ކެފޭއެއްގައި ޖޫސް ބޯން އިން މީހަކު ކުއްލިއަކަށް ނިޔާވެއްޖެ

މާފަންނު ޝާރިއުވަރުދީ މަގުގައި ހުންނަ ޒެން ބިސްޓްރޯ ކެފޭގައި ޖޫސް ތަށްޓެއް ބޯން އިން ދިވެއްސަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ ކެފޭއެއްގެ ތެރޭގައި އިން މީހެއްގެ ޚަބަރު ހުސްވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދެމުންދާ ކަމަށެވެ. އެހެންނަމަވެސް އެމީހާ ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނިޔާފައިވަނީ މ. މޫން ޑްރޮޕްސް، އަހުމަދު ޝަރީފް (58އ) ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެމީހާ ނިޔާވާން ދިމާވި […]

މަހުލޫފުގެ ބައްޕައާއި ކޮއްކޮއަކު ވެސް ޕީއެންސީއަށް ވައްދާފައި

މަހުލޫފުގެ ބައްޕައާއި ކޮއްކޮއަކު ޕީއެންސީއަށް ވައްދާފައިވާތީ އޭނާވަނީ އެކްސްގައި ހިތްހަމަނުޖެހުން ފާޅުކޮށްފައި. ޕީއެންސީއަށް މެންބަރުން މިވައްދަނީ އަދަޔާ ޚިލާފު ގޮތަކަށް ކަމަށް ވިދާޅުވި. ފޮޓޯ ޕީއެސްއެމް

ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ބައްޕައާއި ކޮއްކޮ ވެސް ވަނީ އޮޅުވާލައިގެން ޕީއެންސީއަށް ވައްދާފައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. މަހުލޫފު ވިދާޅުވެފައިވަނީ މިއީ ޒިންމާދާރުކަން ކުޑަގޮތަކަށް ބަޔަކު ކޮށްފައިވާ އަމަލެއް ކަމަށެވެ. ”އަޅުގަނޑުގެ ބައްޕަ އަދި ކޮއްކޮއެއްވެސް މިވަނީ އޮޅުވާލައިގެން ޕީއެންސީ އަށް ވައްދާފައި. މިއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ބަޔަކު ހިންގާފައިވާ އަމަލެއް،“ މަހުލޫފު ވިދާޅުވެފައިވެއެވެ. ޕީއެންސީއަށް މެންބަރުން އިތުރުކުރައްވަނީ ވަރަށް އާދަޔާހިލާފު ގޮތަކަށް ކަމަށްވެސް ކުރީގެ މިނިސްޓަރ މަހުލޫފު ވިދާޅުވެފައިވެއެވެ. އެހެން ކަމުން […]

ރައްކާވެ ތިބިއްޔާ ދަތުރު: މާލޭގައި ހާހުން ވެލިބަސްތާ ޖަހައިފި

މިއަދުން ފެށިގެން މިމަހުގެ 18 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނޭ ކަމަށް މޫސުމާބެހޭ އޮފީހުން ބުނުމުން އެކި އިދާރާތަކުން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ފަށައިފިއެވެ. މާލޭ ސިޓީކައުންސިލުން ވަނީ މޫސުމާބެހޭ އޮފީހުގެ ލަފަޔާއެއްގޮތަށް މާލޭގައި ފެންބޮޑުވެދާނޭ ކަމަށް ލަފާކުރެވޭ ސަރަހައްދުތަކާއި ތަންތާގައި ރެއިން ފެށިގެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފަށައިފައެވެ. ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ މާލޭގެ އެކި ސަރަހައްދުތަކުގައި 2500 އަށް ވުރެ ގިނަ ވެލިބަސްތާ ވަނީ ޖަހާފައި ކަމަށް މާލޭ […]

އެމްޑީޕީ ވަރުގަދަވެ އޮތުމަށް އަބަދުވެސް އެދެން: ރައީސް ނަޝީދު

ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި

އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅުވެ ވަޑައިނުގަންނަވާނޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ޒަމާންތަކެއް ވަންދެން އެމަނިކުފާނު އުޅުއްވީ ޕާޓީ އެމްޑީޕީއަކީ އެމަނިކުފާނުގެ ދަރިއެއްފަދަ ޕާޓީއެއް ކަމަށެވެ. އެހެން ކަމުން އަބަދުވެސް އެޕާޓީ ވަރުގަދަވެ އޮތުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. ”އެމްޑީޕީއަކީ އަޅުގަނޑުގެ ދަރިއެއްފަދަ ޕާޓީއެއް. އެޕާޓީ ވަރުގަދަވެ އޮތުން އެއީ އަބަދުވެސް އަޅުގަނޑު އެދޭނޭކަމެއް. އަދި ފަހުން އަޅުގަނޑުބައިވެރިވި ޑިމޮކްރެޓްސް އަކީ ޚާއްސަ […]

