އެއްލައްކަ ރުފިޔާގެ އިނާމަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި

ކޮންމެ އަހަރަކު ރޯދަ މަހަށް ޚާއްސަކޮށްގެން އެސްޓިއޯއިން ބާއްވާ ”ރަމަޟާން ބާޒާރު“ ޕްރޮމޯޝަން ފަށައިފިއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފަރާތުން 2025 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ރަމަޟާން ބާޒާރު“ ޕްރޮމޯޝަން ފަށައިފައިވަނީ 9 ޖަނަވަރީ 2025 ވަނަ ދުވަހުއެވެ. ތަފާތު ގިނަ ޕްރޮމޯޝަން ހަރަކާތްތަކާއި އިނާމުތަކެއް ހިމެނޭ ގޮތަށް ރޭވިފައިވާ މި ސޭލް ކުރިއަށްދާނީ 9 ޖަނަވަރީ 2025 އިން 31 މާރިޗު 2025 ގެ ނިޔަލަށެވެ. އެސްޓީއޯ ރަމަޟާން ބަޒާރަކީ […]
ފޮޓޯއިން: ކެލިފޯނިޔާގެ އަލިފާން ކާރިސާ

ކެލިފޯނިއާގައި ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. އަދި ބައެއް ތަންތަނަށް ގަޑިއަކު 70 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. އަލިފާނުގެ މޫސުން އިތުރަށް ގޯސްވާނެ ކަމުގެ އިންޒާރު ދީފައި ވެއެވެ. މިއަލިފާނުގައި 57 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ލަފާ ކޮށްފައި ވެއެވެ. އަލިފާން ނިއްވާނެ މީހުން ނެތިގެން މަސައްކަތުގެ އުޅޭ 30 އިންސައްތަ މީހުންނަކީ ޖަލުން ނެރެފައިވާ ގައިދީންނެވެ. އަލިފާން ނިއްވުމުގައި 7،500 އަށް ވުރެ ގިނަ ފަޔާ […]
މީރާއަށް ޑިސެންބަރުމަހު ލިބުނު އާމްދަނީ ދެ ބިލިއަނަށްވުރެ އިތުރު

ނިމިދިޔަ އަހަރުގެ ޑިސެންބަރު މަހު މީރާއަށް ލިބިފައިވަނީ 2.33 ބިލިއަން ރުފިޔާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %4.7 އިތުރު އަދަދެކެވެ. އަދި، ޑިސެންބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %20.1 އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ. މީރާއިން މައުލޫމާތުދޭ ގޮތުގައި، ޑިސެންބަރު 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޑިސެންބަރު 2024 ގައި ލިބިފައިވާ އާމްދަނީ މަތިވުމުގެ […]
އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް ހުއްދަ ހިފަހައްޓައިފި

އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް އިން މީގެ ކުރިން އުމްރާއަށް ގެންދިޔަ 24 މީހުން ހާލުގައި ޖެއްސި މައްސަލާގައި އެ ކުންފުނި އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހިފަހައްޓައިފި އެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ކުންފުނިން ވަނީ އުމްރާވެރިންގެ އަތުން ނެގި ފައިސާ އެހެން ކަންކަމަށް ބޭނުންކޮށްފަ އެވެ. އަދި އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސައި، އެ މީހުން ސައުދީ އަރަބިއާގައި ތާށިވާން ދޫކޮށްލާފައިވާ […]
ހުވަދުއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވަދުއަތޮޅު އުތުރުބުރިއާއި ދެކުނުބުރީގެ ނުވަ ރަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަވާފައި މިއަދު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް އިސްކަން ދެއްވާފައިވަނީ، މީގެ ކުރިން ހުވަދުއަތޮޅުން ވަޑައިނުގެންނެވި ހުރި ރަށްރަށަށް، ވަޑައިގަތުމަށެވެ. އަދި ކުރީން ބައްދަލުނުކުރެއްވި ހުރި ކައުންސިލްތަކާއި އ.ތ.މ ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. މި ބައްދަލުކުރެއްވުންތަކުގައި އެރަށްރަށުގެ ތަރައްގީއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. […]
ބަޔަކަށް ލިބިފައިވާ ފުލެޓް އަތުލުމުގެ ވިސްނުމެއްނެތް: ރައީސް

އެއްވެސް ބަޔަކަށް ލިބިފައިވާ ފުލެޓެއް އަތުލުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ފުލެޓު އަތުނުލައި، އެ ލިބޭ މީހުންގެ ދާއިމީ ލިސްޓު، ރަމަޟާން މަހުގެ ކުރިން އިއުލާން ކުރެވޭނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން 4000 މީހުންނަށް ފުލެޓު ލިބިފައިވެއެވެ. އެހެންނަމަވެސް ފުލެޓު ލިސްޓުގައި މައްސަލަތައް ހުރިކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެކަން ބެލުމަށްޓަކައި ލިސްޓު އިއުލާން ކުރުންވަނީ […]
ކަނޑައަޅާފައިވާ އަދަދަށް ކައުންސިލަށް ފައިސާ ނުލިބޭ: ސައިފް

ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން، މާލެސިޓީ ކައުންސިލަށް ދޭން، ގާނޫނުގައި ކަނޑައަޅުއްވާފައިވާ މިންވަރަށް ފައިސާ ނުލިބޭ ކަމަށް ކައުންސިލަރ މުހައްމަދު ސައިފު ފާތިހު، ވިދާޅުވެއްޖެއެވެ. މިއަހަރަށް މާލޭސިޓީ ކައުންސިލުގެ ބަޖެޓު ފާސްކުރުމަށް މިއަދު ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ 2024 ވަނަ އަހަރަށް ވުރެ ދައުލަތުގެ ބަޖެޓް، އެތައް ތަނަކުން މިއަހަރުވަނީ އިތުރުވެފައި ކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ ބަޖެޓުން މާލެ ސިޓީ ކައުންސިލަށް ދޭން ނިންމި ފައިސާގެ ޢަދަދު، މިދިޔަ އަހަރާއަޅާބަލާއިރު، މިއަހަރު، ދީފައިވަނީ 23 މިލިޔަން […]
