ރައީސް މުއިއްޒު އެސްޓޯނިއާއަށް ވަޑައިގެންފި

ރައީސް އެސްޓޯނިއާއަށް ފުރާ ވަޑައިގެންނެވުމުގެ ކުރީން މަޖިލިސްގެ ރައީސާ ސަލާން ކުރައްވަނީ/ ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެގައުމަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅު މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. މި ދަތުރުފުޅުގައި، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ރައީސާއެކު ވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް […]

އިލެކްޝަނުން ވަގު ފޯމް ބަލައިގަންނާތީ ކަންބޮޑުވޭ: ޝާހިދު

ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ. ޢިއްޒަތްތެރި މެމްބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ގެ ނަމުގައި ފުރާފައިވާ ވަގު ފޯމެއް ހުށަހެޅުމުން އިލެކްޝަން ކޮމިޝަނުން އެފޯމު ބަލައިގަތުމަކީ ނުހަނު ކަންބޮޑުވުން އޮތް ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު ވިދާޅުވީ ފެހި ޤާނޫނު އަސާސީގެ ދަށުން އުފެދިފައިވާ އެންމެ މުހިންމު އެއް ކޮމިޝަނަކީ އިލެކްޝަން ކޮމިޝަން ކަމަށެވެ. އެހެންކަމުން އެކޮމިޝަނާމެދު ދިވެހިރައްޔިތުންގެ ހިތުގައި އޮންނަންޖެހޭ އިތުބާރު ގެއްލުނަ […]

ފައްޔާޒާއި އެމްޑީޕީގެ ލީޑަރޝިޕް އީސީގައި

ވަގު ފޯމެއް ފުރައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ޕީއެންސީއަށް ވެއްދި މައްސަލަ ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ހިމެނޭހެން އެޕާޓީގެ ލީޑަރޝިޕްގެ ޓީމެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަޑައިގެންފިއެވެ. މި ޓީމުގައި އެޕާޓީގެ ޕީޖީ ގްރޫޕާއި، ގައުމީ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެއެވެ. ފިއްޓޭ އަށް އެނގިވަޑައިގަތުމަކާ ނުލައި ވަގު ފޯމެއް ހުށަހަޅައިގެން ޕާޓީ ބަދަލުކޮށްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެމްޑީޕީން ވަނީ […]

ޒިޔާދުގެ ގޮނޑި ނުގެއްލޭ، އޭނާ މިހާރު ވާނީ އެމްޑީއަށް ބަދަލުކޮށްފައި: އީސީ

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދަށް އެނގިވަޑައިގަތުމަކާ ނުލައި އޭނާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ވެއްދި މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ޒިޔާދަށް އެނގިވަޑައިގަތުމަކާ ނުލައި އޭނާގެ ޕާޓީ ބަދަލުކުރުމަކުން ރައްޔިތުންގެ މަޖިލީހުގައި އޭނާ ފުރުއްވަމުން ގެންދަވާ ގޮނޑި ގެއްލޭ ކަމަށް އީސީން ގަބޫލު ނުކުރައްވާ ކަމަށެވެ. ”އަޅުގަނޑުމެން މިދަނީ ހުސައިން ޒިޔާދު އެހެން ޕާޓީއަކަށް ބަދަލު ކުރިކަމުގެ […]

މިހާރު މިއޮތީ އަސާސީ ކަންކަމަށް ސަލާންޖަހަން މަޖުބޫރު ކޮށްފައި: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު/ފޮޓޯ އެމްޑީޕީ

މިސަރުކާރުން މިހާރު މިވަނީ އަސާސީ ކަންކަމަށް އަލުންބަލުން ސަލާންޖަހަން ރައްޔިތުންނަށް މަޖުބޫރުކޮށްފައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ މިއަހަރަށް ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓުގައި ވަނީ ހުރިހާ ސަބްސިޑީ ތަކެއް ކަނޑާލާފައި ކަމަށެވެ. މީގެ ސަބަބުން ކޮންމެ ގެއަކުން މަހެއްގެ މައްޗަށްކުރާ ޚަރަދު ދެހާސް ރުފިޔާ އިތުރުވާނޭ ކަމަށް ސަރުކާރުން ވަނީ ބަޖެޓުގައި ޖަހާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ”ސަރުކާރުން ބުނަނީ އެދުނީމާ […]