށްދޭކަށްނޫން: ޝިފާޒު

ގާނޫނު އަސާސީގައި މުއައްސަސާތައް އެކަށައަޅުއްވާފައިވަނީ ރައީސުލް ޖުމުހޫރިއްޔާއަށް ވައްކަން ކޮށްދޭން ނޫންކަމަށް ދަ ޑިމިކްރެޓްސްގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ. ޝިފާޒު މިހެން ވިދާޅުވީ އެމްޑީޕީގެ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތާރިގު (މަނަދޫ ތޯރިގު) އަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދާފައިވާ މައްސަލާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ތާރިގަށް ނޭނގި އޭނާ ޕީއެންސީއަށް ވެއްދި މައްސަލަ ބަލައި ތަހުގީގުކޮށް ދިނުމަށް އޭނާ ވަނީ މިދިޔަ ޑިސެންބަރު 26 ވަނަ ދުވަހު ޕޮލިސް ކޮމިޝަނަރަށް ސިޓީއެއް […]