އެސްޓޯނިއާއިން ރައީސް މުއިއްޒަށް މަރުހަބާ ދަންނަވައިފި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާ އަށް ވަޑައިގެންނެވުމުން އެގައުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ. ރައީސާއި އެމަނިކުފާނުގެ ވަފުދަށް އެސްޓޯނިއާއިން ރަސްމީކޮށް މަރުހަބާ ދެންނެވީ އެގައުމުގެ ރައީސް ޑޮކްޓަރ ކަރިސް އެވެ. ރައީސާއި އެމަނިކުފާނުގެ ވަފުދަށް މަރުހަބާ ދެންނެވުން އޮތީ މިއަދު މެންދުރުފަހު އެސްޓޯނިއާގެ ރިޔާސީ ގަނޑުވަރުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ‎މި ރަސްމިއްޔާތުގައި އެސްޓޯނިއާއާއި ރާއްޖޭގެ ގައުމީ ސަލާމް ކުޅުނެވެ. އެޔަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެސްޓޯނިއާގެ ރައީސް ޑޮކްޓަރ […]

މޫސުމީ ނުރައްކަލުން ސަލާމަތްވުމަށް އޮޕަރޭޝަނެއް ފަށައިފި

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ވިއްސާރަވެ، މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާބެހޭ އޮފީހުން ލަފާކޮށްފައި ވާތީ، ވިއްސާރާގައި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމުގެ ގޮތުން ޚައްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ޑިފެންސް މިނިސްޓްރީން ވިދާޅުވެފައިވަނީ މި އޮޕަރޭޝަން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މިކަމަށް އެކުލަވާލި ޓާސްކްފޯހަކުން ކަމަށެވެ. މި އޮޕަރޭޝަން ފަށައިފައިވަނީޖޮއިންޓް އޮޕަރޭޝަނެއްގެ ގޮތުގައެވެ. މުޅި ރާއްޖޭގައި މި އޮޕަރޭޝަން ހިންގާނެއެވެ. މި އޮޕަރޭޝަނުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް […]

އީސީން ހަރުދަނާ ފިޔަވަޅު ނާޅައިފިނަމަ އިތުބާރު ގެއްލިދާނެ: ފައިސަލް

ކުރީގެ ނާއިބު ރައީސް، ފައިސަލް ނަސީމް/ފޯޓޯ އެމްޑީޕީ

ސައްހަ ނޫން މައުލޫމާތު ބޭނުންކޮށްގެން، ޕާޓީތަކަށް މީހުން ވެއްދުން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ތީމާއަށް ނޭނގި ވަގު ފޯމުތަކެއް އީސީއަށް ހުށަހަޅައިގެން ޕާޓީ ބަދަލު ކުރުމުގެ ސިލްސިލާއެއް މިހާރު މިވަނީ ފެށިފައެވެ. އެގޮތުން އެމްޑީޕީއާއި ބައެއް އެހެން ޕާޓީތަކުގެ މީހުން ޕީއެންސީއަށް ވައްދަމުން ގެންދާކަމުގެ ޝަކުވަނީ އިންތިހާއަށް އިތުރުވެފައެވެ. މިފަދަ ދުވަސްވަރެއްގައި އިލެކްޝަންސް ކޮމިޝަނުން މިކަން ހައްލު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް […]

ވިއްސާރަ: ސްޓެލްކޯއިން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައިފި

ސްޓެލްކޯގެ އެމްޑީ ފަހުމީއާއި، ޑީއެމްޑީ ނާޒިރު/ފޮޓޯ ސްޓެލްކޯ

ވިއްސާރައިގައި، ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ނިންމައި، ސްޓެލްކޯގެ މެނޭޖްމަންޓުން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައިފިއެވެ. ސްޓެލްކޯއިން ވިދާޅުވީ މި ޙާލަތުގައި އެންމެ އިސްކަމެއް ދޭނީ އެކުންފުނީން ޚިދުމަތްދޭ ރަށްރަށުގައި ހުރި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ. އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން […]

އެމްޑީޕީން ރަސްމީކޮށް މަގުމަތީ ހަރަކާތްތައް ފަށަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތަށް މަގުމަތީގެ ހަރަކާތްތައް ރަސްމީކޮށް ފަށައިގަންނަން ނިންމާފައިވާ ކަމަށް އެޕާޓީން މިއަދު ބުނެފިއެވެ. ނޫސްވެރީންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ މިކަން މިމަގަށް ކުރަންޖެހުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރު ގެންދާ ގޮތުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުދާތީ ކަމަށެވެ. މި ސަރުކާރުން ވަނީ ކުރީން ނިމުމަކަށް ގެނެސްފައިވާ ބޭސް ސިޓީއަށް ސަލާންޖެހުން އަލުން އިޔާދަކޮށްފައި ކަމަށްވެސް އަނަސް ވިދާޅުވިއެވެ. ސިޔާސީ […]

”އިހުމާލުވާ އެންމެންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ“

އައިޑީ ކާޑު ޔުނިޓުގައިހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މީހުން އިތުރުކުރާތީ ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުނެފިއެވެ. މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އައިޑީކާޑު ޔުނިޓަކީ ދައުލަތެއްގެ ގޮތުގައި ހުރިހާ މައުލޫމާތެއް ރައްކާ ކުރާ ތަން ކަމަށެވެ. ”އެ ތަނުގެ މައުލޫމާތު ވަގަށް ބޭނުން ކުރައްވައިގެން ޕާޓީގެ އަދަދު އިތުރުކުރަން މަސައްކަތް ކުރެއްވި ކަމީ ކަންބޮޑުވާ ކަމެއް،“ ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން މައްސަލައިގައި އިހުމާލުވާ […]