ރައީސް، ރަސްމީ ދަތުރުފުޅެއްގައި އެސްޓޯނިއާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ. މިއީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް މިމަހު ތޭރައިން ސޯޅައަށް އެގައުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އޮފީހުން ވިދާޅު ވެފައިވާ ގޮތުގައި މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. “ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ވަފުދު، މި ދަތުރުފުޅުގައި ސަމާލުކަން ދެއްވާނީ، އެއް ގައުމުން އަނެއް ގައުމަށް އިތުރަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަނަންސް، މޫސުމީ […]
އެމްޑީޕީއާ ގުޅުމުގެ ދައުވަތު އެ ޕާޓީގެ ރައީސް ދެއްވައިފި

ވީހާވެސް ގިނަބަޔަކު އެމްޑީޕީއާ ގުޅުމުގެ ދައުވަތު އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ދެއްވައިފައެވެ. ކުރިން އެ ޕާޓީގެ އިސް މަގާމުތަކެއް ފުރުވައި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބައެއް ބޭފުޅުން އެނބުރި ވަޑައިގެން ޕާޓީއަށް ސޮއި ކުރެއްވުމުން އެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ އެމްޑީޕީއަށް އެނބުރި ވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް މަރުބަހާ ދަންނަވާ ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފާއި، ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި، ކުރީގެ ޕީޖީ […]
ސިޔާސީ މުސްތަގުބަލް ކަނޑައަޅާ ޕާޓީއަކީ އެމްޑީޕީ: ފައްޔާޒު

ދިވެހިރާއްޖޭގެ ސިޔާސީ މުސްތަގުބަލް ކަނޑައަޅާ ޕާޓީއަކީ އެމްޑީޕީ ކަމަށް އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއަށް ސޮއިކުރެއްވި ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެޕާޓީއާ ގުޅިވަޑައިގެންފައިވަނީ ޑެމްސްގެ ކުރީގެ ރައީސް، އަލްއުސްތާޒު ހަސަން ލަތީފާއި، އެޕާޓީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި، އަލީ އާޒިމާއި، އެސްޓީއޯގެ ކުރީގެ އެމްޑީ، ހުސައިން އަމްރާއި، އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) އެވެ. ހަސަން ލަތީފަކީ […]
ކުރިއަށް އޮތީ ވިއްސާރަ، ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އަޅާ: މެޓު

މާދަމާއިން ފެށިގެން ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނޭ ކަމަށް ލަފާކޮށް ރައްކާތެރި ކަމުގެ ވިޔަވަޅު އެޅުމަށް މެޓު އޮފީހުން ބުނެފިއެވެ. މެޓު އޮފީހުން ބުނެފައިވަނީ މި ވިއްސާރަ މާދަމައިން ފެށިގެން މިމަހުގެ 18 އާ ހަމައަށް ދެމިގެންދާނޭ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން ވިއްސާރާގައި ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ. މި މުއްދަތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރާނޭ ކަމަށް ވެސް […]
މާލޭ ޑަބްލިޔުޑީސީން އިސްނަގައިގެން ޤުރުއާން މުބާރާތެއް ބާއްވައިފި

މާލެ ސިޓީ ކައުންސިލްގެ ވިމެން ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔުޑީސީގެ) އިސްނެގުމާއެކު މާލެ ސިޓީ ކައުންސިލާއި، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ގުޅިގެން ޤުރުއާން މުބާރާތެއް ބާއްވައިފިއެވެ. މިއީ ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ އަންހެނުންނަށް ހާއްސަ ކޮށްގެން ބޭއްވި މުބާރާތެކެވެ. މުބާރާތަކީ ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއަރުވައި، އެކަމަށް ހިތްވަރުދީ، އެކަކު އަނެކަކު ގާތުން ހިތްވަރު ލިބި ޤުރުއާން އުނގަންނައި ދިނުމުގެ މަގުސަދުގައި ބޭއްވި މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އިއުލާން ކުރުމަށްފަހު، އޮޑިޝަނަކުން މުބާރާތަށް […]
